ދީނީ އިލްމުވެރިޔާ އަލީ ޒައިދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުން ފްލެޓެއް ލިބިއްޖެ އެވެ
ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ މަޤާމުގައި ހުންނެވި، ޒައިދުއަށް ފްލެޓް ލިބިފައި ވަނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުގެ ތެރެއިން 18 އަހަރާއި 40 އަހަރުގެ މީހުންނަށް ހާއްސަ ކުރި ކެޓެގަރީންނެވެ. އެއީ (އެޗް7) ކެޓަގަރީއެވެ.
ކުރިން އާންމު ކުރި ލިސްޓުގައި ޒައީދަށް ލިބިފައިވަނީ 63 ޕޮއިންޓެެވެ. އެެއީ ދިރިއުޅުމުގެ ހާލަތަށް 13 ޕޮއިންޓާއި، އާއިލާގެ ކުޑަ ބޮޑުމިނަށް ބަލާ 40 ޕޮއިންޓުގެ އިތުރުން ވަޒީފާގެ މުއްދަތަށް 10 ޕޮއިންޓެވެ.
އެހެންނަމަވެސް ފާއިތުވި ސަރުކާރުން ހިޔާ މަޝްރޫޢުގެ ފުލެޓުތަކުގެ ތެރެއިން 7،000 ފުލެޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖަޢާކުރަން އެކުލަވައިލި ކޮމިޓީން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ނެރުނު ލިސްޓުގައި ޒައީދަށް ވަނީ އިތުރު 7.4 ޕޮއިންޓް ދިނުމަށްފަހު ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައެވެ. އެއާއި އެކު އޭނާއަށް ލިބުނު ޖުމްލަ ޕޮއިންޓުގެ އަދަދުވަނީ 70.4 އަށް އަރާފައެވެ.
ފްލެޓު ކޮމިޓީން ވަނީ އަލީ ޒައިދުގެ ދިރިއުޅުމުގެ ހާލަތަށް ދިން ޕޮއިންޓު 13 ޕޮއިންޓް 20.4 އަށް އިތުރުކޮށްފައެވެ.
ރަނގަޅު އާމްދަނީއެއް ޒައީދުއަށް ލިބެމުން އަންނައިރު، މި ކެޓެގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ވަރަށް ދަތި ހާލުގައި އުޅޭ އެތައް ބަޔަކަށް ކުރިން ނެރުނު ލިސްޓުގައި ފްލެޓް ކަށަވަރުވެފައި ވީނަމަވެސް އެ ފަރާތްތަކުގެ ނަން މި ލިސްޓުގައި ވަނީ އުނިކުރެވިފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެޅުނު 7000 ހައުސިންގް ޔުނިޓުގެ ތެރެއިން ކުރިން ފްލެޓު ނުލިބޭ އެތައް ބަޔަކަށް މި ސަރުކާރުން އެކުލަވާލި ލިސްޓުގައި ފްލެޓް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރައީސް ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ލިސްޓަށް ބަދަލު ގެނެސްފައެވެ. އެ ލިސްޓު އަލުން އެކުލަވާލީ އަލުން ޕޮއިންޓް ދިނުމަށް ފަހުގައެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަނގުރު އަލިފާން.
ތި އަށް ވުރެން މާ ހެއްވާ އެތައް ބައިވަރު ޕްރިންސިޕަލުންނަށް ލިބުނީމަ، ރައިސް ސޯލިހުގެ ދައްތާފުޅު މަޖީދިއްޔާ ޕްރިންސިޕަލް އަށް ހާލު ދެރަކަމުން ނާ ނިކަމެތިކަމުން ކޮތަރު ކޮށިން ތަންކޮޅެއް ހޯދަން ޖެހިވަޑައިގަތީބާ؟ ނިކަމެތި އެތަށް އާއިލާއެއްގެ އަތުން ފްލެޓް އަތުލާފަ މުއްސަދިންނަށް ދީފަ މިހިރީ... ބޭއިންސާފް، އެމްޑީޕީ މިހާ ބޭއިންސާފް ވާނޭ ކަމަށް ހީވެސް ނުކުރަން.
ޝައިޚް ޒައިދެވެ. ތިބޭފުޅާގެ ލަދު ކޮބައިހެއްޔެވެ. އެތައްބަޔެއް ހާލުގަ ކުޑަތަން ތަންތަން ކޮޅުގަ ދިރިއުޅޭ އިރު އެބޭފުޅުންގެ ހައްގެއް ނޫންތޯއެވެ ތި ފޭރިގަނެވެނީ. އެއީތޯ އެވެ ދީނުގަވެސް އަންގަވާފައިވާ ގޮތަކީ. މިސުވާލަށްވެސް ޖަވާބުދާރީވެ ޓްވީޓެއް ނަމަވެސް ކޮށްލައްވަން ވީނުންތޯއެވެ.
