މާރާމާރީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހަތަރު މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވީޑިއޯއެއް އާންމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ ވީޑިއޯ އިން ފެންނަ ފަރާތްތަކަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ފަރާތްތަކެއް ކަމަށެވެ.

ނަމަވެސް ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މަރާމާރީގެ މައްސަލަ އާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުންގެ ވެބްސައިޓްގައި ދެއްވާފައެއް ނުވެއެވެ.

މިފަރާތްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.