ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް އެމްޑީޕީ އެކްޓިވިސްޓަކު ބުނުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އެމްޑީޕީގެ އެކްޓިވިސްޓަށް އަމާޒުވާން ފަށައިފިއެވެ.

އެމްޑީޕީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.

" ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ" ސޫންތަގެ ޓުވީޓުގައިވެއެވެ.

ސޫޒަން އިބްރާހިމްފުޅުގެ ޓްވީޓުގައި ވަކި މީހެއްގެ ނަން ނެތް ނަމަވެސް އޭނާ އެ ޓްވީޓް ކުރީ ދަގަނޑޭގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީއާ ދެ މީހުން ފެންނަ ފޮޓޯ އަކާ އެކުގައެވެ.

އެ ފޮޓޯ އިން ފެންނަނީ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންގެ ޝަކުވާއާ މެދު ލިޔެފައިވާ ލިޔުމެއްގެ ސްކްރީންޝޮޓްތަކެކެވެ.

ސޫޒަން އިބްރާހިމްފުޅުގެ އެ ވާހަކަތަކާ ގުޅިގެން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޢަނީ އޭނާގެ ފޭސްބުކްގައި އެކަމަށް ވަރަަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވާނެ މީހަކު ނެތީތޯވެސް އޭނާ ސުވާލު އުފެއްދިއެވެ. ތަރައްގީއަކީ ޒުވާން މުޖުތަމައު ހަލާކުގެ މަގަށް އެއްލާލާފައި ވެވޭ އެއްޗެެއްތޯ ސުވާލު އުފައްދާ އޭނާ ބުނީ މިހާރު އެއްޗެއް ނުބުނެ ތިބެވޭ ވަރަށް ވުރެ މައްޗަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"މިއީ މުސްލިމް މުޖުތަމައު އެއް؟ އެންމެ ރަނގަޅު މީހާ އަށް ނުވެވުނަސް މިއީ ދެން ބޮޑުވަރު،" އައްސަދު ބުންޏެވެ.

އަޝްފާގް އަދި އަކްރަމް އާ ދެ މީހުންނަކީ ވެސް އާއްމުންގެ ލޯތްބާއި އިޚުތިރާމް ލިބިފައިވާ ބަޔަކަށް ވާ އިރު، ސޫޒަންގެ އެ ވާހަކަތަކަށް އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެތައް ބަޔަކު ވަނީ އެއްވެސް ހެއްކެއް ނެތި އެފަދަ ބޮޑު ތުހުމަތެއް ކުރުމުން ސޫޒަން އިބްރާހިމްފުޅާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ބައެއް މީހުން ވަނީ އަޝްފާގާއި އަކްރަމް ހޯދަދިން ރީތި ނަން ހަނދާން ނެތުނީތޯ ސުވާލު އުފައްދައިފައެވެ.

އަދި ގިނަ ބަޔަކު ވަނީ އެފަދަ އިލްޒާމެއް އެޅުނީ އަކްރަމް އާއި ދަަގަނޑޭ އާއި ދެ މީހުންނަކީ ވެސް ތުނބުޅި ދިގުކޮށްފައި ތިބި މީހުން ކަމަށް ވުމުން ކަމަށް ބުނެ، އިސްލާމީ ރިވެތި އުސޫލާއި އެއްގޮތަށް އުޅުމަކީ ހަރުކަށި ފިކުރުގެ މީހުންނަށްވުންކަމަށް ދޭހަވާގޮތަށް އެ ޓްވީޓުގައި ވާހަކަދައްކާފައިވާތީ އެކަމަށް ވެސް ފާޑުކިޔުން އަމާޒުކޮށްފައެވެ. ބައެއްމީހުން ވަނީ އެއީ ނަފްރަތު އުފައްދަން ދައްކާ ވާހަކަ ކަމަށް ބުނެ، އެ މައްސަލަ ބަލަން ފުލުހުންނަށް ގޮވާލައިފައެވެ. އަދި ދީނީ އިލްމުވެރިންވެސް ވަނީ ސޫޒަން އިބްރާހިމްފުޅުގެ އެ ވާހަކަތަކަށް ރައްދު ދީފައެވެ.