ޝޭޙް ޒައިދަށް ވުރެން ބޮޑަށް ލަދު ގަންނަން ޖެހެނީ އެމްޑީޕީގެ ރައިސް ސޯލިހުގެ ހިޔާ ފްލެޓް ލިބުނު ސަރުކާރުގެ މަތީ މަގާމްތަކުގަ ތިބި ބޭފުޅުން. ކޮތަރު ކޮށި އެމްޑީޕީ ވެރިންނަށް.. ނިކަމެތި މީހާ ހާލުގަ
ޒައިދު ކޮއްކޯ މަރުހަބާ .އެކަމަކު މަގޭ ފްލެޓް އިބޫ އާ ބުއްޅަ އާ ދެމީހުން ކާލައިފި ސަރުކާރުގަ ނޫޅޭ ފަގީރަކަށް ވީމަޔޯ ތި ކޮއްކޮވެސް ބުނަމެއްނު އަނިޔާ ލިބޭ މީހުންގެ ދުއާ ބާރުގަދަވާ ވާހަކަ މަ މިހާރު މިވެރިކަން ނިމޭތޯ ދުއާމި ކުރަނީ
ހަރާމީ
ޙަރާމީ އެޢޮތީ ޖަލުގަ އަދި.
މުދަލާ ފައިސާއާ ޖެހުނީމަ ދީން މަތިން ހަނދާންނެތޭ ޝޭހުން. މީ ވަރަށް ޒާތީވެސްވާ ޝޭހެކޯ.
ފްލެޓަށް ފަތުވާދޭ މީހުންފެނޭތަ؟
ކަލޯ އަނގަ ބެދުނީ ދޯ
އަނގަ ބަންދުކޮށްލީ.
ދެން އަނގަ ބަންދުވާނެ މިކަލޭގެގެ
7000 މީހުންގެތެރެއިން ޒައިދުގެ ވާހަކަ މިއައީ އެއީ ބަސްބުނަންކެރޭ ދީނީ އިލްމުވެރިއެއްވީމަ ތޯ؟
މި މިސަރުކާރުގަ މިތިބަ މީހުންގެ ލަދުހަޔާތް ހުންނާނެތަ، ފަލަ ބޮޑު ގޯ އްޗެ އް މާލޭގަ އޮތް އިރު މިހާރު އިންގިރޭސި ވިލާތުގަ ބޮޑުމުސާރަ އާ އި އިނާޔަތްތަ އްދީފަ މިސަރުކާރުގެ ދިފާ އުގަ ސޯސަލްމީޑިޔާގަ 24 ގަޑި އިރު ޕޯސްޓް ލިޔަން ބަހަ އްޓާފަ ހުންނަސަފީރުވެސް ހިޔާފްލެޓަ އް
ހުށަ އެޅި. ރަނގަޅަ އްވި އްޔާ އޭނަޔަ އްވެސް އޮންނާނީ ދީފަ.
ދެން ވަރަށްް ބޮޑަށް އަނގަ މައިތިރިވާނެ.
ބަލަ ދީނީ ޢިލްމު ވެރިންނަކީވެސް ހަމަ އިންސާނުން .
އެބޭ ކަލުންނަށްވެސް ކެ އުމާ ބި އުމާ ބޯހިޔާ ވަހިކަން ބޭނުންވޭ .
ފްލެޓް އަށް އެޕްލަ އި ކުރުމުގެ ހަ އްޤު ވޭ އެބޭކަލުންނަށް ވެސް.
ކަލޭމެން މީހުންނަށް ދެ އްވާ ނިޢުމަތަށް ހަސަދަވެރި ނުވެ ﷲ އަށް ދުޢާ ދަންނަވާ.
ޓިޕިކަލް މޯލްޑިވި އަންސް . ޖެލަސީ ހަމަ
ކަލޯ މަގޭނަން އެއްވެސް ލިސްޓެއްގަ ފެންނަންވެސް ނެތް
ހާލުތު ބަލަން ދިޔައިރު އިތުރުވި ދަރިންނަށް ޕޮއިންޓް މިސަރުކާރުން ނުދިނުމަކީ، މިސަރުކާރު ތެރޭގައި އަދުލުއިންސާފު ރައްޔިތުންގެ މެދުގައި ނެތްކަން ހާމަވިކަމެއް.