މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް 61 އަހަރުގެ މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ،އެ މީހާ ފެނިފައި ވަނީ ގަލޮޅު ގެއެއްގެ ތެރޭގައި އޮއްވާ ކަމަށެވެ.

ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:43 ހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.