އެގޮތުން ޝޭހް އާދަމް ނިޝާން ވިދާޅުވީ އެއީ ލާދީނީ މީހުން ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް އަރާ ރުޅި އާއި ކުރާ ނަފްރަތުކުރުން ކަމަށެވެ.

ސޫޒަން އިބްރާހިމްފުޅަކީ ކުރީގެ ނޫސްވެރިޔެކެވެ. އަދި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަމުގެ ގޮނޑިއަށް އިންތިހާބުކުރުމަށް ހިންގި ކެމްޕޭނުގެ ޕީއާރުކަން އޭނާ ވަނީ ކޮށްފައެވެ. އޭނާ އަކީ މިވަގުތު އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރުވެސް މެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސުގެ ޕްރޮޖެކްޓް ޑިރެކްޓަރެއްގެ ގޮތުގައި ސަރުކާރުގައި އޭނާ މަސައްކަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. މޫސަ

  ލާދީނީ މީހުންނަށް އިސްލާމީ ރީތި އުޞޫލުތައް ކަމަކު ނުދާނެ. އެމްޑީޕީގެ އިސްސަފުން އަބަދުވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާކަން އެއީ ހަޤީގަތެއް. އެމްޑީޕީއަކީ ލާދީނީ ޖަމާއަތެކޭ ބުނުމުން ބަޔަކު ކިތައްމެ ރުޅިއަޔަސް އެ އީ ހަމަ ލާދީނީ ޖަމާ އަތެއް

  125
  5
  • ބީބޭ

   މީނާ ވަޒީފާއެއްގައި ހުރިއްޔާ ވަކިކުރަންޖެހޭނެ. ގައުމީ ބަޠަލުންނާ މެދު ހިތުހުރިހައި ވާހަކައެއް ދައްކާކަށް ދޫކޮށްލައިގެން ނުވާނެ. ފުޓްބޯޅަ ކޮމިއުނިޓީން މީނާ ވަޒީފާއިން ވަކިކުރަން އިސްނަގަންޖެހިއްޖެ.

   41
   • ލައިބުރަރީ

    މަޚްލޫފަށްލިބުނުމޮޅަކުން މަޚްލޫފު ހާއްޕު

 2. މަހުދީ

  ކީއްކުރާނީ، ސޫޒަނާ ބެހުނީއެއްވެސްނޫން ދަނގަޑޭ. މިމީހުންބޭނުންވާގޮތަށް ނުތިބެންޏާ އެއީ ޖިހާދު. ނޭގޭވާހަކަނުދައްކާ ސޫޒަން. ރަނގަޅުވާނީ އިނގޭކަންކަމަށް ވާހަކަދެއްކުން.

  100
  2
 3. ޜަފޯޑް

  އިސްލާމީ ރިވެތި އުސޫލާއި ސުލޫކު ހުންނަ މީހުން މިފަދަ ކޮށި ޔަހޫދީ ވިސްނުން ހުންނަ މީހުންނަށް ބަލައެއް ނުގަނެވޭނެ. ޢަންހެނުންނަށްވެސް ހުތުރު. ޖާހިލިއްޔަތު ހައްދުފަހަނަ އަޅާ ގޮތެއް ފޮތެއް ނެތީމަ ވާނީ މިހެއް. މި ބިން ޔަހޫދީ ބާތިލް މުޑުދާރު އަމަލުތަކުން ތަރައްގީ ކުރުމުގެ ނިޔަތުގައި އައިސްތިބި ބައިގަނޑެއް މީ. ދަނގަޑޭއަކީ ގައުމީވަންތަ ގައުމީ މީހެއް. ޑަކައިތު އަންހެނުން ކައުންޓު ކުރާނީ ީީީީ ތިޔަ ބައިގަޑުންt

  79
  1
 4. ާއެލެކްސް

  މިލާދީނީ ބަލާވެރިކަމުން މިގަމު ސަލާމަތްކުރައްވާށި.

