ފުވައްމުލައް ސިޓީން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

އެ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަކި ތަރުތީބެއް ނެތި ނެގި ސުންކުގެ ތެރެއިން ފައްސިވި މީހާއަކީ ދުބާއިން އައިސް އެރަށުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ފައްސިވި މީހާއާއި ގާތުން އެއްތާވި މިހެކެވެ.

މިދިޔަ އާދީއްތަ ދުވަހު ސުންކު ނެގި އެ މީހާ ފައްސިވެ، އެ މީހާއާ ގުޅުން ހުރި އިތުރު ބަޔަކު މިއަދު ކޮވިޑަށް ފައްސިވެފައިވާކަން ވަނީ އެނގިފައެވެ.

މިހާރު އެ ސިޓީގައި ކޮވިޑް ފެތުރެެން ފަށާފައި ވަނީ ދުބާއީ އަށް ގޮސް އެނބުރި އައި ފަހުން ކަރަންޓީންގައި ހުއްޓާ ފައްސިވި މީހާއާ ގާތުން އެއްތާވި މީހާގެ ފަރާތުންކަން މި ވަނީ ހާމަވެފައެވެ.

އަދި މިރެއާ ހަމައަށް އެ އިހަލަށް ނިސްބަތްވާ ފައްސިވި މީހުންގެ އަދަދު އަށަކަށް ވަނީ އަރާފައެވެ.

ފުވައްމުަލައް ސިޓީގައި މިއަދު އިރުއޮއްސި ހައެއް ޖެހުުމާއި ހަަމައަށް 44 ސުންކު ނަގާފައި ވެއެވެ. މީގެ ތެރެއިން އަދި ނަތީޖާ ނުލިބޭ 24 ސުންކު އެބަ ހުއްޓެވެ.

އެ ސިޓީގައި ކޮވިޑް ފެތުރެމުންދާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، އެ ސިޓީގެ ހުޅުމީދޫގައިވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އަދި ގދ. ތިނަދޫންވެސް ކޮވިޑް-19 ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުކަލޭގެ

    ހަމަ ހައިރާންވެއްޖެ! މީހަކު ބަލިވީއެއްނޫން، އަސްލު ކޮވިޑަކީ ކޮބައިކަން މިރަށުގައި ތިބަލި ފެތުރެން ފެށުމުން އިޙްސާސް ކުރެވިއްޖެ! އެކަމަކު މިކަން މާބޮޑުކޮށްގެން އަހަރެމެން މުޅި ދުނިޔެ ބަންދުކޮށްގެން މިއުޅޭއުޅުން ހިތައްއައުމުން ކުރެވޭ އިޙްސާސް ވަރަށްތަފާތު.