‏ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހެން ވިދާޅުވީ، މިއަދުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި ހަވީރު 06:00 އިން ހެނދުނު 06:00 އަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަން އަންގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އެންގުން ޓްވީޓް ކުރައްވަމުންނެވެ.

"މިކަން ތަންފިޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ". ފުލުހުންގެ ޓްވީޓްގައި ވެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތު މި ވަނީ ވަރަށް ގޯސްވެފައެވެ. ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. އަދި ބައްޔަށް ފައްސިވެގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް ރެކޯޑް އަދަދަކަށް މައްޗަށް ވަނީ އަރާފައެވެ.

މިއާއެކު މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ 17387 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ބަލި ޖެހިފައި 2243 މީހަކު ތިބިއިރު، ހޮސްޕިޓަލްތަކުގައި 211 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، ދިވެހިންގެ އަމަލުތައް ރަނގަޅަށް ނުބަހައްޓައިފިނަމަ ހިތާމަ ކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެކަމަށް މިހާރު ޑޮކްޓަރުންވެސް ވަނީ އިންޒާރު ދީފައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފިލި ވަހީދު ބޭ

  ބަޔާން އެކަނި ވަރު ގަދައީ! ފުލުހަކު މަގުމަތިން ނުފެންނަ އިރު ސައިކަލުތައް ހަބޭހަށް އެބަ ދުއްވާ

 2. ހޔތ

  ނުކުރާނެ. ނުކެރޭނެ، ނުވެސްކުރާނެ، ހުސް އަނގަ. ކޮށްފަ ދެއްކީމަ އަހަރުމެން ރެސްޕްކްޓް ކުރާނަން.

 3. ތަކުރު

  ކެނެރީގެ ބުއްޅަބޭ އާއި ހިންނަވަރު ބުއްޅަހުއްތުގެ ދޯހަޅި ވަގު ސަަރުކާރު ވެއްޓިދާނެތީ ކަލޭމެން ތި ތެޅިގަންނަނީ

 4. އ.މ.ބ

  ދަތުރުފަރުތު ކުރާމިހުން އެއްވެސް ބެލުމެއްނެތި ވައިރަސް ކެރީކުރުން ނޫންކަމެއްނެތް އެއާ ޕޯޓްތަކުން އެއްގޮތަކަށްވެސްނުބަލާ އެޗް ޕީ އޭގެ އުސޫލާ އެއްގޮތަށް ދާބައެއްތޯ

 5. ހަގީގަތް

  ޖޫރި މަނާ ކުރޭ އޭރުން ބަޖެޓައް ލާރި ކޮޅެއް އެތެރެ ވާނީ

 6. ފުލެޓްގެ ހައްގުވެރިންނައް ދެން ފުލެޓް ފެންނާނީ ހުވަފެނުން އެކަނި

  ފުލެޓް ޖަރީމާ އޮއްބާލަން މުޅިސަރުކާރު ނިކުމެ ޑްރާމާކުޅެނީ. ޑުރާމާ ޑައިރެކްޓްކުރުން އޮތީ އެޗްޕީއޭ އައް.