ޑޮކްޓަރު ލަފާ ދިނަސް މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަހައްޓަފައި ވަނީ ޖަލުގައި ކަމަށް ސަރުކާރާއި ޝަރުއީ ނިޒާމަށް ކުރީގެ ނަައިބު ރައީސް އަދި ރައީށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ.މުހައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ މި ސަރުކާރަށް އިންސާފުވެރިކަމާއި އެކު ކުރެވެނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. ޖަމީލް ވަނީ މި ސަރުކާރު އައި ފަހުން ފަނޑިޔާރުގެ އިންސާފުވެރި ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ތެރެއިން ހިނގަމުން އައި ކަންކަމުގެ ތެރެއިން މިއަދު ބަދަލުވެފައި ވަނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާތް ބޭފުޅުންނަށް "ބޭނުން ގޮތެއް" ހަދައި ދެމުންދާ ކަމަށް ޑރ. ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.
"އިންޞާފްގެ ވާހަކައިން ރައީސް ސޯލިހަށް އަށް ދަންނަވަން، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުވެ ކުރީގައި އޮތް ސިޔާސީ ނުފޫޒުން މިނިވަންވީ ކޮންކަމެއްތޯ؟ ހެޔޮ ނަތީޖާގެ ގޮތުގައި ގާތް ކޮންމެ މީހަކަށް ބޭނުން ގޮތެއް. އެކަމަކު ޑރ. ލަފާދިނަސް ރައީސް ޔާމީން ޖަލުގައި. މިއީތޯ ތާހިރު އިންސާފަކީ؟" ޑރ.ޖަމީލް ވިދާޅުވިއެވެ.
އިންޞާފްގެ ވާހަކައިން @ibusolih އަށް ދަންނަވަން: ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުވެ ކުރީގައި އޮތް ސިޔާސީ ނުފޫޒުން މިނިވަންވީ ކޮންކަމެއްތޯ؟ ހެޔޮ ނަތީޖާގެ ގޮތުގައި ގާތް ކޮންމެމީހަކަށް ބަޭނުންގޮތެއް. އެކަމަކު ޑރ ލަފާދިނަސް ރ ޔާމީން ޖަލުގައި. މިއީތޯ ތާހިރު އިންސާފަކީ؟ pic.twitter.com/RxzVbrpfSm
— Mohamed Jameel Ahmed (@MJameelAhmed) February 11, 2021
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ކޮންކަމަކަށް އިޝާރާތްކުރައްވާކަން ފާހަގަކުރައްވާފައެއް ނުވެެއެވެ. ބެލެވޭ ގޮތުން ގާތް މީހުންނަށް ބޭނުން ގޮތެއް ހައްދަވައިދެއްވަމުން ގެންދަވާ ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނުމުން އެކަމަށް އިޝާރާތްކުރައްވައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ވަނީ ދޫކޮށްލައިފައެވެ. އަދި ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާ އަށް ކަމަށް ވިދާޅުވެ ފުރާ ވަޑައިގެންފައެވެ.
އަޅުގަނޑު އޭނަޔައް އޭނަބޭނުން ގޮތަކައް ކަންތައްކޮއްދޭނަން
އޭނަޔަކީ މުސްތަޤުބަލެއްއޮތް ސިޔާސީލީޑަރެއް
ވަހުތާންބެއަށް ނޭގެނީތޯ، ޔާމީނައްވެސް އިނގެޔޭ އޭނަކުރި ވައަކަމުގެ އަދަބު ދުނިޔެމަތީ ލިބިގެންކަން އާޙިރަތުގަ ފަސޭހައެއްއޮތީ، އެހެންވެގެން ޑޮކުޓަރުން ލަފާމައްޗައް ލަފާދިނަސް ޔާމީނުބޭނުމެއްނުވާނެ އަދަބުން ރެކޭކައް، އޭނަކުރި ވައްކަމުގެ ހެކިތައް ދިވެހިރައްޔިތުންގެ ލޯމައްޗައް އެހުރީފެންނަން، ބުރިބުރިއަށް އަރާގެޔާ، ބެންކު އެކައުންޓްތައް