އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ނުރުހުން ފާޅުކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނ ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. މިއީ، ޒިންމާވާނެ ފަރާތެއް ހުށަހަޅައި، މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ މީހަކު ބޭސްފަރުވާ އަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އައްސަދު އަލީ (އަޑުބަރޭ)އެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލް ކުރުމާ އެކު އަލީ ވަހީދު ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެންފައެވެ.

ޖެންޑާ މިނިސްޓަރު އައިޝާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާއި އަދި އެފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ވަކި ފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމުކުރުން މުހިއްމު ކަމަށެވެ. އެއީ އިންސާފު ގާއިމު ކުރެވޭނެ ހަމައެކަނި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި އިރު، މީގެކުރިން އެ ގައުމުން ވަނީ އަލީ ވަހީދަށް ހިމާޔަތް ވެސް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަރިޔަމް

  ނުރުހުން ފާޅުކޮށްލީ ރައްޔިތުން ގެ ފާޑުކިއުން ލިބިދާނެތީ. މިއީ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހިންގާ ޖަރީމާތަކެއް. ރައްޔިތުންނަށް އިންސާފާ ހަމަމަކަށް ހޯދައިދޭގޮތް މިއީ.

  33
  • ޙައްގުބަސް

   ރަގަނޅު ވާހަކެއެއް!! މިސަރުކާރުގެ އެންމެ އިސްވެރިންނާއި މުއައްސަސާތަކުގެ ވެރިން ގުޅިގެން ހިންގާފައިވާ ޖަރީމާއެއް މިއީވެސް!! މިސަރުކާރުން ހިންގަމުންގެންދާ ޖަރީމާތަކަށް އިތުރުވި ބޮޅެއް މިއީވެސް!! ނިކަން ބަލާ މިސަރުކާރުގެ ހުރި ނޭއްގާނީކަން!! ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ބޮޑު ބިމެއް ހިއްކާ އެބިމުގައި އަޅަމުންދާ އެތައް ފްލެޓެއްގެތެރެއިން ނިންމާފައިވާ 7000 ފުލެޓުން ކުރި ވައްކަން! ޔާމީންގެ ސަރުކާރުން ފްލެޓްގެ ޙައްގުވެރިންނަށް ލިއުން ދޫކޮށްފައިވަނިކޮށް އޭގެތެރެއިން އެތައް ނިކަމެތީންނެއް ފްލެޓްތަކުން މަޙުރޫމްކޮށް އެހެންބަޔަކަށް ފްލެޓް އެދިނީ!! އޭގެތެރޭ ކްރިމިނަލް ކޯޓުގައި ހުރި ގާޒީ ޔާމީންއަށް ޙުކުމް ކުރީމާ އޭނާ ސްޕްރީމް ކޯޓަށް ޕްރޮމޯޓްކޮށް އޭނާއަށާއި އޭނާގެ އާއިލާގެ އިތުރު ދެމެމްބަރަކަށް މިސަރުކާރުންވަނީ ފްލެޓްދީފަ!! މިއީ ހަމަ ސީދާ ޖަރީމާ!! އަލީ ވަޙީދު އެތައް އަންހެނުންނަކަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާ ކޮށްފައިވަނިކޮށް އޭނާ ގޭގައި ބަހައްޓައިގެން އެންމެފަހުން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލި ދުވަހުގެރޭ ރާއްޖެއިން ބޭރަށް އެވަނީ ފުރުވާލާފަ!! މިއީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާކަމެއް!! ސިއްރުން ކޮވިޑް ޓެސްޓު ހައްދުވާ ނައްސަި ރިޕޯޓްވެސްދީ ޕާސްޕޯޓް ދޫކޮށްލިތާ 12 ގަޑިއިރު ނުވަނީސް އެފުރުވާލީ!! އޭނާ ފުރާކަން ފުލުހުންގެ އިންޓެލިޖަންސްއަށް ވަރަށް ރަގަނޅަށް އެނގޭނެ!! އެހެންވީމަ މިއީވެސް މިސަރުކާރުން ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް!! ދެން އޮތީ އެމްއެމްޕީއާރުސީ މައްސަލައިގެ އެންމެ އިސް ދެމީހުން ކަމުގައިވާ އަދީބު އާއި ޒިޔަތު އާއި ދެމީހުންނާއެކު މިސަރުކާރުން ޑީލްހަދާ މިސަރުކާރުން ބޭނުންވާ ބަޔަކަށް ދަޢުވާކުރުމަށްޓަކައި މިދެމީހުންގެ (އިސްލާމީ ޝަރީޢަތުގައިވާގޮތުން މިދެ ފާސިގުން) ފަރާތުން ބަޔާންތައް ތައްޔާރުކޮށްގެން އެގެންދަނީ އެކިމީސް މީހުން ފުރޭމްކުރުވާ ބިރުދައްކާ ޕަޕެޓް ކޯޓުތައް މެދުވެރިކޯށް ޝަރީޢަތް ހިންގުވަމުން!! އަދި އެދެމީހުން ގޭގައި ފިނިކޮޓަރީގައި ބައިތިއްބާފަ އެވަނީ!! މިއީވެސް މިސަރުކާރުން ރާވައިގެން ހިންގާ ވަރަށްބޮޑު ޖަރީމާއެއް!! މިއީ މިހާރު މިފަސްގަނޑުގައި އުޅޭ އެންމެހާ ރައްޔިތުންނަށް ހާމަކަން ބޮޑުކޮށް އެނގެން އޮތްކަންކަން!! ދެން ރައްޔިތުން ޖޫރިމަނާކޮށް ފެލަމުންދަނީ!! ވައްކަން ކުރަނީ!! މީޑިޔާތަކަށް ބިރުދައްކާ މީޑިޔާތަކުގެ މިނިވަންކަމަށް އަރައިގަންނަނީ!! ގާނޫނު އަސާސީން ދީފައިވާ ޙައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ބިރުދައްކަނީ! އެއްވެ އުޅުމުގެ ޙައްގުތަކަށް އަރައިގަނެ ބިރުދައްކާ އަނިޔާވެރިވަމުންދަނީ!! މިއީ މިހާރު ގިނަ ރައްޔިތުން ދައްކަމުންގެންދާވާހަކަތައް!! ހާމަކަން ބޮޑުކޮށް އެންމެންގެ ލޯމަތިން ހިންގަމުންގެންދާކަންތައްތައް!! މިސަރުކާރު ބަދަލުކުރަން ރައްޔިތުންޖެހޭ!! މިއީ ރައްޔިތުން ގެނައި ސަރުކާރަކަށްވީމަ!! ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ އިންސާފުން އެއްކިބާވަމުންދާތީ!!