  105
  5
 5. ކޮވިޑް

  އެންމެ ފަހުން ފުޓްބޯޅަ އަށްވެސް ގެޅިގަތީ ދޯ؟ ކިހާބޮޑު ކަމެއްދޯ މަޤުބޫލް ކަން ގެއްލުނީމަ ކުރާނެ ކަންތަކާ ނުކުރާނެ ކަންތައްވެސް ނޭންގޭ ހިސާބަށް ދިއުމަކީ ދެރަކަމެއް.އަޝްފާގް އާއި އަކްރަމް އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދެ ޒުވާނުން އެ މީހުން މަޑުމަޑުން ރީތި ގޮތުގައި ތިބީމަ ކަމުނުދިޔައީދޯ؟

  95
  1
 6. ކަސް

  މިފަދަކަސްބީން ދައްކާވާހަކައާއި މެދު ނުވިސްނާ މިފަދަ ވާހަކަތަކީ ވަކިމީހަކު ބުނެގެން ފަތުރާ ވާހަކަ އެމީހަކު ބޭނުން މަގްސަދު ހާސލްކުރަން

  87
  1
 7. އައިޝާ

  ދެން ސިޑިބަރީގަ އިންނަން ނުދިޔާމަނިމުނީނު. ކަލޭ އުޅޭގޮތަކަށް އުޅުނީމާ އެނިމުނީ އެއ އްނު ކޮންމެހެން އެހެންމީހުން ދީނުގަ އި އަންގަވާފަ އޮތް ގޮތަށް އުޅޭތީ ކޮންވަރެ އްތަ ތި އަރަނީ.މާރަނގަޅުވާނެ މީހުންނާ ކިޔުން ހު އްޓާފަ ލޯގަނޑުން އަމި އްލަ ސޫރަބަލާލީމާ

  74
  2
 8. ސަމީ

  ކޮބާ މައްސަލަ އަކީ ޖިހާދަކީ ވަރަށް މާތް ކަމެއް ތިޔަކަލަ ގޮތެއް ފޮތެއް ނެތިގެން އުޅޭބަޔަކަށް ޖިހާދަކީ ކިހާވަރެއްކެ ކަމެއް ކަމެއް ނޭންގޭނެ، އެމްޑީޕީ ގެ ގިނަމީހުންނަކީ މިފަދަ ބައެއް އަދި ލަދު ކުޑަ ޖާހިލު ބައެއް

  85
  6
 9. ޟުހައްމަދު

  މިގައުމުގަ ހައްދުފަހަނަ އަޅާފަތިބި ލާދީ މީހުނުގެ ކިބައިން ސަލާމަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް.

  91
  3
 10. އ މ ރ ބ

  މި ބުނީއެއްނޫންހޭ ތިޔަ އެމް ޑީ ޕީ އަކީ މިގައުމަށް ޖެހިފައިވާ ބޮޑުމުސީބާތެއް، މި ކޮވިޑަށްވުރެ މާ ސީރިއަސް ވައިރަސްއެއް އެމް ޑީ ޕީ އެއީ، ސައްތައިން ސައްތަ މި އިސްލާމީ ޤައުމު މިހާރު މިވަނީ ކުރިސްޓިއަން އަވަށަކަށް ހަދާފާ ތިޔަ އެމް ޑީ ޕީ ގެބާރުން،

