އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުއްޓާ ފިލި ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެ ތަނުގައި ހުއްޓާ ރޭގެ ވަގުތެއްގައި ފިލާފައިވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

އޭނާ ފިލާފައި ވަނީ ރޭ 19:27 ހާއިރު އެވެ.

ކަރްކްޝަންސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ ބިދޭސީ މީހާ އަދިވެސް ނުފެންނަކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި ގުޅިގެން ކަމަށް ކަރެކްޝަނުން ރޭ ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9886125 ރިޕޯޓުކޮށްދިނުމަށް އެދިފައެވެ.