ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ކަށަވަރުވެފައިވާ ގިނަ ބައެއްގެ ނަން މި ސަރުކާރުން އެކުލަވާއިލި ލިސްޓުން އުނިކުރި މައްސަލާގައި އިދިކޮޅުން މުޒާހަރާ އަށް ނުކުމެއްޖެ އެވެ.
މި މުޒާހަރާއަކީ "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މި މުޒާހަރާގެ ބައިވެރިންނާއި ފުލުހުން ދަނީ ކުރިމަތިލަމުންނެވެ.
މިހާރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މުޒާހަރާގެ ބައެއް ބައިވެރިންގެ މޫނަށް ޕެޕަރ ސްޕޭރޭވެސް ވަނީ ޖަހާފައެވެ.
މި މުޒާހަރާގެ ބައިވެރިންނާއި ފުުލުހުންނާއި ހަމަނުޖެހުން ހިނގާ ބައެއް އާއްމުންނަށް ވަނީ އަނިޔާވެފައެވެ.
އާންމުގެ ގިނަ ބަޔަކު މި މުޒާހަރާގައި ބައިވެރިވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުހައްމަދު މުއިއްޒު ވެސް މި މުޒާހަރާގައި ވަނީ ބައިވެރިވެފައެވެ. މުއިއްޒުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މި މުޒާހަރާގައި ވަނީ ބައިވެރިވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން އަންނަ މި ދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަތް ގައިދުރުކަމެއް ނެތި އިދިކޮޅުން އަންނަނީ ގިނަ އެއްވުންތަކެއް ބާއްވަމުން ކަން ފާހަގަ ކޮށްލެވެއެވެ.
މި ރާއްޖޭގައި ރަގަޅަށް ތިކަން ކުރެވޭނެ އޮތީ އެންމެ ގޮތެއް. އެއީ 450000 ފްލެޓް އެއްފަހަރާ އަޅާފައި އެންމެނަށް ދިނުން. އެހެން ނޫނީ ބުނާނީ މަށަކަށް ނުދިނޭ.
އެމްޑީޕީ ވެރިން ހާއްސަކޮށް އެމްޑީޕީ ރޯޔަލްސް ކޮތަރު ކޮއްޓަށް ވަންނަން ބޭނުން ވާތީ ހަމަ ހިނި އާދޭ... ފެންވަރު ދަށް ބައިގަނޑެއް... އެމްޑީޕީ އާންމު މެމްބަރުންގެ ފްލެޓް ވެސް އަތުލާފަ މި ސަރުކާރުން ލިސްޓު ނެރުނީ... މި ސަރުކާރުން ނިކަމެތިން އަތުން ފްލެޓް ޖަހައިގެންފަ އެމްޑީޕީ ކުރީ ސަފުގަ ތިބި މިލިއަންރުންނަށް ފްލެޓް ދިނީ.. ބޭއިންސާފް
އާންމުންގެ ގިނަބައެކޭ ބުނީމަ ހިނި އަންނަނީ
ގުޅިފަޅުން ފައިސާދައްކާ އެމީހުން އަމިއްލަ މިލްކަކަށް ވެފައިހުރި ފުލެޓްތައް ، އެއަށްވާ ފައިސާ ދިންތޯ، އަދި ގާކޮށިން ފުލެޓްލިބުކަން ޔަޤީންވިމީހުންގެ ،އެކަންވީ ގޮތްވެސް ރަނގަޅަށްް ސާފުކޮށްލާ އެކަމުގެ ޙަޤީޤަތާއި އެކަމުގައި ގޯސްހެދިމީހުންގެ ވާހަކަލިޔެލެވޭނެ ނޫސްވެރިޔަކުނެތްތޯ، މިހާރުގެ މައްސަލަތައްވެސް ހާމަކުރަންވާނެ، މާއްދީ ފައިދާއަކަށް ހަޤީޤަަތްހާމަކުރަން ޖެހިލުންނުވޭ!. ފިތުނަފަސާދަ އުފައްދާ ބަޔެއްގެ އަގުވައްޓާލަން މަސައްކަތް ކުރުމަށްވުރެ ، ޒާތީނުވެ ޙަޤީޤަތް ހާމަކުރޭ. ތިޔަހެން ތިލިޔަނީ އެއްވެސް ދިރާސާއެއް ނުކޮށް ، ކޮމެންޓްކުރާ ގިނަމީހުން މީހުންގެ އަބުރާބެހި ހަޑިހުތުރު ބަސްތައް ބުނުމަށް ޖާގަދޭގޮތައް ، ތީގެ ޒިންމާނަގަންޖެހޭ ދުވަހެއް މާދުރުނޫންދުވަހަކު އެބައޮތްކަން ހުރިހާ ބޭފުޅުންވެސް ޤަބޫލްކުރައްވާ. ދުނިޔޭ އެއްވެސްމީހަކު އަބަދު މާދީއުފަލުގައި ނުހުންނާނެ.