 2. Anonymous

  އެއީ ޝަރަފް ވެރިން ދުވަސް ކޮޅަކުން ގޮނޑި ދުއްވާލާފަ އަންނާނެ ބާރަށް އަތްޖަހާ

  22
 3. މަނިކާ

  ގުޅިގެން ރާވައިގެން މި ޖަރީމާ ހިންގުމަށްފަހު މިހާރު އަހަރުމެންނަށް އޮޅުވާލުމަށް ފާޑު ފާޑުގެ ވާހަކަ ނުދައްކާ،، ތީ ސަރުކާރެއްތަ؟؟؟ ނޫނީ ރޭޕިސްޓުން ހިމާޔަތްކުރާ ބައިގަނޑެއްތަ؟؟؟

  30
 4. ޓ

  ކަމަނާ ކީއްވެތޯ އިމްރާނުގެ މައްސަލަ ނުބެލީ....ކޮންމެ ވަޒީރަކުވެސް ބަލަނީ އަނެއް މީހާގެ ވާހަކަ ދައްކަން
  ޢެއަންހެންމީހާ ވަޒީފާ ގެއްލި ބިކަ ވިއިރު ކަމަނާ ނިދާފަ ތޯ

  29
 5. ޛ

  ކޮބައިހޭ އިމްރާނު ފުރައްސާރަ ކުރިމީހާ...ކަމަނާ އަށް ހޭލެވުނީތޯ...ސަރުކާރު ޕްރެޝަރަށް ވެއްޓުނީމާ

