ރ. އަލިފުށީގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ރަށު ހެލްތު ސެންޓަރުގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އަލިފުށިން ކޮވިޑް-19 އަށް ފައްސިވީ ކަރަންޓީން މުއްދަތު ހަމަވެގެން ކޮވިޑް-19 އަށް ޓެސްޓް ކުރި ކުޑަ ކުއްޖެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ގާތްގަނޑަކަށް އެއް މަހުގެ ކުޑަ ކުއްޖެކެވެ.

އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 17،201 މީހުން ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލީގައި ނިޔާވެފައި ވަނީ 56 މީހުންނެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،160 މީހަކަށެވެ. އޭގެ ތެރެއިން 214 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 14،978 މީހުންނެވެ.ރ