ގަވަާއިދުން ކުރިީމަާވަާނިީ ކިހިނެތް
ބަލަ ފޮނުވާމެސެޖު ތިބޭފުން ބޭނުންވާގޮތައް ނެތީމަދެއްތޯ ތި ޖުޖަހަނީ ، ގައިމު މީހުންގެ އަބުރާބެހި ހަދޒިހުތުރުބަހުރުވައިން ދީންހުއްދަނުކުރާ ޒާތުގެ ވާހަކަ ޖެހީމަވެސް ތި ، ތިބޭފުޅުން ބޭނުންވާ މަޤުޞަދު ޙަޞިލްވާތީ ޖަހަނީ، ސޮރީ އެފަދަ ކޮމެންޓު އަޅުގަނޑުނުކުރާނަން
ގަވަާއިދުން ކުރިީމަާވަނިީ ކިހިނެތް
ލަބީބަކީ މީހެއްގެ ފުލެޓު ކައިގެން ހުރިމީހެއް.
މިފަދަ މުޒާހަރާތައް ރާވާ އިސް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަންޖެހޭ...
މާލެއަށް ބޭނުންވަނީ ގިނަވެގެން ތިރީހަކަށް ހާސް ފްލެޓް. މިހާރު ތިހުރީ 7 ހާސް އެޅިފައި. ސިފައިންގެ ފްލެޓްތަކާއި އާންމުން ހަދާ ފްލެޓްތައް ނިމުނީމާ ގާތްގަނޑަކަށް 20 ހާހަށް އަރާނެ. ބާކީ ބޭނުންވާނީ ގިނަވެގެން 10 ހާސް. މިއީ ސަރުކާރަކަށް ނުކުރެވޭނެ ވަރެއް ނޫން. އެހެންނަމަވެސް ސިފައިންގެ ފްލެޓްތަކާއި ދެން ހުރި ފްލެޓްތައް ނުނިންމައި އާ ފްލެޓްތައް ނާޅައި ދިގު ދަންމަނީ ތަންތަން ކުއްޔަށް ދީގެން ފައިދާ ހޯދަން ބަޔަކު ބޭނުންވާތީ. އަދި މި ފްލެޓްތައް އެޅިޔަސް ގަނެވޭނީ މަނިޓަރީން ހިންގާ ޖަރީމާތައް ހިންގުން ހުއްޓާލައިގެން. މިހާރު މިދޭގޮތަށް ބޮޑު އިންޓަރެސްޓްގައި ލޯނު ދީގެން ރައްޔިތުން ހަނާވާނީ.
450000 ހަމަވާވަރައް މިއުޅޭ ހިންނަވަރު މަރުމޯލު ފުލެޓް އަޅާނެ ކަމައް ވައުދުވެފަ އޮތީ ކޮންމެ ރިޔާސީބަޔާނެއްގަ ކީވެތަ ބިމުން މައްޗައް ނާރާގެން މިއުޅެނީ ފުލެޓްތައް