މިއަދު އިދިކޮޅު ކޯލިޝަނުން ”މަގޭ ފްލެޓް ކޮބާ“ ގެ ނަމުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވަނީ އެ އިހުތިޖާޖުގެ ބައިވެރިއެއްގެ ފަރާތުން ނޫން ކަމަށް އެކޯލިޝަނުން ބުނެފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުންނާއި އިހުތިޖާޖުގެ ބައިވެރިންނާއި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. މި ކުރިމަތިލުމުގައި ފުލުހުންނާއި އާއްމުންނަށްވެސް ވަނި އެކިވަރުގެ އަނިޔާތަކެއް ލިބިފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އިޙްތިޖާޖް ހުއްޓުވުމުގައި ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އިޙުތިޖާޖްގެ ގިނަ ޢަދަދެއްގެ ބައިވެރިންނަށް ބޮޑެތި އަނިޔާތައް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އަދި އިޙުތިޖާޖުގެ ބައިވެރިން ހުއްޓުވުމުގައި ޕެޕަރ ސްޕްރޭ ބޭނުންކޮށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދިޔަ ވަގުތުގައި ފުލުހަކަށް އަނިޔާވެގެން ގެންދެވުނު ކަން އެކޯލިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ކުރުމަކީ އެއްވެސް ވަރަކަށް ތަރުހީބުދީ ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ޢަމަލެއް މިހާތަނަށް ހިންގާފައި ނުވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

"ސަރުކާރުން ފުލުހުންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމުރުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާގެ ބައެއް ބޭކަލުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވާ ގޮތަށް ޢަމަލުތައް ގެންގުޅުނުނަމަވެސް، މިކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާ ކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ކުރުމަކީ މިކޯލިޝަނުން އެއްވެސް ވަރަކަށް ތަރުހީބުދީ ތާއީދު ކުރާ ކަމެއް ނޫން" އިދިކޮޅުން ބުންޏެވެ.

އަދި އެފަދަ ޢަމަލެއް މިހާތަނަށް ހިންގާފައި ނުވާނު ކަމަށާއ މިއަދުގެ ޙަރަކާތުގައިވެސް ފުލުހަކަށް އަނިޔާއެއް ލިބިފައިވަނީ އިޙުތިޖާޖުގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ހަމައެއާއެކު އެކޯލިޝަނުން ހިންގާ އެއްވެސް ޙަރަކާތެއްގައި ފުލުހަކަށް އަނިޔާ ކުރުމަކީ މިކޯލިޝަންގެ އެއްވެސް މެންބަރަކުވެސް ކުރާނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ވަނީ ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމަރުތަކަށް ތަބާ ނުވުމަށާއި، ޤާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން އެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކޮށް ސުލްޙަވެރި ކަމާއެކު ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އަނިޔާވެދާފަދަ ކަންކަން ނުކުރުމަށް ފުލުހުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އަމިއްލައަށް އެހެންމީހުނަށް ބޮނޑިދޭން ހަދައިގެން ލަނޑެއްލިބިފަހެން ހީވަނީ ފޮޓޯބަލާފަ

    19
    8
    • ބޮލުގައިރިއްސާ

      އެއީ ސިފައިންގެ މީހެއް.. ދިވެހި ރައްޔަތެއް.. އަނބިދަރިން ބަލަންޖެހޭ މީހެއް.. އުޅެ އުޅެ ވަޒީފާއެއް ނުލިބިގެން ޒަމާންތަކަކަށް ތަހައްމަލް ކުރަން ޖެހުނު މީހެއް.. ސިފައިންގެޔަށްވަދެ އެފަކީރު އެ އަދާކުރަނީ އޭނަގެ ވަޒީފާ.. ކުއްވެރިކުރަން ބޭނުމިއްޔާ ވެރިން ކުއްވެރިކުރޭ...

  2. ޑަބިޔާ

    އެލެކް އެންގީ ހައްގު، އިންސާފް ހޯދަން ނިކުންނަން ޖެހުނީމަ އާމުރައިތުން ނައްވެސް ވަރައް އަނިޔާވާނެ ކަމަށް ހިތްވަރު ދޫކޮއްގެން ނުވާނެކަމަށް އިންސާފް ނުލިބެނިސް.

    13
    2
  3. ބޭސްބެ

    ފޮޓޯގައި އަވަސް.އެމްވީ އިންނައިރު އެވެސް ވޭތަ މީސްމީޑިއާއަށް .. ލޮލް

    7
    1
  4. ކަދުރު

    އަހަތެން އެއްލި ތީރަ ކުން ނެއްނޫން އޭނަ މަރުވީ، އެއީ ބާޓިނުގަނޑަ ކުން ޖެހި،

    5
    10
  5. ގޮހުރޮ

    ޕީޕީ އެމް ހާދަ ގޯހޭ

    8
    19
  6. ބިރުބޭ

    ކީއްވެތަ ބަޔަކު ޖަހާހާ ބެރަށް ތިނަށަނީ. ރައްޔަތުންގެ ފައިސާއިން މުސާރަދެނީ ތިހެން ކަމްތައްކޮށްފަ އަންބޮޑިއައް އިތުރުކުރާކަށްނޫން. ކޮންމެ ކަމެއްގެވެސް ފެށުނުގޮތައް ނިމުން އަންނާނެ.

    7
    5
  7. ބޮލުގައިރިއްސާ

    ޕެޕާ ސްޕްރޭއިން މާހައުލު ޑިސްއިންފެކްޓް ކުރެވިދާނެތޯ؟ (ކޮބާ ޖަވާބު)

    7
    1
  8. މަނިކެ

    ޔާމީން ވެރިކަން ކުރި ދުވަސްތަކުގައި ޕެޕަރސްޕްޜޭ އޯކޭ އެއިރު އިންސާފު ހޯދުމަށްޓަކައި ނުކުތީ މިޤައުމުގެ ރައްޔިތުންނެއްނޫބާ އެއިރު ހައްޤު ހޯދަން މަގުތަކަށް ނުކުތްމީހުންގެ ލޮލަށް ޖެހި ޕެޕަރސްޕްރޭގެ ވަރަށް ކުޑަ މިންވަރެއް އަދި މިހާރު ފުލުހުން ބޭނުންކުރަނީ މިހާރު މިމީހުންނަށް ވާވަރު ބަލާބަލަ އެއިރު ވެރިކަމުގަ ތިބެގެން ގޮވީ ޖަހާށޭ! ނޫންތަ މީ ހަޤީގަތް (މިކޮމެންޓް ޖައިދޭނެކަމަށް އުންމީދުކުރަން)