ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތުމަތު މުހައްމަދު ސޯލިހްގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާހުރި ލިޔެކިޔުންތަކުން ހާމަވެފައި ހުއްޓާއި ކުއްލިއަކަށް ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ހުރި އެކަމަނާގެ މާލީ ބަޔާން "ގެއްލިއްޖެ"އެވެ.
ފާތުމަތު މުހައްމަދު ސޯލިހަކީ ރައީސް ސޯލިހްގެ ޕްރެޒިޑެންޝަލް ސެކޭޓްރިއޭޓު އެންޑް ޕްރޮޓޮކޯލުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ރައީސް ސޯލިހްގެ ކޮއްކޯފުޅުގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 09 ވަނަ ދުވަހުގައެވެ. އެ މާލީ ބަޔާނުގައި ފާޠިމަތު މުޙައްމަދު ޞާލިޙުގެ މިލްކިއްޔާތުގައި ހިމެނޭ ފައިސާއާއި އިމާރާތްތަކުގެ ތަފުސީލު ހިމަނާފައިވެއެވެ.
މިދިޔަ އަހަރު ރައީސް އޮފީހުގައި އާންމުކޮށްފައި މާލީ ބަޔާނުގައި ވާގޮތުން ރައީސްގެ ކޮއްކޯފުޅުގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާގެ އިމާރާތެއް ހިމެނެއެވެ. މި އިމާރާތުގެ ތަފްސީލެއް މާލީ ބަޔާނުގައި ހިމެނިފައި ނުވާއިރު އެކަމަނާގެ ބޭންކުގައި ހައްލައްކަ ދިވެހި ރުފިޔާ ހުރިކަންވެސް ހާމަވެއެވެ.
ފާތުމަތު މުހައްމަދު ސޯލިހްގެ މާލީ ބަޔާން ކުއްލިއަކަށް ރައީސް އޮފީހުގެ ވެބްސައިޓުން ގެއްލުނީ ސަބަބެއް އެނގިފައި ނުވާ އިރު، އެކަމަނާގެ މާލީ ބަޔާން އެންމެ ފަހުން ރައީސް އޮފީހުގެ ވެބްސައިޓުން ފެނިފައިވަނީ އިއްޔެގައި ކަމަށްވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒަރު މުހައްމަދު ޝިހާބުގެ ބޭންކު އެކައުންޓުގައި 362 މިލިއަން ރުފިޔާ ހުރި ކަމަށް އޭނާގެ އެސެޓް ޑިކްލެރޭޝަން ރިފޯމުން ވަނީ ހާމަވެފައެވެ. އެކަމަކު، އޭނާގެ އެ ފޯމް ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައިވެއެވެ.
ފަހުން އެނގުނު ގޮތުގައި، އެ ފޯމްގައި ތިން މިލިއަން ރުފިޔާ ކަމަށް ޖެހިފައި އޮތީ ކުށަކުންނެވެ. ޝިހާބުގެ އެކައުންޓްގައި ހުރީ 362،015.022އެވެ.
އެއީ އޮޅިގެން ދެވުނު ފްލެޓެކޭ🙄🙄🙄🤭🤭🤭😪😪😪😈😈😈
މަށައް ދީ ބަލަ ތީން ރުފިޔާ ކޮޅެއް ޕުލީޒް
ސިވިލް ބުނީ ސަރުކާރު ގަ އުޅޭތީ ލިބޭ އެއްޗިއްސޯލަ ސަޅިދޯ ރައްޔިތު މީހާ ގޮނޑު ހޮވައި ގެން ކެޔަސް އޯކޭތާ
އެމްއެމްޕީއާރްސީގެ ފައިސާއިން ޞާލިހަށް ބައިލިބުނު 37މިލިޔަން ތިމާގެ މީހުންގެ އެކައުންޓުތަކަށް އަޅާ އެއިން މަންފާ ހޯދުމަކީ ފައިސާގެ އަޞްލު އޮޅުވައިލުމެވެ. މިއަދު ނުބެލުނަސް އަދި ބެލޭނޭކަން ދަންނަންވާނެއެވެ.
ނުބައްދަލު ފައިސާ ހޯދިގޮތެއް ބަލާލަބަލަ ގަޓްހުރިއްޔާ!!!
ވަގު ޔާމީން މިލްކިއްޔާތުގައި 500 މިލިޔަން ރުފިޔާ ؟
އައިޝަތު އަހުމަދު ކުރިީގަ އިީ ޑީ ސީ ގައި އުޅުއްވިއިރު އަތުޖެހި އާ ކާޖާ ވިއްކައިގެން ހޯއްދެވި ބިންވެރިކަމެއް އެތައް މިލިޔަނަކަށް އެރުމަކީ ޕޮސިބަލް ކަމެއް ބޮޑުބޭބެ އެވިއްކަދެން މާލޭ މާރުކޭޓް ގައި ހުރިހެންވެސް އެބަހީވޭ ކާޖާ އާ އަތުޖެހި އެއީ ހިންނަވަރު މީހުން ގެ ޒަމާންވީ މީރު ކާނާ އެއް މާހިން ކައިރީ އަހާލަން ޖެހޭނީ
ބުއްޅަ އަމްސޫދާ ކެރަފާ އެއް ކަމައް ބަލައި ނުގަންނަނީ ކީއްވެ ނިކަމެއްޗެއްވީމަތަ އޭނަޔަށްވެސް އެހީވެ މުއްސަދި ކޮށްދީ ޝަރަފްވެރި ކޮށް ދީބަ ކެރަފާ އަމްސޫދާ އަށް އެހީ ނުވެ މަގުމަތި ކުނިކަހަން ފޮނުވާލީ ކީއްވެ
މި ބާލާވެރިކަމެއް މުޅި ޚަޒާންދާރު ކައި ހުސްކޮއްފި
އޭގަ އެއޮތީ އިމާރާތެއްގެ ވާހަކަ ދޯ. ރުފިޔާގެ ވާހަކައެއް ނެތެއްނު
ތި ފައިސާ ވަރަށް މުހިންމު ދައުލަތައް ނަގަން ފެނޭ 20 މިލިޔަން ކީއްކުރަން އަދިވެސް ތިކަހަލަ އެތަކެއް ފައިސާއެއް ވަގައް ނަގާފައި ހުންނާނެ
އާއިލާގެ ތަރިކަބަހައިގެން ލިބުނު ފައިސާ
ޔާމީނުގެ ވެރިކަމުގަ ވެސް އޭނަ އެހާ މަތީ މަގާމެއްގަ ދުރުނުކޮށް ހުރީމަ އެނގެނީ ޔާމީނު ޒާތީ ނުވާކަން މީހުނާ މެދު
އަދި ނުވީތާކައް އޭނަޔައް ފްލެޓާ މޖ....
ލަދުއަގަލް ކުޑައީ، ހީވަނީ ތިމަންނާމެން ހުއްޓުވޭނެ ބައެއް ނެތޭ، އަހަރެންގެ ވޯޓް ހަރާމް ރީނދޫ މީހަކައް