ދިވެހި ތާރީހުގައި ވެސް އެންމެ ބޮޑަށް ޒުވާނުން ބާރުވެރިކޮށް އަދި ބަސް ކިޔުމުގެ ފުރުސަތު ދިނީ މިސަރުން ކަމަށް އެމްޕީއެލްގެ ޕީއާރު މެނޭޖާރ އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ ރޭ ސަން ޓީވީ އިން ގެނެސް ދިން "50 މިނިޓް " ޕޮޮގުރާމުގައި ވާހަކަމުންނެވެ. ނަރީޝް ވަނީ ޖަލުގައި ތިބި 9 ވަރަކަށް މީހުންގެ ހައްގުގައި ބަޔަކު އިރު އިރު ކޮޅާ ގޮވާ އިރު ޖަލުގައި ތިބި ޒުވާނުންގެ ހައްގުގައި އަޑު ނޫއުފުލަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

"ދިވެހި ތާރީހުގައިވެސް ޒުވާނުނަށް އެކި ދާއިރާތަކުން ލޯން ނުވޭ ވަރަށް މި ސަރުކާރުން ޒުވާނުންނަށް ލޯނު ދީފި, ގުރޭޑް 7 ނުވަތަ ރަގަޅަ ނުކިޔެވި ތިބި ޒުވާނުންނަށް އެމީހުންގެ ހުނަރު ކުރިއެރުވުމުގެ މަގު ތަންވަސް ކޮއްދީފި " ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ހަގީގަތުގައި މިއަދު ޒުވާނުން ބޭނުމެއް ނުވޭ އިދިކޮޅު ފަރާތް ތަކުން އެއްލާލާ ލާރިފޮއްޗެއްގައި ޖެހިގެން މަގުމައްޗަށް ނިކުމެ ތަންތަނުގައި ހުޅުޖަހާކަށް ކަމަށެވެ.

"އަޅުގަނޑުމެން ނަށް ފެނިގެން ދިޔަ ރާއްޖޭގައި 3 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު ވެރިކަން ކުރަވަން ނޭގިގެން އަމިލައްޔަށް އިސްތިއުފާ ދެއްވުމަށް ފަހު , ޖެހިގެން އައި ދުވަހު ނިކުގެ މުޅި ގައުމުގައި ހުޅު ޖަހާލި މަންޒަރު , އެކަމުގެ ތެރޭގައި ކިތަށް ޒުވާނުން ތޯ ޖަލުގެ ގޮޅި ތަކުގައި މިއަދު ވީ ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަގައި ސްޕްރީމު ކޯޓުގައި ތަޅު އަޅުވާނެ ވާހަކަ ހަރު އަޑުން މީޑިއާ ތަކުގެ ކުރިމަތީގައި ވިދާޅުވި ކަމަށެވެ.

" ނަޝީދު އެމަނިކުފާނުގެ ވެރިކަގައި ސްޕްރީމު ކޯޓުގައި ތަޅު އަޅުވާނެ ވާހަކަ ހަރު އަޑުން މީޑިއާ ތަކުގެ ކުރިމަތީގައި ވިދާޅުވި އަދި ވިދާޅުވި ގާޒީއަކު ހައްޔަރު ކުރާނެ ވާހަކަ ހުރި ހުރީހާ ފަޑިޔާރުންތަކެއް ބޭރުކޮއްފަ އެބޭފުޅާ ބޭނުންވާ ފަޑިޔާރުން ތަކެއް އެތަނަށް ލާނެ ވާހަކަ" ނަރީޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެންތޭ

  2. ކުށްބަސް ގިނައީ

  3. މިހާރު އެކަން އީއަދަ ކުރެވުނީ ނޫންތަ.. ގަމާރާ