ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނީ އޭނާގެ އެދުމުގެެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ކޯޓު އަމުރަކުން ފެންްނަނީ އަލީ ވަަހީދުގެ ފުރުން މަނާކޮށްފަައި އއޮތް އޮތުން ބާތިލުކޮށްދިނުމުގެ އަމުރަކަށް އެދިފައި ވަނީ ޕްރޮސެކިއުޓަރ ޖެެނެރަލް (ޕީޖީ)ން ކަމަށެވެ. މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވިދާޅުވީ މިފަދަ އަމުރެއް ނެރުނީ ޕީޖީން ކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށާއި، ހަގީގަތުގައި ފުރުން މަަނާކުރުމަށް އޮތް އޮތުން ބާތިލުކުރުމަށް އެެދުނީ އަލީ ވަހީދުގެެ ފަރާތުން ކަމަށެވެެ.

އަލީ ވާހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، އިއްޔެ ހަވީރު ވަގުތެއްގައި އޭނާ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއި އެކު ލަންޑަނަށް ފުރާފައެވެ. އަޑުފެތުރިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރެނު އަމުރު ބާތިލު ކޮށްފައިވަނީ ސިއްހީ ހާޅަތު ހުރި ގޮތުން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރު ލަފާ ދިނުމުންނެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ކުރި އެ އަމުރުގައި ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވަން ޖެހޭކަން ކަށަވަރު ކުރުމަށް ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ބަޔާން ނަގާފައިވާނެ ކަމަށެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ގޮސްފައިމިވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖިހާދު

    ތިޔަ ކޮއްލީ ވަރަށް މޮޅުކަމެއް ދެންހަމަ ޔަގީނުންވެސް ﷲހާ ރަސޫލާގެ ބަސްދޮގުކޮށް މަޖިލީހުގެ ބަހުސް ކުރި ވާހަކަ ނުދައްކާނެ ދެންދައްކާނީ ތިވާހަކަ އެހެންވެ ކުރިކަމެތީ

    18
    • އަލީލާން

      އަލީ ފިލުވަން ރާއްޖެއިން ބޭރަށް ފޮނުވައިފިން. ދެން އޮތީ މީޑިއާތަކުން އެވާހަކަ ދެއްކުން. ރައްޔިތުންނަށް އޮތީ އަލީލާން ބަލީލާން ހަތްދެގޮބޮޅި ފަތީލާން ކިޔުން. ވަލްހަމްދުލިއްލާހި.

  2. ނާގާބިލު

    ބަހުންވެސް ވަށްކަން ކުރާ ސަރުކާރު

    20
  3. ޖަނާޒާ

    ޑޮކްޓަރުންގެ މިިފަދަ ނިންމެވުންތައް ވެސް ތަހުގީގު ކުރުން ކިހިނެއްތޯ ؟ މިހެން ދެން ލިޔެލެވޭވަރު ވެއްޖެ ދެއްތޮ ! މި ޤައުމުގައި

    22
  4. ރާއްޖެ

    މި މީހުން މި ހާވާ ހަޑި ތެރެއަށް ޑރ ޝާން މެން ފަދަ ބޭފުޅުން ވެއްދުމަކީ ދެރަ ކަމެއް. އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރ ކަން ދިނީ މިކަހަލަ ކަންކަމުގައި ބަސް ހޯދަން ފަސޭހައަކަށްތަ؟

    22
    1
  5. ؟

    ޢެގޮތަށްތަ އޮންނަނީ

    12
  6. ޖުމައިނާ

    ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު އަލީ ވަހީދު އެދިގެން ދޫކުރަން ޖެހޭތަ؟އެހެންވިއްޔާ ޖަލުގަތިބި މީހުންވެސް އެމީހުން އެދުނީ ގޭބަންދަށް ދޫކުރަންވީނުން.ހާދަ ހެއްވާކަމެކޭދޯ؟ކުޑަކުދިން ކައިރީ ދައްކާ ވާހަކަ.

    26
  7. އައްޑޫ މީހާ

    ބީތާވެގެން ނޭގޭތަ އޭނަގެ މައްޗަށް ދައުވާ އުފުލާފައިވާކަން؟ ހޭބަލިވާ ކަހަލަ ވާހަކަ ބޮޑު ކޯޓަކުން ދެއްކީމަ ވަރަށް ކާޓޫނު ކަމެއް

    21
  8. ނުރަބޯ

    އޮޅުމކުން ނޫނީ ކަލެމެންނަށް އެބަ އެއްވެސްކަމެއް ވޭތަ! އަތަށް ގޮވީމަ ދެން ފޫބައްދަން ކިޔާފަނުކިޔާނެ އެއްޗެއްވެސް ނޭގުނެއްނު

    22
  9. ދިދަ ދަނޑި

    އެމީހަކު ބޭނުން ގޮތަކަށް އަމުރު ނެރެދޭތަ؟؟؟ މިދެން ހާދަ ހެއްވާ ކަމެއް..

