މި ބްލޮގުގައި ޝާޢިއުކުރެވެމުން ދާނީ ރާއްޖެ އާއި ދުނިޔޭގެ މަޝްރަހުން ލިބެމުންދާ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.

23:50

22:32

22:03

21:00

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ އައްޑޫ ސިޓީން 172 ގެއެއް ކަރަންޓީންކޮށްފައިވާ ކަަމަށް އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެ.

20:12

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ އެނދުތަކުގެ ތެރެއިން މިވަގުތު މާލެ ސަރަހައްދުގައި ހުހަށް ހުރީ 37 އެނދު ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ.

20:04

‏ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ

19:43

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސް ކަމަށާއި، ދިވެހިންގެ އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިނަމަ ހިތާމަ ކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެ ކަމަށް އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެ

18:46

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ.

18:31

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،474 މީހުން މަރުވެއްޖެ

17:47

17:28

16:24

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އިންސައްތަ އިތުރުވާ ކަމަށާއި މިވަގުތު ރާއްޖޭގައި ހުރީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން މަދު އެނދު ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީގް ހާމަ ކޮށްފި.

15:54

15:53

15:53

11:49

އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:27

 

23:23

ކޮވިޑް-19 ފެތުރެމުން އަންނަ ފުވައްމުލަކުން ފައްސިވި މީހުންގެ ތެރޭގައި ހިރާސް ބޮޑު (ހައިރިސްކް) ދެމީހުން ހިމެނޭ ކަމަށް ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަ ކޮށްފި

22:08

ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫސިޓީން 650 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ހާމަ ކޮށްފި.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އިންތިހާއަށް ބޮޑެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވެ، ބަލީގެ ނުރައްކާ ބޮޑު އިތުރު ރާޅެއް ވަނީ އަރަން ފަށާފައެވެ. ޚާއްސަ ގޮތެއްގައި މީގެ ކުރީން މި ބަލި ފެތުރިފައި ނުވާ ދެކުނުގެ ބޮޑެތި އާބާދީތަކުގެ ތެރޭގައި ބަލި ފެތުރެން ފެށުމުން ނުރައްކާ ވަނީ ދެގުނަވެގެން ގޮސްފައެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ގިނަ އުސޫލުތައް އެކުލަވާލައި "ހަރުކަށި" ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ. އެހެން ނަމަވެސް މި އުސޫލުތަކާއި ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން މީގެ ކުރިން ނުރައްކާ ކުރިމަތިނުވާ ހިސާބުތަކުންވެސް ބަލީގެ އާ ވޭދަނަތައް ފެނި ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

މާލޭގެ އިތުރުން މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށެވެ. އެއީ މި ދެސިޓީންވެސް ކޮވިޑް-19 ގެ ވޭދަނަތައް ފެނިފައި ވަނީ މުޖުތަމަޢުގެ ތެރެއިން ކަމަށް ވާތީއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކާއި އައްޑޫއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ފައްސިވެފައެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ "ކޮވިޝީލޑް" ވެކްސިން މިހާރު ރާއްޖޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. ނަމަވެސް މި ވެކްސިންގެ އަސަރު އެކަށީގެންވާ ގޮތެއްގައި ކުރަނީ ވެކްސިންގެ ދެ ޑޯޒް ޖަހާ ފަހުންނެވެ. އެހެންކަމުން އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުޙިންމު ކަމެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ޢާންމު މުޖުތަމައުގެ ތެރެއިން ކަމަށް ވާއިރު، އަދަދުތައް މަދު ކުރުމަށް ކުރެވެން އޮތީ ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އެހެންކަމުން ފިޔަވަޅުތަކަކާއި އުސޫލުތަކެއް ހެދި އެކަންކަން ނުބެލެހެއްޓި ދޫވެފައި ވީނަމަވެސް އެންމެން ގުޅިގެން ފަރުދީ ޒިންމާ އަދާކޮށް ރައްކާވެ ތިބެއްޖެނަމަ އޭގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެންދާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17387 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 15081 މީހެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ މީހުންގެ އަދަދުތަކާއި، ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިވަގުތު 211 މީހަކަށް ރާއްޖޭގައި ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 56 މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެ ކުރިޔަށްވުރެ ހާލަތު ގޯސްވެފައެވެ. ދުނިޔޭގައި މި ބަލި ފެތުރޭ މިންވަރު ކުއްލި ގޮތަކަށް އިތުރުވެފައި ވަނީ މި ބަލީގެ ނުރައްކާ ބޮޑު އާ ގިނަ ވައްތަރުތަކެއް ފެތުރެމުން އަންނާތީކަން ފަހުގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. ރާއްޖޭގައިވެސް މިހާރު ބަލީގެ އާ ވޭރިއެންޓްތަކެއް އުޅޭކަން އެނގިފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 107 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެ އޭގެތެރެއިން 2.3 މިލިއަން މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 80 މިލިއަން މީހުންނެވެ. ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ވަނީ ފެނިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހ

    އަދިވެސް ރަ އްޔިތުން ތޯ ޒިންމާވަނީ ، ރޯޔަލް ޕާޓީތަކާ ކްރިޝްމަސް އާ ފާހަގަކުރީ ރައްޔިތުންތޯ