  27
 6. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  ކަމަނާ ދަންނަވަންތޯ ވާހަކަ އެއް. "ކަމެއް ނެތް ނަމެއް-ގާ ކުރާނޭ ކަމެއް ނެތް" މިހެން ކިޔާ އަޑު އައްސަވަމުތޯ ؟ އެގޮތަށް ކަމެއް ނެތް ބަހެއްގައި ވެސް ކުރާނޭ ކަމެއް ނެތް. މި ކަމުގައި ސްކޮޓްލަންޑް ޔާޑް ޕޮލިސް އަށް ނުވަތަ އިނގިރޭސި ޕޮލިހަށާއި ހޯމް މިނިސްޓަރަށް އަލީ ވަޙީދު ގެ ޕޮލިސް ރިޕޯޓް ވޮނުވާލަ ބައްލަވާ، ހިއުމަން ރައިޓްސް އަށް ޓެގް ކުރައްވާފަ. އޭރުން ކަމަނާ އަށް ފިސާރި ރަނގަޅަށް ކަމެއް ކުރެވުނު ކަމަށް އަހަރައަހަރުން ދެކޭނަން. ހުސް އަނގަ ތެޅުއްވީމާ މިވަނީ ކަމަނާ ރަމަންރަމަން ފޯލި ކުޅުއްވީ ކަމަށް. (ރަމަންރަމަން ފޯލީ ގައި ކިޔާނީ؛ " މި ގެ އަކު ނެތް، އެގެ އަށް ދޭ "). އަދި މިހާތަނަށް ކަމަނާ ތަޅުއްވާފަ ހުރީ ޖަމަލު....!

  28
 7. މުބީނު

  އަންހެނުންނަށް ގޯނާކުރިވާހަކަ އިނގިރޭސި ވިލާތު ސަރުކާރުގައިދެންނެވުމުގެ ބާރު އަންހެނުންނާއި ބެހޭމިނިސްޓަރަށްލިބިގެންވޭ.

  26
 8. މޮސް

  ހުރިހާ އެނމެންނައް ބައި އި އަަަޅާފަ ފޮނުވާފަ
  ދެން ކޮން އަގައެއްތޯ ތިޔަތަޅުވަނީ މުސާރަ ކާލައިގެން. ހުރެވޭތޯ ބަލާ

  12
 9. ފިޔަވަޅު

  ސަރުކާރުން ފުރުވާލަަފަ ދެނ ތިބޭ ރައްޔިތުން ހެއްދުމުގަ އަވަދިނެތި

  13
 10. ޞBsހ

  ކޮންމެހެން މަތިއޮމާންކުރަން މުނާފިޤު ވާހަކަ ދައްކާނެކަމެއް ނެތް. މުޅި ސަރުކާރު ބަރަހަނާ ކޮށްލެވޭވަރުގެ އެވިޑެންސް އޭނައަތުގަ ހުރީމަ ޑީލްހެދީ.

 11. އިސްތިއުފާ

  ހަމަހަމަކޮށް ގާނޫނު ހިންގަންޖެހޭ ކަމަށް ވިދާޅުވެ، ޖެންޑާ މިނިސްޓަރު ކުރެއްވި ޓްވީޓް ޑިލީޓްކޮށްލައިފި ނަމަ އެއިން އެގިގެންދާ އެއްޗަކީ ތަމެންގެ ވެރިކަމުގައި ހަމަ ހަމަ ކަމާއި އިންސާފާއި އެކު ގާނޫނު ހިންގަން ތަމެންގެ ސަރުކާރު ވަނީ ނުކުޅެދިފައި ކަން ތަމެން މިހާރުން މިހާރަށް ޒީރޯ ޓޮލެރެންސޭ މެން އިސްތިއުފާ ދޭންވީއޭ ޒީރޯ ޓޮލެރެންސް ޕޭޕަރ ތައްޔާރު ކުރި ރައީސް އޮފީހުގެ ބޮޑުން ތައް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 12. ކުޑޭ

  މިއީ ރޭވުމެއް އޭނަފޮނުވާލީ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުން އެކަމަށް ތާއިދުކުރާކަން ހާމަކުރުމުގެ ބޭނުމުގައި

 13. ތައްޚާން.

  ތިކިޔާ ޓްވީޓްގަ " ވަކި ފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ،" މި ޖުމްލައަށްފުންކޮށް ވިސްނާލަބަލަ... މިއިން ދޭހަވަނީ ވަކިފަރާތަކަށްޖެހިފަ ހުރި ކަމަށް ޖެންޑަރ މިނިސްޓަރ އެއްބަސްވެފައިވާން އެހެންނޫންތޯ.... ދެން ކޮން އިންސާފެކޭ މިގޮވަނީ... ދޯ އަލީ ޒައިދު (އާރާބާރުގެވެރިޔާ)

 14. މަނިކެ

  ޖެންޑަރ މިނިސްޓްރީ އަކީ ފެއިލް ވެފައި ވާތަނެއް އަޅުގަނޑަކީ ވަރަށް ރަނގަޅަށް ތިތަން ތަޖުރިބާ ކުރެވިފައި ވާ މީހެއް އެތާ ތިބޭ މުވައްޒަފުންގެ ބަހާ އަމަލަކާ ދިމައެއް ނުވާނެ