  77
  5
 11. ތެރޯ

  ހަމަރަނގަޅަށްމިބުނީ މިމީހުންނާ ވައިއެޅޭމީހަކައްވެސް ދެންވޯޓެއްނުދޭނަން. ޔާމީންހަމަ ހަބޭސް. ދެން ވޯޓުދޭނީ ޔާނުއަށް

  77
  6
 12. މހމމ

  ލާފިންމައިއޭސްއޮފް! އަވަހޭ ޕުރޮފައިލް ލޮކް ކޮއްލިލެ.. ކަވަޑް! އަދިވެސް މީހުންނާ ބެހެވޭތޯ ބަލާތި. އީކުވާލިޓީއޭ ކީމަ މީހުން ތިބައިމީހުން ސީރިއަސްކޮށް ނުނަގަނީ ތިޔަހެން ވެގެން. ހިޕޮކްރެޓްސް!

  45
  1
 13. ވަހުތާނު އަހުމަދު

  ދެންއެދެމީހުންގެޕާސްޕޯޓުހިފަހައްޓާ !!

  43
  1
 14. Anonymous

  ތުނބުޅިދެކެވާ ނަފުރަތު އެހެން އެެއްކަމެެއްވެސްނޫން

  69
  1
 15. ރަދީފް

  ސޫޒަން ކަލޭތި މާރީތި މީހެއްތަ؟؟ ހީވާ ގޮތެއް ދޯ.މަހަށް ދޭބަލަ.

  36
  4
 16. ކޮރަލް

  ހަގީގަތް އެނގޭނީ ސޫޒަން ގެ ފަތި ފުއް ބަލާލީމަ އެވެ. ދީނާ ރައްޓެހި ވަރެއްވެސް އެނގިދާނެ އެވެ.

  36
  1
 17. ރަދީފް

  އަހަރުމެން ގޭގެ ބަދިގޭގަ ހުރިހާ މީހުން ކައިގެން އަތް ފޮހެން އޮންނަ ތުވާލިކޮޅުގެ އަގުވެސް މިއަަށްވުރެ އަގު މަތިވާނެ.އިފް ޔޫ ނޯ ވަޓް އައި މީން.ވ.ވެދުން

  39
 18. މުބީނު މާރނީ

  ރޯޔަލް ފެމިލީ އަށް ދަނގަޑޭ އަށް އޮޓޯ އިން ތިޔަ ވަދެވުނީ. ރޯޔަލް ކިނބޫ އަށް ބޮޑުބޭބެ ކިޔާ މީހެއް ސޫޒަން އަކީ. ތިވީ ގޮތުން ދެން ދަނގަޑޭ އަށް ކިޔަން ވާނީ "ހިސް ރޯޔަލް ހައިނަސް ޑިއުކް އޮފް ހިންނަވަރު".

  18
  2
 19. ރޯދަ މުބާރިކް

  ފުލުފުލުން ފުޅުތައް ދިވެހިން ޓެސްޓު ކު ރަނީ ..!! އަޝްފާގު އަދި އަކު ރަމް ފުޓްބޯޅަވެސް ކުޅޭނެ، ތުނބުޅިވެސް ހުންނާނެ، އައު ރަ ނިވާ ވާ ގޮތަށް ޖާޒީވެސްލާނެ..، ދިވެހި ދިދަ ޖެހި ގައުމީ ޖާޒީވެސްލާނެ...!! ފުޅުމެން ކަމެއްކޮށްލަބަލަ، ތިހާ މޮޅިއްޔާ..!!

  43
  1
 20. ،😡

  މީ ވަރަށް ގޮތެއް ފޮތެއްނެތް ހަޔާތް ކުޑަ ލަދުކުޑަ ޖާހިލު ލާދީނީ އަންހެނެއް. މީނަމިތައްޔާރުވަނީ ނަރަކައަށްދާން.

  38
  1
 21. ibrahim

  konmethanaka politic vedimatha habaraka vani kon mdp, ppm eh

  6
  7
 22. ހުސޭނުބޭ

  ލަދުޔަޔާތްކުޑަ އަންހެނެއް! ތީ ހަމަ އެމްޑީޕީގެ ވައްތަރު! ލާދީނީ ވާނެ!

