ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންްބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރާ ހަ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މިއަަދުގެ ތާވަލުގައިވާ ގޮތުން ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ފަށާނީ މިއަދު މެންދުރުފަހު 1:30 ގައެވެ.

އޭނާގެ މައްޗަށް ކުރާ ހަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ, މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ, ރިޝްވަތު ލިބި ދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ރިޝްވަތުގެ ފައިސާ ހިފައި، އެ ފައިސާ ބޭނުންކޮށްފައިވާ ކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި ނިހާންއަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނު ކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އޭނާގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި އޭރު ހުންނެވި އަދީބު މެދުވެރިވެގެން އެސް.އޯ.އެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީއެވެ.

އަދި ރިޝްވަތު ހިފުމުގެ ކުށުގެ ދެވަނަ ދަޢުވާއަކީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ގާތު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ތިން ވަނަ ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، މެންބަރުކަމުގެ ހަައިސިއްޔަތު އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބް އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އެ އަދަދަށް އަދީބު ފައިސާ ދިނުމުން އެ ފައިސާގައި ހިފާފައިވާތީއެވެ.

ނިހާންގެ މައްޗަށްކުރާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެން ޖެހޭ ހާލަތުގައި، އަދީބާއި މެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަތުމުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާތަކަކީ، 2014 ގައި ޕީޖީ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރު އަދީބު އަރިހުގައި އެދިވަޑައިގެންފައިވަތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާމީ

  މިއާޓިކަލް ކިއާލީމަ އެގިގެން ދަނީ އަދީބަކީ މުޖުރިމެއްކަން އެކަމަކު އަދީބު ހުންނަވަނީ މިސަރުކާރު ޖަލު ހުކުމެއްކޮއްފަޔޯ؟ޖަލަކީ އަމީނު އެވެނިއު ހުޅުމާލެ ހެއްވާކަމެއް.. ދިވެހި އެންމެހާ ރައްޔިތުން ވިސްނާނެ..

 2. ވގ 13

  ރައްޔިތުންގެ ފައިސާއިން މޮޅު ފުލެޓްގަނެގެން ދަރިންގެ އުފަންދުވަހައް ކާރުގަނެދީ މޮޅު ގަޑިއަޅައިގެން ދިރިއުޅޭއިރު 4 އިރު ރަގަޅައްކާއެތިކޮޅު ނުލިބި ކިތައްމީހުންތޯ އެތިބީ ލަދުހަޔާތުގަކަންފުޅެއްވިސްނެތޭ

 3. ކެލާ އާރިފް

  ތިވަރަކުން ކަމަކުނުދޭ، އެންމެ ބޮޑެތި ޖަރީމާ ހިންގާ ބޮޑެތި ކޮރަޕްޝަން ހިންގި މީހުންގެ މައްސަލަތައް ބަރަވެލި ދުވެލީގަ ތިދަނީ، މިހެންވާނަމަ ދެންތިބި މިފަދަމީހުންނަށް ބޮޑެތި ޖަރީމާހިންގަން ފުރުސަތުމިދެވެނީ، އަގުބޮޑު ފުލެޓްތަކާ، ކާރުތަކާ، ރޮލެކްސް ގަޑިތައް އަޅައިގެން ކަރުންނާރުނަގައިގެން މަޖިލިސްތެރޭގަޔާ ޕޯޑިޔަމްތަކުގަ ހަޅޭލެވީ ކީއްވެގެންކަން ރައްޔިތުންނަށް ހާމަވަމުންމިދަނީ، މައަސަލަ އަވަސްކޮށް ދައުލަތުން ގެއްލުނު ފައިސާތައްހޯދާ ބައިތުލްމާލައް މިހާރުންމިހާރައް ވައްދަން އެބަޖެހޭ،

 4. ޝަހީދާ

  ދައްތާ ކަލޯ

 5. How

  ނިހާނުވެސް މައިބަދަ ހި ފައިގެން ސިންގަޕޫރަށް vadaigannava

 6. އަބްދޫ

  އިމާރާތެއް ނުވަތަ ތަނެއް ގަތުމަށް މީހެއްގެ އަތުން އެހީއެއް ހޯދުން މަނާކުރާ ގާނޫނެއް އެބައޮތްބާ؟މީހެއްގެ އަތުން ހޯދާ އެހީ ރިސްވަތަކަށް ވާނެ ގޮތަކީ ކޮބާ؟