ހުރަވީ ސްކޫލްގެ ދެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހުރަވީ ސްކޫލްގެ ދެ ޓީޗަރުން ކޮވިޑް-19 އަށް ފައްސިވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހިރިޔާ ސްކޫލުން ކޮވިޑް-19 އަށް ފައްސިވީ ސެކަންޑަރީ ދަރިވަރުންނަށް ކިޔަވައިދޭ ދެ ޓީޗަރުންނެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރުނު ދެ ސްކޫލްގެ ތެރޭގައި ޖަމާލުއްދީން ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް ހިމެނެއެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ޖަމާލުއްދީން ސްކޫލްގެ އޮފީސް ވެސް ބަންދުކޮށްފައިވެއެވެ.

ސްކޫލްގެ އޮފީސް ބަންދު ކުރީ ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ވަނީ ކޮވިޑް-19 އަށް ފައްސިވެގެންނެވެ. އަދި ބައެއް ލީޑިން ޓީޗަރުންނާއި ސްކޫލްގެ އެޑްމިނިސްޓްރޭޓަރު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް 17،201 މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލީގައި ނިޔާވެފައި ވަނީ 56 މީހުންނެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،160 މީހަކަށެވެ. އޭގެ ތެރެއިން 214 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 14،978 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނީ

    ޢަބަދުވެސް މީހުން ފައްސި ވޭ. އަޑު އިވިފައިވާާާ ގޮތުގައި އެއީ އެއްބަޑު އެއްބަފައި ދެބެއިން. ޢަދި އެ އާާާައިލާަާަ އިތުރު ދެމީހުންވެސް ވަނީ ފައްސި ވެފަ .

  2. ދިދަ ދަނޑި

    އޮޅިގެންވެސް ސްކޫލް ބަންދު ނުކުރާތި.. ދެން ބުނޭ ޓީޗަރުން ފައްސިވީ ގޭގަ ރަޖާ އަޅައިގެން އޮއްވައޭ..

  3. އަހަންމަދަ ފުތާ

    އަދިވެސް ހުރިހާކުދިން ގެންގޮސް ސްކޫލް ތަކުގަ ކިޔަވަދޭން މިއުޅެނީ އޮންލައިން ކްލާސްތައްރަގަޅު ކޮއްފަ ކުދިން ނާއި ބެލެނިވެރިންގެ ކޮވިޑް އިން ސަލާމަތް ކުރީޔާމާރަގަޅުވާނެހެން ހީވޭ ސިޔާސީ ސްޓަންޓް ނުޖައްސާ އެޑިއުކޭޝަން މިނިސްޓަރް ހީވަނީ ބޮލައްފިތާލާފަހުރި ތާވަޅެއްހެން ޕޮސިޓިއުކޭސް ގިނަވީމަ މާލެލޮކު ކުރަންވީ އަދިވެސްލުއި......

  4. ފީކަޅަ

    ހުރަވީތަ؟ ހިރިޔާތަ؟

    1
    1