ރާއްޖެއިން އިތުރު 186 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މީގެ ތެރެއިން 162 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

މާލެ ސަރަހައްދުން މިއަދުވެސް ގިނަބަޔަކު ކޮވިޑަށް ފައްސިވެފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުން 14 ވޭދަނަ ފެނިފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 17387 އަށް އަރާފައެވެ. މީގެ ތެރެއިން 211 މީހަކަަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލް ތަކުގައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވެވެފައިވާ 2243 މީހަކު އެބަތިއްބެެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ ނިޔާވެފައެވެ.

އަދި ބަލި ޖެހުނު 15081 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައި ވަނީ މާރިޗް މަސް ތެރޭގައެވެ. އޭގެ ފަހުން އޭޕްރިލް 15 ވަަނަ ދުވަހު މާލެ ސަރަހައްދުން ފުރަތަމަ ވޭދަނަ ފެނުނުއިރު، އޭގެ ފަހުން ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ވަނީ އިތުުރުވެގެން ގޮސްފައެވެ.

މާލެ ސަރަހައްދުން ކޮވިޑް ފެނުމާއެކު އެ ސަރަހައްދު ފުރަބަންދު ކުރިއެވެ. އަދި އޭގެ ފަހުން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއްވެއްވެސް އެޅިއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެެސް އެތައް ބަޔަކު ފައްސިވެ، އަދަދުތައް ނޮވެމްބަރާއި ހަމައިން ދަށްވިއެވެ. ނަމަވެސް އަނެއްކާވެސް ޖެނުއަރީ ފެށިގެން އަދަދުތައް ކޮންމެވެސް ވަރަކަށް އުފުލެމުން އައިސް ފަހުން 150 މައްޗަށް ވޭދަނަތައް އިތުުރުވެގެން ދިޔައެވެ.

ރާއްޖޭގައި މިހާރު ދަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނީ

    ދެންވެސް 8:30 ފަހުން ހިނގާފަ ނޫޅެވޭ ގޮތް ހަދާބަލަ،
    ބައި ހަދާފަ ސައިކް ނުދުއްވޭގަޑީ މީހުން ހިނގާތީ ކޮވިޑް ފެތުރެނީ

    4
    2
  2. ސިރީން

    ސައިކް ދުއްވުން ހުއްޓުވީމަ އިތުރު އެވަނީ ކީއްވެ ؟
    ހިނގަަާފަ މީހުން އުޅެތީ

    5
    1
    • ޢަހަންމާ

      އިދިކޮޅުން މުޡާހަރާތައް ކުރާތީ އެކަމާ ބިރުން އަދަދުތައް މައްޗަށް ޖެއްސީމަ މަތިވާނެ. އިންޝާ ﷲ ހަޤީޤަތް ހާމަވާނެ ދުވަސް ވަރަށް އަވަހަށް އަންނާނެ. މައިމޫނާ އޭރުން ދިގު މުއްދަތަކަށް ޖަލަށް ދާންޖެހޭނެ.