ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން މިގޮތަށް އެންގީ ދެންމެ ނެރުނު ބަޔާނެއްގައެވެ.
މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 އަށް ކިޔެވުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.
އެގޮތުން އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު ހަތަރަކަށް މީހުން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.
ފުލެޓުން ހިންގިޖަރީމާ އޮއްބާލަން މުޅިސަރުކާރާއި އެޗްޕީއޭ އަވަދިނެތި ޑްރާމާ ކުޅުމުގަ
ސްކޫލް ކުދިންނައް ޓެބެއް ދިނުމަކީ ރ.ޔާމިންގެ ހިކްމަތްތެރި ނިންމުމެއް. ނޫންނަމަ މިފަދަ ދަނޑިވަޅެއްގަ އާންމު ރައްޔިތު މީހާއުޅޭނެ ހާލުދޯ! މި ސަރުކާރައް 2 އަހަރު ވީއިރު މިސަރުކާރުން ހިންގި ވައްކަންތައް ކިޔާނުނިމުނު.
ކުދިންނާ ސްޓާފުންނަށް ކޭސްތަށް މިހާ ބޮޑަށް އިތުރުވާއިރު ސްކޫލްތެރެ ރައްކާތެރި އެއް ނޫން... ދެން ހުރި ގްރޭޑްތަށް ވެސް އިހަށް ބަންދު ކުރަން ޖެހޭ.. ސްކޫލް މާހައުލްގެ ސަބަބުން ކޭސްތައް ގިނަވޭ
ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އަތައް ތިޔަ ގޮވަނީ.
ރަގަޅު ނިންްމުމެއް ސްކޫލްތައް ބަންދުވީކީނުން އޮންލައްިންކޮށް ކިޔަވާދޭނެ
ލަހުން ނަމަވެސް ބަންދު ކުރުން ވ. ރަންގަޅު..!! ދެރަކަމަކީ އަމިއްލައަށް އިސްނަގައިގެން ބަންދުކުރި ސްކޫލްވެސް ހުޅުވަން މަޖްބޫރުކުރި ޒާތުގެ ފިކުރު ނުކުރާ ސިޔާސީ ނިންމުން ނިންމާތީ...!! ކުރިއަށް އޮތްތަނުގަ ރަނގަޅުވާނެކަމަށް އުއްމީދުކުރަން...!!
ވަޓްސް ދަ އޮން ލައިން؟؟؟ ޑުޔޫ ވަޓް އޮން ލައިން މިީންސް؟ ހުސް ހާލި ހަދަނީ
މިހާރުން މިހާރަށް ސްކޫލް ތައް ބަންދުކުރަން ގޮވާލަން.
މިއޮއްފަދަ ޓެކްނޮލޮޖީގެ ޒަމާނުގައި މިސަރުކާރު ޤާބިލުކަން ނެތިތޯ އޮންލައިން ކޮށް ކިޔަވަނުދެވިގެން މިއުޅެނީ. ރައީސް ޔާމީން ވައްކަން ކޮށްގެން ދަރިވަރުންނަށް ޓެބްލެޓް ދިނީމަ ވެސް އޭގެ ބޭނުން ކުރަން ނޭނގޭ ގަމާރު ސަރުކާރު. ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން.
Ohhhhhh yes thanks