ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަޖިލީހުގައި ތިއްބަވާ އަންހެން ހަތަރު މެންބަރުން އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މި މައްސަލަ ބަލަން ފަށަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންހެން މެންބަރުން ސިޓީއެއް ފޮނުއްވިއެވެ.

މަޖިލީހުގައި ތިއްބަވާ ހަތަރު އަންހެން މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

އެ ސިޓީގައި އެދިވަޑައިގެންފައިވަނީ އެ މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފްސީލް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބެލުމަށެވެ. މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އަމަލު ކުރެއްވި ގޮތާއި ފުރުވާލުމުގައި އިއުތިރާޒެއް ނެތް ކަމަށް ކޯޓު އަމުރުގައި އޮތް ސަބަބު ހޯދަން ވެސް އެދިވަޑައިގެންފައިވެއެވެ.

އަލުން މިފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތައް ވެސް ހޯދަން ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ަައަލީ ވަހީދު ފުރުވާލަން އެދިވަޑައިގަތީ ދައުލަތުން ކަމުގައި ކޯޓު އަމުރުގައި ފުރަތަމަ އޮތެވެ. އެކަމަކު އެއީ ލިޔުމުގެ ކުށެއް ކަމަށް ކްރިމިނަލް ކޯޓުން ފަހުން ވިދާޅުވިއެވެ. އަދި ޕީޖީއިން ވެސް ފަހުން ވިދާޅުވީ އަލީ ވަހީދު ފިލާނެ ކަމަށް ބެލެވޭތީ ފުރުވާނުލަން އެދުނު ކަމުގައެވެ.

އަލީ ވަހީދު ބޭރަށް ފުރާވަޑައިގަތީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު ކޯޓުން ބާތިލް ކޮށްދިނެވެ. އެ ކަމަށް ޑޮކްޓަރެއްގެ ލިޔުމަކަށް ވެސް ރިއާޔަތް ކުރިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާ ކުރި މައްސަލައެއްގައި ފުރަތަމަ ފަހަރަށް ވަޒީރަކު މަގާމުން ދުރުކޮށް ޖިންސީ ކުށްތަކުގެ ސީރިއަސް ދައުވާތަކެއް އުފުލި މިއީ ފުރަތަމަ ފަހަރެވެ. އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ދިނުމުން ގިނަ ބަޔަކު ދަނީ ކަންބޮަޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙުސޭން

    2021 ގެ ބޮޑު މަންޒަރު . ޢެނގިދާނެދޯ!

    11
  2. ސިނެކް

    ނިވާކަމެއްނެތް ފުރާޅެއްގެދަށުން ލިބޭނީކޮން ހިޔާކަމެއްތޯ؟

    13
  3. ބޮލި މުލައް

    މިކަން އެނގެއެއްނު ފުރުމުގެ ކުރީގަވެސް ކީއްވެ ކަންބޮޑުވުން ފާޅުނުކުރީ؟
    ސަފާރީ ރޭޕްގެ މައްސަލައިގައި ކީއްވެ ކަންބޮޑުވުން ފާޅުނުކުރަނީ؟

    12
  4. ޢިބްރާހީމް

    ތީ ރައްޔިތުންނަށް ދައްކަން ކުރާކަމެއް. ކަމެއްވާއުރަށް ކޮމެޓީތަކާ ބައެއް މެމްބަރުން ވަރަށް ފޯރިއަރުވާފަ އުޅޭނެ. ދެތިން ހަފްތާ ވާއިރަށް ރައްޔިތުން ހަދާންނެތުނިމާ މައްސަލަ ނިމުނީ.. ތީ މޫޅިން ފޭކު ޝޯކުކުރަން...

    12
  5. ސަޅި

    ގުބޯލޯ ގުބޯލޯ ކިޔާމާރީތިވާނެ މިހަމަރޭވުމެއް އެއްވެސް ފިޔަވަޅެއް ނާޅާނެ ކޮންބައެއްތީ މުޅިންވެސް އާޓްދައކާނީ މިކަންވެސް ނިމނީ

    10
  6. މަގުރޫޕް

    ދެބޯގެރި

  7. ސައްލި

    އަލީ އާއި ކައިވެނި ކުރަން ވަރަށްގިނަ ކުދިން ބޭނުންވޭ މިހާރު ކިހިނެއްތޯ އަލީ އަށް އެކަންކޮށް ދެވޭނީ އެމީހުން ބޭނުންވިޔަށް އަލީގެ އެކަން ޤަބޫލެއްނުކުރޭ !

  8. ޖުމައިނާ

    މިވެރިން ނޫހުގެ ފަލަ ސުރުޚީން ޖާގަ ހޯދަން ކޮށްލި ކަމެއް.މި ހަތަރު މީހުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ ހަތަރު މީހުން.ދީނަށާއި މިކަހަލަ ނުބައި ހުރިހާ ކަމަށް ހިތްވަރުދޭ ބަޔެއްގެ ފަހަތުގަތިބެ އެކަމާ ދެކޮޅަށް އެއްޗެއްނުބުނެ ދެން މިހާރު ކީކޭ މިކިޔަނީ.އަޅެ މިވަރަށް މިމީހުންގެ އަމަލުތައް ހުންނައިރުވެސް މިވެރިންގެ ބަހަށް ހެއްލިގެން ބަޔަކު އެބައުޅޭ.ބަޔަކު އަޑީގަ ތިބެގެން ކޮށްލި ކަމެއްމީ.ދުވަހަކުވެސް އިންސާފެއްނުލިބޭނެ މިގައުމުގަ.މީހަކު މަރާލީމަވެސް ދުވަސްކޮޅަކުން އިވޭނީ އެމީހަކު ފުރައިގެން ދިޔަ ޚަބަރު.ފުރުވާލީ ޚަބަރު.

  9. ޖުމައިނާ

    ބަލަ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން ކީއްވެތަ ފިރިމީހާ އަންހެނަކަށް ޖިންސީ ގޯނާ ކުރީމަ ހަނު ހުނަނެވީ؟ވަރިވާން ކޯޓަށް ނުދިޔައީ ކީއްވެ؟ޖީހާންއާއި އިނދެގެންހުރެ އެހެން އަންހެނެއް ކައިރިޔަށް ދާންވީ ސަބަބެއް އެބައޮތްތަ؟މައްސަލަ ނުނިމެނީސް އެ އަނހެންމީހާވެސް ފުރުވާލީ..

  10. ޖުމައިނާ

    ރޮޒައިނާ ހީވޭ ވަރަށް ކަން ދޮޑުވެފަ އިންހެން.ޖީހާން އެއިނީ ބުނާނެ އެއްޗެއް ނޭގިފަ.ފިރިމީހާވެސް ކަންތައްކުރީ އެހެންވިއްޔާ...