ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އައްޑޫސިޓިގައި ވަކި ތަރުތީބެއް ނެތި ސުންކު ނަގާނެ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ބުނެފިއެވެ.

އޭއީއޯސީ އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭއީއެޗްގެ ޑޮކްޓަރ އަދްސަރު ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އައްޑޫގައި ވަކި ތަރުތީބެއް ނެތި ސުންކު ނަގަން ފަށާނެ ކަމަށެވެ.

"ގާތްގަނޑަކަށް ދެ ދުވަހެއްގެ ތެރޭގައި އަނެއްކާވެސް ރެޒިއުމް ކުރާނެ." އަދްސަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދްސަރު ހާމަ ކޮށްފައެއް ނުވެއެވެ.

އައްޑޫގައި ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށް ހަމަޖެހިފައިވަނީ އެރަށުން ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނިފައިވާތީ މުޖުތަމައު ތެރޭގައި ބަލި ފެތުރޭތޯ ދެނެގަތުމަށްޓަކައެވެ.

އައްޑޫގައި މިވަގުތު ކޮވިޑް-19ގެ ދެ އިހާ އުޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ އޭވިއޭޝަން އިހާ އާއި ހުޅުމީދޫ އެމްޓީސީސީ އިހާއެވެ.

އޭވިއޭޝަން އިހާއާއި ގުޅޭ 300 އަށްވުރެ ގިނަ މީހުން މިވަގުތު ފާހަގަވެފައިވާއިރު، އެ އިހަލުން 28 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެމްޓީސީސީ އިހާ އަށް ނިސްބަތްވާ 26 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އައްޑޫއިން ކޮވިޑް-19ގެ ވޭދަނަތައް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ރަށަށް އަރާ ފޭބުން މަނާކޮށް، ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮބުސްޓާ

    ސުންކު އަކީ ކޯންޗެއް

  2. މިިީދާ

    ސުންކު އަކީ ކޯންޗެެއް؟