މާލެ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްޗެ އުޅުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ލިބިދޭ ބާރުގެ ދަށުން، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

މިގޮތަށް އަންގާފައިވީ ނަމަވެސް، ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްެ މަތިން އަމަލު ކުރެވޭނެ ކަމަށާއި އެކަން ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިޔާޔަތްކޮށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާއި ބެހޭ އެހެނިހެން މުއައްސަސާތަކުން އަޅުމަށް ވަނީ އެންގުމުގައި ބުނެފައެވެ.

މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އެ އެންގުމުގައި ވަނީ އަންގާފައެވެ.

މާލޭގައި 10 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އުޅުން ހުއްޓާލުމަށް އަންގާފައިވާއިރު، އެޗްޕީއޭއިން މިއަދު ވަނީ މާލެ ސަރަހައްދުގައި ހަވީރު 18:00 އިން ފެށިގެން ހެނދުނު 6:00 އާއި ހަމައަށް ވެހިކަލް ދުއްވުންވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    މުޅި މާލޭގަ 10 މީހުންގެ އެންމެ ގްރޫޕެއް؟ ތިހޯދަން ހާދައުނދަގޫވާނެޔޭދޯ؟

  2. ސިރީން

    9 މީހުން އޯކޭ، އެކަމް ދިވަވަނަ މީހާ އައީ ކޮވިޑް އައީ...
    ކިހިނެއް ބަލާފަ ހަދާ ޖޯކް ގަވައިދު ތަކެއްތަ މީ ؟؟

  3. އުބޭދް އަރީފް

    އަބުރާ ލޮކްޑައުންއަކަށް.

    ٱلْحَمْدُ لِلَّٰ

    1
    1
  4. ފަޒީލް

    ދެން ސްކޫލް އެސްނެބްލީ ގަޑު ވެސް ނުބޭއްވޭނެ ތަ ހާދަ މިސްވާނޭ އާންޓީ ތަށް ވެސް

  5. ސޫއޫދު

    ޢިދިކޮޅުން ޖައްސާ ދިހަމީހުން ބަހާފަ ކޮއްމެ މަގެއްގަ 100 ފޫޓް ދުރުމިނުގަ ތަފާތު ޝިއާރުތަކާއެކް ދިވެހިދިދާގަ ޕާޓީކުލަނުޖައްސާ ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ނުދިނުމައް ކުރާކަމެއްވީމަ ނޫންނަމަ 10 އެއްކިޔާފައަދަދެއް މިކަނޑައަޅަނީ ކޮވިޑް މިހާރުބަލަނީ 10 ދިހައެއްކަމައްވެދާނެ .މިދިއައަރުވެސް ރައްޔިތުން ގޭބަންދުކުރުމައްފަހު އަތްދޮވެލީ ސޭފްތަކާއެކް ވައްކަމެއްނުކުރާނެ ދޮވެލާނީ މިވެރިން

  6. ހަމަޔާ އިންސާފު

    އަދުލުއިންސާފާ ހަމަހަމަކަން ގެއްލުމުން އިހުތިޖާޖުކުރެވުނު ގޮތަކައް ކުރާނެ. އޯގާތެރި ސަރުކާރު ކިޔައިގެން ކޮވިޑްގެ ފުރަތަމަކޮޅުވެސް ރައްޔިތުން ގޭބަންދުކޮއްފަ ވެންޓިލޭޓަރުވައްކަން ހިންގާލީ. މިހާރު ފުލެޓް ވައްކަން ފޮރުވަން އަނެއްކާ ޗަރުކޭސް ކުޅެނީ

    10
  7. ކަންމަތީ ހޮޓަލުން

    އަދިވެސް ހޮޓާ ރެސްޓޯރަންޓްތަކަށް މީހުން ވެއްދުން މަނާކޮށްފަ ކާއެއްޗެހި ޑެލިވަރީ ކުރަން ފަށާކަށް ނުވޭތަ؟ ކޮންމެ ކަމެއްވެސް ގޯހުން ގޯހަށް ދިޔައިމާ ތެޅިގަންނަނީ. ހާދަ ގަޅި ސަރުކާރެކޭ.

  8. ފާތުމަ.

    ޢެއްވެސް މީހަކު އެއްވެއުޅެން ހުއްދަދޭނެކަމއެއް ނެއް.

  9. ނަޒޫ ބިންތު ރޯގާ

    ތިއޮތީ ވަރަށް މޮޅު ގަވާއިދެއް. 10 މީހުން 10 މީހުންގެ ގްރޫޕް ހަދާނީ. ކޮންމެ ދެ ގްރޫޕެއްގެ ދެމެދުގައި ހުންނަންވީ ވަރެއް ނެތް. އެބަޔަކަށް ފެންނަ ދުރުމިނެއްގައި ގްރޫޕްތައް ތިބޭނީ. 3 ފޫޓަށްވުރެ ގާތް ނުވީމާ އެބުނާ ގަވާއިދަކަށް ފެތޭނެ. މުޒާހަރާވެސް މިހެން ކުރެވޭނެ.

  10. ކޮވިޑް

    ޝުކުރިއްޔާ މައިމޫނާ. ޕޮޮލިސް، ސިފައިން، ސަރުކާރުގެ އޮފީސް ތައް ، ރައްޔަތުންނަށް ހިދުމަތް ދިނުމަށް 10 ދިމަ މުއައްޒަފުން ހެސް ކިޔާފަ ސަޅި ހުރިހާ އޮފީސް ތަކެއްގެ ޑިއުޓީ 10 މީހުނަށް ބަހާލީމަ ހާދަ ފަސޭހަ ވާނޭ ދޯ؟