  24
  1
 23. ހަޑިގިއްލާ

  މިމީހުން ފެންވަރުވަންވެސް ބަޔަކު ނިކުންނަން ވެއްޖެ

  24
 24. ސޒނ

  މި ސޒނ އަކީ މިގައުމުގެ ހަރުކަށި އަދިރި ދައުލަތުގެ މެމްބަރެއްވީމަ މިކަހަލަ ވާހަކަ ދެކެވޭނެ. ލާދީނީއޭ މީހުންގޮވަނީ ކަލޭމެންގެ އަމަލުތައް އެމަގައްހުންނާތީ. މިގައުމުގަ އެހެންމީހުންވެސް އުޅޭ އެކަމަކު ނުގޮވާ އެމީހުންނާދިމާލަކައް ލާދީނީއޭ.

  11
  1
 25. މުހައްމަދު

  މި ކަނބުލޭގެއަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

  12
  2
 26. އަސްފާ

  އެކަމަކު ތިޔަ ސޫޒަން މަ ރުވީމަ ސަ ރުކާ ރުން އޭނާ ވެސް ވަޅުލާނީ ރަސްމީ އިއްޒަތުގައި

  13
 27. ހާދީ

  ސޫންތަ ފުރަތަމަ ކުރަންވީކަމަކީ ދަނޑި ސައިބޯނި ލައިގެން ފެންވަރަންވީ.

  17
  1
 28. ހަފީޒާ

  މިއީ ހަމަ އެއްކަލަ އެމްޑީއެންގެ ފެންނުވަރާ އުޅޭ ގުރޫޕު.

  21
  1
 29. އަޒިނާ

  ކަލެޔައް ރަނގަޅުވާނީ އެއްޖިންސުން ގުޅުން ހިންގާމީހުން ނޫންތޯ.؟

  17
  2
 30. އުންމީދު ކުރަން

  ސޫ އިބްރާހިންފުޅަށް ދާދި އަވަހަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.

  2
  1
 31. އަޙްމަދް

  ސީޔާސީ ޖާހީލުންގެ އަތްމައްޗައް ޤައުމެއްގެ ލަގަން ދޫކޮއްލެވުނީމާ ނުއްކާނެހިތި ނަތީޖާއަކީ މީއީއެވެ.
  ‏‎މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
  ‏‎ހަމަކަށަވަރުންވަރުންވެސް މިބައިމީހުނަކީ އިސްލާޙްކުރުމުގެ ނަމުގައި ފަސާދަކުރާމީހިންނެވެ.
  މިބައިމީހުން ހިތްތަކަށް ހަމަޖެހުން ގެސްދިނުން ވާކަން ކަށަވަރީ ބަދަލަށް ބަދަލު ހިފުމާއި އެކިގޮތްގޮތުން އަނިޔާވެރިވުމެވެ.
  ‏‎ތިންކަމަކުން މިބައިމީހުނަކީ މަޝްހޫރުބައެކެވެ.
  ‏‎އެއީ ބަސްބުނުމުގައި ދޮގުހެދުމާއި
  ‏‎އަމާނަތަށް ހިޔާނާތްތެރިވުމާއި
  ‏‎ވަޢުދާއި ޚިލާފުވުމުގައެވެ.

  3
  1
 32. ޅަބޭ

  މިކަހަލަ ޖަގަޅާތަކުގެ ތެރެއިންވެސް އިބޫ ސޯލިހުގެ ކަމެއްނުވާ ސަރުކާރު ވެއްޓިއްޖެޔާ ރަގަޅު. މައްސަލައަކީ ރައްޔިތުން އަދިވެސް މާ ބޯދާވެފަ ބޯގަޅީ.

