ގްރޫޕަކުން އައްޑޫ ސިޓީ ހިތަދޫ ގެއަކަށްވަދެ މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 11:00 ހާއިރުއެވެ.

ހަ މީހުންގެ ގްރޫޕަކުން އެގެޔަށް ވަދެ މާރާމާރީ ހިންގުމުގެ ސަބަބުން ޒުވާނަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައިވާއިރު، ގެއަށްވެސް ގެއްލުންތަކެއް ވަނީ ދީފައެވެ.

މަންޒަރުދުށް މީހަކު ބުނިގޮތުގައި މި މާރާމާރީ ހިނގައި ޒުވާނާ ޒަޚަމްކޮށްލާފައިވަނީ، އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި އެ ސަރަޙައްދަށް ސައިކަލްތަކެއްގައި ދިޔަ މަސްތުވެގެން ތިބި ބައެކެވެ. އެމީހުން އެގޭގެތެރެއަށް ވަދެ ގޭތެރޭގައި ހުރި ސައިކަލަކަށާއި ބައެއް ތަކެއްޗަށް ގެއްލުންދީ ޒުވާނާއަށް ޙަމަލާ ދިނުމަށްފަހު އެ ސަރަޙައްދުން ފިލައިގެން ދިޔައިރު، މި މާރާމާރީ ހިންގި ވަގުތު ގޭގައި އެވަގުތު ހުރީ އެ ޒުވާނާ އެކަނި ކަމަށް މަންޒަރުދުށް މީހާ ބުންޏެވެ.

މިރޭ އައްޑޫ ސިޓީ ގެއަކަށްވަދެ މާރާމާރީ ހިންގާފައިވާ ގްރޫޕުން މީގެ ކުރިންވެސް މަސްތުވެގެން ތިބެ ހިތަދޫ ގޭގެއަށްވަދެ އެކި ފަރާތްތަކަށް ޙަމަލާ ދިނުމަށްފަހު ފިލައިގެންދާ މައްސަލަ ފެންމަތިވެފައި ވެއެވެ. ސިލްސިލާ ގޮތެއްގައި މި ފަރާތްތަކުން ހިތަދޫގައި ހަމަނުޖެހުން ހިންގަމުންދާއިރު، މިހާތަނަށް މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ.

މިރޭގެ ހާދިސާ ފުލުހުން ތަހުޤީޤުކުރަން ފަށާފައިވާއިރު، މާރާމާރީ ހިންގި މީހުން އަތުލައިގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. މިރޭގެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާތީ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. 2-ޝޮޓު-ހުބްސް

    ތީ މިހާރު ހިތަދޫގަ މާ ގަޓްވެގެން އުޅޭ ބައިގަނޑެއް. ފޮދެއް ބޮވުނީމާ ތިބޭނީ އާސުމާނުގަ. ޖެހިގެން އަންނަ ދުވަހު މީހަކު ގޮތަކަށް ބަލާލިޔަސް ފޮލިހަށްގޮސް ރޯން ތިބޭނީ.

  2. ވިސްނުން

    ހައްލަކީ އުމަރު.

  3. ....

    އެހެންނު ވާނީ ތި ބުނީ ފޮދެ ހިޕަވައިގެންނޭ ތިބީ ދެން ކިހިނެ ވާނީ ކުރެވޭ ނުކުރެވޭ ނޭންގި ތިބެގެން ބޮލަފިތާލާފަ އިން ތާވަޅުތަކެހެން އެނބުރޭނީ. ދެން އަނެކަ މޮޅުތަންކޮޅަކީ މިއިން މީހަކު ހައްޔަރު ކޮއް ޖަލަށް ލާއިރަ މަގުމަތި އަވަލާފަ ތިބޭ ބައިގަނޑު ނުކުންނާނެ އޭނަގެ ހިމާޔަތުގަ އޭނަ ވަރުގެ މީހެއް ނެތިގެން. މި ޖަނާޒާ ރައީސް(ގަންޖާ ނަސީދު) ގެނައި ޑިމޮކްރަސީއާ ހެދި ވަރަށް ރީތިކޮ ރާއްޖެގަ ކަންތައްތައް މިހާރު ވަނީ. ދެން ތިބޭ އަދިވެސް އަދިވެސް ރީންދޫ ފޮށާ ބޮލުގަ އޮޅައިގެން

  4. ބާނީ

    އައްޑޫގަ މިކަހަލަކަންތައްވާނެ. އައްޑޫމީހުންނައް “ތަހްޒީބް” އަކީ މީ. އައްޑޫ މީހުން މާލެއިން ފައިބައިގެން އައްޑޫ އައްދާނެނަމަ މާލެ އެއްކޮއް އަމާންވަނެ.

  5. ކަރުންމަތީގެ ޑޮކްޓަރު

    ޖަޒީރާ ރައީސް ވަރަށް އުފާވާނެ ފަހު ދިހައެއްގަ ތިބާވަތުން ކަންކަން ވާތީ

  6. ރާބެ

    ކަލޭމެން ތިޔަ ބޭނުންވާ ޑިމޮކްރަސީ ގެނެސްދީފަ ތިއޮތީ އަދިވެސް ހޭބަލިވެގެން މިއެބުރޭ ރީދޫ ބައިގަޑައް ސަޕޯޓް ކުރެވޭތޯ ބަލާ

    • ހުމް

      ހަމަ ރަގަޅު ވާހަކަ އެއް، ޑިމޮކްރަސީގައި ކުށްވެރިންނަށްވެސް ބޭނުން ކަމެއް ކުރެވޭ، އަދަބެއް ނުލިބޭނެ އެއަށްވުރެ ހައްގުތަށް ގިނަވީމައި

  7. ރަނގަޅު

    ތިކިޔެނީ ރޯދަމަހު ފަހުދިހާގަ ކިޔަންއަންގާފައޮތްތަސްބީހަބާ ދެންތިތަސްބީހަނިންމާފަ އާމީންގެ ބަދަލުގަ ޔާމީން ކިޔައިގެން ނިދޭތޯބަލާބަލަ.

  8. އައްޓަމަސް

    އައްޑޫގެ މާނައަކަށް ރަދީފުގަ އޮތީ "ހުރިހާ ކުށަކަށް އަރާމީހުން"