އައްޑޫ ސިޓީ ހިތަދޫގައި ދެ ސައިކަލް ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހިތަދޫ ބޮޑުމަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެން އެކްސިޑެންޓްވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 11:30 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބުނު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެއީ އެއް ސައިކަލްގައި އިން ބަންގްލަދޭޝް ފިރިހެނަކަށާއި އަނެއް ސައިކަލްގައި ތިބި ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން އަންހެނަކަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލް ވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ދެ މީހުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް އައްޑޫގައި އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފައެވެ.