ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން މިއަދު 5166 މީހަކަށް ދީފިއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިރެއާ ހަމައަށް 25327 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ދިން މީހުންގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އުމުރުން 45 އަހަރުން މަތީގެ މީހުން ހިމެނެއެވެ.

މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި 4257 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައެވެ. އަދި ބާކީ 909 މީހަކަށް ވެކްސިން ދީފައިވަނީ އަތޮޅުތެރޭގައެވެ. މިވަގުތު މާލެ ސަރަހައްދުން ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު ވަނީ 20960 އަށް އަރާފައެވެ. އަދި އަތޮޅުތެރެއިން ދިން މީހުންގެ އަދަދު ވަނީ 4367 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 100،000 ޑޯޒު ވެކްސިނެވެ. މި ވެކްސިންގެ 2 ޑޯޒު ކޮންމެ މީހަކަށް ޖަހާއިރު، ރާއްޖޭގައި މި ވެކްސިން ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަރަބި

    ދިވެއްސަކު އައިޑީ ނުލާ ވަނީމާ ހިފައިގެން އަންނަން ގެޔަށް ފޮނުވާލާފަ. އަނެއް ދިވެއްސަކު އަދި ކަލެޔަކަށް 45 އަހަރެން ނުވޭ ނޫންހޭ ބުނެފައި ނުޖަހައިދީފަ. 'ބޭފުޅަކު" ވަނީމަ އޭނާ އަތުގައި ލިޔެކިޔުން ނެތީމަ އެއްވެސް އެއްޗެއް ނުބަލާ ވެކްސިން ޖަހަދީފި. އިންސާފު ކޮބާ؟