ދައުވާ އުފުލައި ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ނުފޫޒުގަދަ ބޭފުޅުން ބަލިވުމަކީ މިހާރު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިނިސްޓަރު ކަމުން ވަކިކުރެވި އަދި ގިނަ ދައުވާތަކެއް އުފުލިފައިވާ އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.

އަލީ ވަހީދު ފުރާވަޑައިގަތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު ކޯޓުން ބާތިލް ކުރުމުންނެވެ. ކޯޓުން ޕާސްޕޯޓް ދޫކޮށްލަން އަމުރުކޮށްދިނީ ޑޮކްޓަރުގެ ލިޔުމަކަށް ރިއާޔަތްކޮށް އަދި ދައުލަތުން ވެސް އެ ގޮތަށް އެދުމުންނެވެ.

މިކަމާ ގުޅިގެން ހައިލަމް ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްތައް ކުރައްވަމުންނެވެ. އޭނާ ކުރެއްވި އެއް ޓްވީޓެއްގައި ވިދާޅުވީ ބަލި ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދި އެތައް ބަޔަކު އެބަ ތިބި ކަމަށެވެ.

އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ފުރުސަތު ނުދީ ހަމައެކަނި އަލީ ވަހީދަށް ބޭރަށް ވަޑައިގަންނަވަން ފުރުސަތު ދެއްވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ބަލިވުމަކީ އާންމު ކަމެއް، ރައީސް ކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް ވަނީ މި މަންޒަރު ފެނިފައި،" ހައިލަމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެއަށް ދައުލަތުން ދައުވާތަކެއް ވެސް އުފުލާފައިވަނިކޮށް ފުރައިގެން ދިއުމުގެ ފުރުސަތު ދިނުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށާއި ޖުޑިޝަރީއަށް ވެސް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މމނ

    އެކަހަލަ ބޭފުޅުން ވަރަށް ފިންޑިވާނެ.. ސިޔާސީ ޑަރޯގާ ޖެހޭނެ.. އެހިސާބުން އެ ވީ ރާއްޖެއިން ބޭރުނުވެއްޖިއްޔާ ފުރާނަ ގެންދަވާ ކަމަކަށް ބަލް..

  2. ޖަނާޒާ

    އަބުދުﷲ ޔާމީނު ޑީލް ނަހައްދާނެ އިންގޭތޯ. އެއީ ޤައުމުގެ ދަރިއެއް. މި ވަޠަނުގެ ކުރިއެއް. މާތްﷲ ގެ، ވާގިފުޅާއެކުވަޠަނުގެ ކުރި ދާނީހެދެމުން. ފޮޅެމުން. ﷲ ގެ ރަޙްމަތާއިއެކު އިންސާފު އަދި ހަމަކުރާނެ . ސުކުރިއްޔާ ހައިލަމް

    2
    1
  3. ިޕިކޖިޖިިޮި

    ހަމަ ތެދެއް ތިބުނީ..ހަމަ އެކްޓް ބައި ބޮޑީ ..ޔާމީނަކަސް އިބޫއަކަސް ބޮޑުންގެ ތެރެއިން އެހެންމީހަކަށq ހަމަ ބަލިވާނެ ކޯޓްގެ ބިންގަލުގައި ފިޔަވަޅު ބީއްސާލާއިރަށް..

  4. ކޮވިޑް

    " ޕާސްޕޯޓު ދޫކޮށްލުމަށްް އަމުރު ނެރުނީ އަލީ ވަހީދު އެެދިގެންް - ކްރިމިނަލް ކޯޓު " ކިހާ ސަޅި ވާހަކަ އެއް؟ ރައީސް ޔާމީން ވެސް އަދި ޖަލްތަކުގައި ތިބި އެއްމެނަށް ސަޅި ފުރުސަތެއް އަވަހަށް ކްރިމިނަލް ކޯޓަށް ދޫ ކޮށް ލަމް އެދޭ މީ ރަނުގެ ފުރުސަތެއް، ވެދާނެ ވަގުތުކޮޅުގަ ހުރީ ކަމަށް އަވަހަށް ދޫކޮށްލަން އެދޭ އެންމެން.

  5. އޮޅުވާލި ވޯޓު

    ސާބަހޭ ހައިލަމް އެމްމެ ތަންފުކެވެސް ދޫ ނުދޭތި

    1
    1
  6. ކޮވިޑް

    " ޕާސްޕޯޓު ދޫކޮށްލުމަށްް އަމުރު ނެރުނީ އަލީ ވަހީދު އެެދިގެންް - ކްރިމިނަލް ކޯޓު " ސަޅި ޗާންސެއް ހުރިހާ ގައިދީން އަވަހަށް ދޫކޮށްދޭން ކްރިމިނަލް ކޯޓް ގަ އެދޭ މިކަހަލަ ފުރުސަތެއް ދެން ނޭގެ މި ދުނިޔޭގެ އެއްވެސް ޤައުމަކުން ދޭނެހެނެއް. އަދި ވެސް ބުނޭ މި ސަރުކާރު އޯގާތެރި އެއް ނޫނޭ. މިހިރީ އޯގާތެރިކަން ހުރި ވަރު. ޝުކުރިއްޔާ ކިބޫ

  7. އަހުމަދު އަލީ

    100% ކަންހިގާ ހިގާ ގޮތުގެ ވާހަކަ މީ

    1
    1
  8. ޖަމަލު ފޮޑި

    ވަރަށް ބޮޑު ތެދެއް... ނުފޫޒު ބަލި..

    1
    1
  9. ަިަައިބޫ

    ސުލޯލިހު ރޯލީމާ ތިކަން ހައްލު ވާނެ

  10. ފިރާޝާ

    ތީ އަގަހުޅުވޭވަރުމީހެ އްނޫން ތިވެސް އަނިޔާވެރި ނުލަފާ މީހެ އް

  11. ޚިޔާލު 3

    ތިބޭ ފުޅާވެސް ކަންކުރެއްވީ އެގޮތަށް ނޫން،ތޯ.؟

  12. ޢަލީ

    ޑަކްޓަރުންގެ މިފަދަ މައްސަލަތަށް ބަލައި ފިޔަވަޅު އަޅަންޖެހޭ. ކޮންމެ ފަހަރަކު އެމީހުން ގަނެލަނީ

  13. ޅަބޭ

    މިހާރު ރާއްޖޭގަ އެއްވެސް ކޯޓެއް ބޭނުމެއްނެއް. ހުރިހާ ހުކުމެއް ކުރަނީ ހަރުގެއިން.