  10. ލލ

    އައްޔަ ދިޔައީ އޭނަގެ އިސްކުރު ބާރުކުރަން އިސްކުރު ރަގަޅުކޮށްލަން، އަންނާނެ ކަންބޮޑުނުވޭ !

  11. Anonymous

    އަލީ ވަހީދުވީމަ ޕާސްޕޯޓް ދޯކޮއްލެވުނު. އެހެން މީހަކު ވެއްޖިއްޔާ ދުލެއް ނުކުރެވޭ. 0 ޓޮލަރެނސްގައި އިންސާފު ސަދޫމް ސިޓީ.

  12. ރަބަރޭ

    ތިޔާ އުޅެނީ ބުއްޅަބެޔަށް ޖެހުނު ސިއްހީމަސްސަލަ ޖެހިގެން ދެން އަޑުއިވޭނީ ފުރޮޅުލީ ގޮނޑިދުއްވަން އުޅޭ ހަބަރު
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  13. އަބޫ

    މަގަބޫލް ކުރަނީ މައިބަދައިގެ ފަރުވާ ރާއްޖެއިން (ޝާންމެން) އެންމެ ފުރިހަމައަށް ލިބޭކަމަށް. މިހާރުދެން ތި ޑޮކޭ ކިޔާމީހާއަށްވެސް އިތުބާރު ކުރަންވީތޯ.

  14. ޢަލީ

    ޓިކެޓް ނަގައިގެން ކުއްލިއަކަށް ލަންޑަނަށް ފުރުމަކީވެސް އިއްތިފާގެއްތޯ، ތިބަޔާނުންވެސް ސާފުވެގެންދިޔައީ އަދި ވަގުތުން ފުރައިގެން ދިޔަ ދިއުމާއި ނަޝީދު އޭނާގެ ދިފާހުގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ތިކަން ވެގެންދިޔަގޮތް ސާފުކޮށް ރީތި ހުދު ފޮށައެއް ފެންނަފަދައިން އެބަ އެނގޭ، މިނޫން ދުވަހެް އޮތްކަން ހަނދާންކުރާތި، އަދި މި ވެރިކަމަކީ އަބަދު އޮންނާނެ ވެރިކަމެއްވެސް ނޫން. ކޮންމެ ކަމަކަށް ނިމުމެއް އޮންނާނެ.

  15. ޖިންސީ

    ގާޟީން ނަރަކަ ވައްދަވާ ވާހަކަ ތެދުވަނީ ތިކަހަލަ މުޖުރިމުން އުޅޭތީ...ކޯޓްތައް ނުޖެހަެ ސިޔާސީ ވާކަށް...ޕީޖީގެ ދިފާއުގަ ކޯޓުން ބަޔާން ނެރޭކަށް ނުޖެހޭ. ބިރުގަންނަޖެހޭނީ ހަމައެކަނި ﷲ އަށް

  16. ކޮވިޑް

    އަޅުގަނޑު މި އެދެނީ ރައީސް ޔާމީން ދޫކޮށްލަން އަވަހަށް ދޫކޮށްލާ.އެދި ލެއްވީމަ ވަންޏާ ސަޅި އަވަހަށް ރައީސް ޔާމީން ދޫކޮށްލަ ދެއްވާ؟

  17. ހުސްނު

    އެއްދޮގު ހަދާފިއްޔާ އެދޮގުން ސަލާމައްވާން ސަތޭކަ ދޮގުވެސް ހަދަން ޖެހިދާނެ ކަމައް މީހުން ބުނެއުޅޭތީ އަޑުއިވޭ.

  18. އަލީ

    އަލީވަޙީދު އެދިގެންތަ ޕާސްޕޯޓް ހިފެހެއްޓީ

  19. ކީކޭބުނާނީ

    ތިމަންނަ ބުނީމަ ޕާސްޕޯޓްދޫކުރާގޮތައް ޕާސްޕޯޓުހިފހައްޓާދޭށޭދޯ އަލީވަހީދުބުނީ މިހުރީ ބޮދަތި ކޯޓްތަކުންދައްކާވާހަކަ