އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި މީހަކު މިރޭ ފިލައިފިއެވެ.
ފިލާފައިވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
އޭނާ ފިލާފައި ވަނީ މިރޭ 19:27 ހާއިރު އެވެ.
ކަރެކްޝަނަލް ސާވިސް އުން ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.
ކަރެކްޝަންސް އިން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9886125 ރިޕޯޓުކޮށްދިނުމަށް އެދިފައެވެ.
ސަރުކާރުގެ ބޯޑަރު އޮތީ ފޫވެއްޓިފަ.
ޝޭމް އޮން އަސް.. ބިދޭސީންގެ ބާރު މިފެންނަނީ އަދި ކުޑަކޮށް.. އެމީހުން ރާއްޖެ ހިފާނެ މިއީ ބިރުވެރިކަމުގެ ނިޝަންތައް މިފެންނަނީ..
އެކަމަކުވެސް ދިވެހީން މިމީހުން އަތުން ކުޑަ ފައިސާކޮޅެއް ހޯދައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާދީ މި މީހުން އާބާދު އެބަކުރޭ
މިހާރު ބާޒާރު މަތީގައިވެސް ބަނލާޑޭޝީ ޕްރޮޑަކްޓުސް ވިއްކަން ފިހާރަ ހަދައިގެން މިމީހުން ތިބެންފަށައިފި..
ކޮބާ ގާނޫނު ތަންފީޒުކުރާ މީހުން އެމީހުން ތިބީ ޕޮލިޓިކަލް ގޭމު ކުޅެންބާ؟