ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށްފަހު، އޭނާ ފަސް އަހަރަށް ޖަލަށްލުމަށް އެދޭ ކަމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަން ތައްޔާރަށް އޭނާ ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ގެންދިޔަ "ކޮބާ މަގޭ ފްލެޓް" މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލަންޑަނަށް ގޮސްފައިވަނީ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވެފައިވާ ގޮތަށް އޭނާ ޖަލަށް ލާފައި ޔާމީން ދޫކޮށްލަން އެދޭ ކަމަށެވެ.

"އަލީ ވަހީދު ދޫކޮށްލީ އަޑުބަރޭ ޒިންމާ ނަގާގޮތަށް ކަމަށް ވަންޏާ، އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ގެންގޮސް ފަސް އަހަރު ދުވަހު ޖަލުގައި ބާއްވާފައި ރައީސް ޔާމީން ދޫކޮށްލާށޭ. އަޅުގަނޑު މިހުރީ މި ގައުމުގެ ހައްގުގައި ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް ޖަލުގައި އޮންނަން ތައްޔާރަށޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އަލީ ވަހީދަށް އަޑުބަރޭ ދައްކާފައި ފުރައިގެން ދެވޭ ކަމަށް ވާނަމަ، ރައީސް ޔާމީނަށް އޭނާ ދައްކާފައި މިނިވަން ވެވެން ވާނެ ކަމަށެވެ.

އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ާއަލީ

    ކަލޭ ތީ ޔާމީނުގެ ބަދަލުގަ ނޫނަސް ޖަލުގޮޅީގަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއޮންނަން ޖެހޭމީހެއް

    12
    8
  2. ޓނު

    މުޅިޔަކުން ގޯހެއްނޫން ތިޔަ ދެމީހުންވެސް ވައްކަމުގައި ހަމަ ހަމަ.ވީއިރު ދެމީހުންވެސް ތިބެންވީ ޖަލުގައި،

    10
    11
  3. ބަޑަންޑޫ

    ބަދަލުގަ އޮންނަން އުޅޭނެކަމެއް ނެތް ކަލެއަށްވެސް ކަލޭކޮށްފައިވާ ވައްކަމުގެ ހުކުން އަންނާނެ ކެތްތެރިވެ މަޑުކޮށްލާ

    10
    7
  4. ކިޔުންތެރިޔާ

    އަދުރޭމެން ތިޔަ ކުރައްވާ މަސައްކަތްޕުޅުގަ މާތް ﷲ ބަރަކާތްލައްވާށި! ކާމިޔާބާއި ނަސްރު ލިބޭނީ ގަދައަޅާ މަސައްކަތްކުރާ ފަރާތްތަކަށް.

    11
    9
  5. ޖަމަލު ފޮޑި

    އޯ.. ގަދަ....

    7
    4
  6. 😀

    ސާބަހޭ އަދުރޭ ތިއީ ގަޓުހުރި މީހެއް

    9
    8
  7. ވެރިން

    އަޅުގަންޑު ޖާމިލު ކޮށްފަ ރައީސްޔާމީން ދޫ ކޮއްލަ ދޭން ވީނޫން

    12
    4
  8. މަ

    އޭރުން ކާކު ހިސާބު ގަޑި ނަގައިދޭނީ؟

    11
    5
  9. ސަތަރޭ

    އަދުރޭ އައް ވަރައް ރަނގަޅައް އެނގޭނެ، އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫންކަން..
    އެހެންވީމަ ކޮންމެ ޕީޕީއެމް މީހެއްވެސް ބުނަންވީ ތިހެން ހަމަ..

    9
    2
  10. ޔާ މިނު

    ތި ބޭފުޅާ ގެ މައްސަލަތައް ވެސް ނިމުނުހާ އަވަހަކަށް ދިގު މުއްދަތަށް ޖަލަށް ދިއުން އެބަ އޮތް! އިންތިޒާރު ކޮށް ގެން ހުރެ

    10
    4
  11. ޔަާރު

    ވަރައްގަދައެޭ0

    1
    2
  12. ހައްޤުބަސް

    އަދުރޭ އަދި މިހާތަނަށް ބުނި އެންމެ ރަނގަޅު ހަމަޖެހޭ. ދިވެހިރައްޔިތުންނަށް ފައިދާ ހުރި ހަމަ އެކަނި ވާހަކަ.

    7
    5
  13. ޢަހަރެން

    ޙެޔޮނުވާނެ ކަލޭ ޖަލައްލާން... އޭރުން ފުރާޅުން ޓިނު ނެގިހެން ޖަލު ފަޅާލާނެ... އެހެން ނޫނަސް ތީ ހުސް ދައްކާ ފޮނި ވާހަކަ... މިޒަމާނުގަ އަމިއްލަ ދަރީގެ ބަދަލްގަވެސް ޖަލަކަށް ނުދާނެ... ރުފިޔާގެ ބޭނުމުގަ ކިޔޭ ނުކިޔޭ ވެސް ނޭންގެނީ ތޯއްޗެ...

    10
    3
  14. 😀

    ސާބަހޭ ތީގަޓުހުރިމީހެއް

    3
    4
  15. ޙހހހ

    ޥައްކަން އޯކޭ އެއްނޫން ، ޖިއްސީފުރައްސާރަ މި ސަރުކާރަށް އޯކޭ

    2
    5
  16. ޗަކަ ބޭ

    ޖަލަށް ދާ އިރު ޓިނު ޖެހުން މުއްދަތަނެތް ގޮތަށް މެދު ކަނޑާ ލެވޭނެ

  17. ޢަލީ

    މަވެސް ހަމަ އަދުރޭ ކަހަލަ ހިތްވަރު ެބަހުރި.

  18. ކެލާ އާރިފް

    ބަދަލުގަ ކޮންމެހެންދާން ހަދާނެކަމެއްނެތް، މެތުސް ޓީޗާރވެސް ތިއުޅެނީ ރައްޔިތުންނަށް އޮޅުވާލަންވެގެންދޯ، އޭރު ހިންގި ވައްކަމާ، ކޮރަޕްޝަނާ، ކަންނެލި ދޯނިތަކާ، އަނގޮޓިތަކާ، އަގުބޮޑު ފުލެޓްތަކުގެ ތަހުޤީގުދަނީ ކުރިއަށް، ކޮންމެހެން މީހެއްގެ ބަދަލުގަ ޖަލައްދާން ހަދާނެކަމެއްނެތް، އަމިއްލަމީހާ ކޮށްފަހުރިކަންތަކާ ހިންގާފަހުރި ޖަރީމާތަކަށް ސަރީއަތްހިންގި ހުކުމް އަންނައިރު އުމުރުދުވަހު ޖަލުގަހުރުންވެސް އެކަށީގެންވޭ