ފަތުރުވެރިއެއްގެ 3000 ޑޮލަރު ވަގަށް ނަގައިގެން ކެބިން ކްރޫއެއް ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައި ވަނީ މީގެ ދެ ރޭ ކުރިންނެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، އެ ކެބިން ކްރޫއަކީ ޓީއެމްއޭގައި މަސައްކަތް ކުރާ ކްރޫއެކެވެ. އަދި އެ ފަތުރުވެރިޔާއަކީ ފޯ ސީޒަންސް ލަޑާ ގިރާވަރު ރިސޯޓަށް ދިޔަ ފަތުރުވެރިއެެކެވެ.

އެނގިފައިވާގޮތުން، އެ ކެބިން ކްރޫ ފައިސާ ވަގަށް ނަގާފައި ވަނީ، ޓީއެމްއޭގެ ބޯޓަށް ފަތުރުވެރިޔާ އަރާ ފަހަތުގައި ބޭންދި ދަބަހުންނެވެ.

"ޓީއެމްއޭ ބޯޓު ދިޔަ އިރު ފަތުރުވެރިޔާ މައްސަލަ ޖައްސާފައި އޮތީ 3000 ޑޮލަރު މަދުވާ ކަމަށް. ޓީއެމްއޭ އިން ބޯޓުގެ ކެޕްޓަންއަށް އަންގައި އެ ވަގުތު ކްރޫންގެ ދަބަސްތައް ބެލުމުގެ ތެރެއިން ކެބިން ކްރޫގެ ދަބަހުން 3000 ޑޮލަރު ފެނިފައި ވަނީ،". "ވަގުުތު"އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ބ އަތޮޅު ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެ ފަތުރުވެރިޔާ ދަތުރު ކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލަ މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލައިގެ ތުހުމަތު ކުރެވޭ 21 އަހަރުގެ ދިވެހި ފިިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިފަދަ މައްސަަލަތައް ރިސޯޓްތަކުން ނުޖައްސައެވެ. ނަމަވެސް މިފަހަރު އެ މައްސަލަ ޖައްސާފައި ވަނީ ރިސޯޓުންކަން "ވަގުތު"އަށް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަޙްމަދު

  ކޮށްފިކަމަކުން ކަމެއް އެއްމެ ފަހަރަކު ދޭހުގައި
  ހިތިކަރުނަ އޮއްސަންޖެހިދެޔޭ ޢުމުރައް މުޅިން

  77
  6
  • ކަރެކުސަން

   ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި، ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހިދެޔޭ ޢުމުރަށް މުޅީން.

   92
   2
   • އަޙްމަދު

    😁 ޝުކްރަން. ކޮމެންޓުލިޔަން އުޅުނު ވަގުތު އެއްގޮތަކަށް ހަނދާނައްނައި...ހަނދާންވިގޮތަކަށް ލިޔެލީ.

    8
    1
 2. މޯލްޑިވިއަން

  ސަނީ ސައިޑް އޮފް ލައިފް އަށް މަރުޙަބާ ކިޔަން އެންމެ އިސް ސަފުގައި ތިތިއްބަވާ ފަރާތްތަކަށްވެސް މަރްޙަބާ!

  26
  1
 3. ޢިލާހީގާނޫނު

  ތި މީހާގެ ފޮޓޮޔާ ރަށާ އަތޮޅު ހާން މަ ކުރަންޖެހޭ އޭރުން ސަ މާލުވާން އެނގޭނީ

  33
  6
 4. އާސިދާ

  ލަނޑަޔާ ވާނީ ލަނޑާ

  20
 5. ނަގުލު ފިއްތި

  ރާއްޖޭގެ އަގުވައްޓާލީ. އޭނަޔާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭނެ

  36
  4
  • ބަނޑޭ ނިޔާޒް

   އަގެއް އޮތް ތަނެއްތަ؟

   5
   1
 6. ޙަމަރަނގަޅު

  ޙަމަ ރަނގަޅު ހަމަ ނަގަންވީ !! ތި ރިސޯޓް ތަކުން ލިބޭ ފައިދާއެއްނޯވޭ!!

  6
  16
 7. ލަނޑާބްރޯ

  ތިއީ އަބަދުވެސް ޓީއެމްއޭ ކެބިން ކްރޫ އިން ކުރަމުން އަންނަ ކަމެއް. މީގެކުރިން ނުބޭނެނީ! އެބައުޅޭ ހަމަ ވައްކަން ކުރަން ޓީއެމްއޭއަށް ވަންނަ ކްރޫއިން ވެސް. ހުސްވަގުން އުޅޭތަނެއް ތިއީ.

  8
  2
 8. ޙަސަނާ

  2009 ވަނައަހަރު އަހަރެން އެއަރޓެކުސީގަކުރިދަތުރެއްގަވެސް ޕެކުކޮއްފަ ދޫކޮއްލިކޮތަޅެއްވެސް ރަށައްއައިސްބެލުއިރުނެތް އެކަމަކު އޭގަޖެހި ލޭބަލްކޮޅު ނައްޓަލާފަ އެހެންކޮތަޅެއްގައިނީ ތަތްކޮއްފަ ގެއްލުނުކޮތަޅުގަ ދަރިފުޅައްގެނައި ފޯނާ ސުކޫލް ބޫޓު އާއަ ގިނަތަކެތި ވަނީ ދަމައިގަނެފަ ލަފާކުރެވެނީ ލަގެޖުތައްއަރުވަން އުޅުނު އިންޑިއާ ގުރޫޕުގެ ކަމެއްހެން އެތާއުޅޭ އިންޑައާ މީހުން ވަރައް ވައްކަން ކުރާ ބައެއް އެއީ...

  2
  1