އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާންޖެހެނީ ހަމައެކަނި އަންހެނުންނެއް ނޫން ކަމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ، ޖިންސީ ގޯނާގެ ދައުވާ އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ލަންޑަން ފުރުމާއި ގުޅިވައިގެން ކުރި ޓްވީޓެއްގައެވެ.

އަލީ ވަހީދު ލަންޑަނަށް ފުރާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ވަގުތެއްގައެވެ. އޭނާ ފުރާފައި ވަނީ ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކުރުމާއިއެކުގައެވެ.

މި މައްސަލާގައި ގިނަބަޔަކު އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައި ރައީސް މައުމޫން ވިދާޅުވީ، ޖިންސީ ފަދަ ނުބައި އަމަލުތަކާއިމެދު އިސްލާމްދީނުގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ ކަމަށެވެ.

އެ މައްސަލާގައި ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ވިދާޅުވެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެގޮތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ، ފިލައިގެން ދިޔުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަން ފާހަގަކޮށް އެކަމަށް ދައުލަތުން އިޢުތިރާޟް ކުރި ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ހޯރައިއްބެ ދޫކޮށްލި ބަޔަކަށް އެކަން ބޮޑު ކަމަކަށް ވާނެ ހެން ހީވޭތަ

    25
    • ޙައްގުބަސް

      މައުމޫނު ކަލޭ ވާހަކަ ނުދައްކާ ހުރޭ!! ކަލޭ އަނގަހުޅުވަން ލަދެއް ނުގަނޭތަ؟ މިސަރުކާރުން ހިންގާ ކޮންމެ ކަމެއްގައި މީނާ (މައުމޫނު) ގެ ޙިއްސާވާކަން މީނާއަށް ނޭގެނީތަ؟ މީނާ ވާހަކަ ދައްކާއިރު މީނާވެސް ހިމެނޭ ކޯލިޝަން ސަރުކާރުންނޭ ހުރިހާ ނުބައެއް ހަދަމުން މިދަނީ!! ހޯރަ އިއްބެ ދޫކުރީވެސް މީނާވެސް އެކަމަށް ތާޢީދުކޮށްގެން!! އަލީ ވަހީދު ދޫކުރީވެސް މިނާ ތާޢީދުކޮށްގެން! ވައްކަން ކުރަނީވެސް މީނާ ތާޢީދު ކޮށްގެން! ޚިޔާނާތް ހިންގަނީވެސް މީނާ ތާޢީދުކޮށްގެން!! ޔާމީނު ނުޙައްގުން ޖަލަށް ލައިގެންވެސް އުޅެނީ މީނާގެ ތާޢީދާއެކު!! އަދީބު އާއި ޒިޔަތު ގޭގައި ބައިތިއްބައިގެން އެއުޅެނީ މީނާ ތާޢީދުކޮށްގެން!! މީނާގެ ތާޢީދުކޮށްގެންނޭ މިބުނަނީ މީނާގެ މަަރަށް ތެޅިގެން މަގުތައް މައްޗަށް ނިކުމެ ރިޝްވަތުގެ ފައިސާވެސް ބަހައިގެން ގެނައި ސަރުކާރެއް މިއީ!! މީނާ ހިމެނޭ މިކޯލިޝަން ސަރުކާރުގައި!! އެހެންކަމުން މިކޯލިޝަން ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ފުރިހަމަ ތާޢީދާއެކު މިސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރަމުން މިގެންދަނީ!! މިމީހުން ޒިންމާ ނަގަންޖެހޭނެ!! ރެކިނުގަނެވޭނެ!! ހަނދާން ބަހައްޓާތި!!

  2. ހަނި

    ކކކކކކކކކކކކ،ކކމައުމޫނު ކަންބޮޑްވަނިޔާ ތި ކޮލިސަނު ވަ ކިވެބަލަ

    15
  3. ތަރަފައި

    އަންހެނުންކުރާ ކަމެއްނަމަ ދެފުއްކެހެރި މަގާމުގެ ދަހިވެތިކަމުގައި ތިބޭ އިލްމުވެރިން ފަތުވާނެރެ ހުސްނުވާނެ.

    18
  4. ނާނި

    ބަލަ މައުމޫނު މި ސަރުކާރުގެ ތެރޭގަ އިސްވެހުރެ ތިކަން ކޮށްފަ މިހާރު ތިއުޅެނީ ރައްޔިތުންގެ ލޮލުގަ އަދުން އަޅުވަންދޯ،
    ޖައްވަށް، ހަވާޔަށް، ފަޒާޔަށް ، ގަޔަށް، ބޮލަށް، އިސްލާމީ ޝަރީޢަތުގަ އޮންނަނީ މަރަށް މަރުހިފުން،
    ޔާމީން ޖަލަށް ލާފަ ވަރަށް ހިތްހަމަޖެހިގެންދޯ ތިހުންނަނީ،
    ހަނދާން ކުރަންޗޭ މިނޫނަސް ދުވަހެއް އޮތްކަން.
    ހ

    3
    2