ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދިގެން ކަން ހާމަވެއްޖެއެވެ.

އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، އިއްޔެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ.

އަޑުފެތުރިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރެނު އަމުރު ބާތިލު ކޮށްފައިވަނީ ސިއްހީ ހާޅަތު ހުރި ގޮތުން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރު ލަފާ ދިނުމުންނެވެ.

ނަމަވެސް މިހާރު ލިބިފައިހުރި މައުލޫމާތުތަކަށް ބަލާއިރު، ޕާސްޕޯޓު ހިފަހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްދިނުމަށް އެދިފައިވަނީ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުންކަން މި ވަނީ ހާމަވެފައެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވާނެ ކަމަށެވެ.

އަލީ ވަހީދު ފުރާވަޑައިގެން ގޮސްފައިމިވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަގީގަތް

    އެއްކޮޅު މީހެއް ވެއްޖެޔާ އޯކޭ ދެކޮޅު މީހެއް ވެއްޖެ ޔާ އަދަބު

    33
    1
    • ޑޕ

      ރޭޕިސްޓުންގެ ދިފައުގަ އެމްޑީޕީ... ރޭޕިސްޓުންނަށް ޒީރޯ ޓެލެރެންސް އޯ!! މިހިރީ ކަން ކުރާ ގޮތް.. އެމްޑީޕީ ދިވެހި ރާއްޖެ ހަލާކުކޮށްފި...

  2. ރަބަރޭ

    ޒީރޯޓޮލަރެންސް ގެ ލާމަސީލު މިސާލެއް
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    33
    1
  3. އަލީރަޝީދު

    ގޮތްދައްކަން މަޖްލީހަށްވެސް ދަމާނެ ތީވޑްރާމާއެއް ކާކަށް އޮޅުވާލަންތޯ ތިއުޅުއްވަނީ ތިހާވަ ހަޑި ބަލާކަށެއް މީހަކުނޫޅޭ

  4. ވޭޓަރުމީހާ

    މަކުރީގަ ޑރ. ޔޫސުފު ޝާންއަށް ވ.ރެސްޕެކްޓު ކުރިން އެކަމަކު މިހާރު އެބައެގޭ ގަނެލެވޭ ޑރ އެއްކަން

    10
  5. ޒީރޯ ޓޮލަރަންސް

    ސާބަސް، ރައީސް! ލަދެއް ނުގަނޭތޯ؟ ހާދަ ދައުވާއެކޭ ތިޔަފުރުވާލި ހަޑިމުޑުދާރު ބޭފުޅާއަށް އުފުލާފައެވަނީ. އަނިޔާލިބުނު މީހުންގެ ހައްގު ހަމަނެތީތޯ؟ އެމީހުންގެ އާއިލާއަށްް އެއްވެސް އިހުތިރާމެއް ކުރުމެއްނެތި އަމިއްލަ އެދުން އިސްކުރީތޯ؟ ބައެއްގެ އިއްފަތްތެރިކަން ގެއްލި، އިންސާފަށް ބަޔަކު އުއްމީދީ އިންތިޒާރެއްގަ ތިއްބާ ތިޔަހެއްދެވީ ކިހިނެއްތޯ؟ ބޮޑެތި ކުށްތަކަށް ޖާގަދެއްވީތޯ؟

    10
    • ހެހެހެ

      އަލީވަހީދުގެ ނުބާ ނުލަފާކަން އެގިގެން ކީރިތި ކުރެވުނު

  6. އަލީ

    މިސަރުކާރުގެ އަދުލު އިންސާފްގެ އަތް އެންޓެނާ ކޮޅާ ހިސާބައް ނުފޯރީތާ ދޯ!!! އެނޮޓެނާ ހަމަ ދިގީ...

  7. ރަންނަބަނޑޭރި

    މީގެކުރިން މުޅިންވެސް ހީކުރެވެނީ ކޯޓްތަކުންނޭ ބޮޑެތި މައްސަލަ ތަކުގަ ކުއްވެެރިވާ މީސްމީހުން މިދޫކޮއްލަނީ އެކަމަކު މިހާރު އެނގިއްޖެ މިކަންތައް މިވަނީ އެހެންނޫންކަން ދައުލަތުން ކޯޓްތަކައް އަތްބާނައިގެން ބޭނުންވާ ގޮތަކައްކަން ކަންތައް ކުރަނީ.

  8. ލލ

    ގޮއްދޫނުކުރާ ޕީޖީ ގޮއްދޫކުރަން ފެށީތޯ ! އެހެންތާ ވާނީ ގޭސްގަޑު އަންބުރަނީ ހުރިހާ މީހުން ބައިވެގެން ، ރައްޔިތު މީހާޔަށް ކޮޅުކެހިދީ ދަޅަދައްކަމުން ވިއްޔާ!

  9. އެމަންޖެ

    ތިކަން އެނގޭ މަކުރިންވެސް ، އަދި ތިކަމުގެ އެއްމެ އަޑީގަ ހުރީ ކެނެރީނދޫ ކަންވެސްއެނގޭ.