 33. ނޫސް

  މީ ހައިރާން ވާ ވަރުކަމެއް؟ މަޖިލީހުގެ ރައީސްއަކަށް ހޮވާފައި އެހުރީ "ކިންގް" އޮފް އިސްލާމަފޯބިއާ! ދިވެއްސަކަށް ވީތީ ލަދުގަނޭ. މި ނޫނިއްޔާ ނޫޅޭނެ ދީނަށް ފުރައްސާރަކޮށްގެން މަތީ މަގާމުތަކަށް އޮޓަމެޓިކުން ހޮވޭ އިސްލާމީ ގައުމެއް!

  4
  1
 34. ހެހެ

  ދަގަނޑޭ އެއީ ދެން ކާކުތަ އަޅެ. އެކަމުވެސް ތުނބުޅިޔާ ބެހިގެން ނުވާނެ ދޯ.

 35. ދެން ތުނބުޅި

  ތުނބުޅިޔާ އަދި ބެހުނަަސް މީހަކު ލާދީނީ ވޭތަ. ދިވެހިން މީ ހުވާ ގަމާރު ގަނޑެއް. ހުސް ރޯނު އެދުރުން.

  3
  3
 36. ބޯހަލާކު

  ޒޫޒަން ދެެއްކިވާހަކައަށް ދާއިދުކުރަނީކީނޫން އެކަމަކުވެސް މިގައުމުގެ މިސްރާބު މިހުރިގޮތުން މިގައުމުގަ މީގެ ވިއްސަކަށް އަހަރުފަހުން ތުނބުޅިނުލާމީހާކުވެސް ހުރިއްޔާ އެމީހަކު ކަރުބުރިކުރާ ހިސާބަށް ދާނެކަމީ ކަށަވަރުކަމެއް ސޯސަލްމީޑިއާގެ ތަފާތުވަސީލަތް ބޭނުންކޮށްގެން މުޅިގައުމު މިދަނީ ބަޔަކު ހަލާކުކުރަމުން މިކަމުގެ ނަތީޖާ މުޖުތަމައުން މިފެންނަމުންދަނީ ވަރަށް ގިނަބަޔަކު މިދިވެހިރާޖޭގަވެސް ދީނަނަށް ނަފުރަތުކުރަންފަށައިފި ކުރިން ދީނާދެތެރޭގައި ދެކޭގޮތް ބަދަލުކޮށް ވިސްނަންވަފަށައިފި ދީނުގެ ކަންކަން މިސާލަކަށް ހިޖާމާޖެހުން ރުގުޔާކުރުން އިޖާބަ ކުރަށްވާ ދުއާތަށް ކަމަށް އައިސްފަހުންނަ ކަންކަން ތަފާސްހިސާބުން ވަރަށް ގިނަމީހުން ބަލަ ންފަށައިފި މީގެ ކުރިން ރާއްޖޭގެ ރައްޔަތުންނަކީ އުސްތާޒުން ދައްކާވާހަ ވަރަށް ރީތިކޮށް ގަބޫލުކޮށްގެން އުޅުނުބައެއް އުޅުނުތަނެއް މިހާރު އެމީހުންނަށް ނަފުރަތުކުރާމީހުން ވަރަށްގިނަވެއްޖެ

  2
  2
 37. މަކަރުވެރިން

  މި ލާދީނީ ބައިގަނޑު އެހެން މީހުންނާ ދިމާކޮށްލަންވީމާ ބުލީ ކު ރުމެއް ހެ ރޭސް ކު ރުމެއް ފް ރީޑަމްއެއް ނޯވެ ދޯ.

  މި ލާދީނީ ބައިގަނޑު ދޯ އެހެންވީމަ އަސްލު ހައްދުފަހަނައެޅި މީހުންނަކީ.

  3
  1
 38. ޅަބޭ

  ސޫޒަން ތިއިއްވައިދިނީ ދިވެހި އެތައް ބަޔެއްގެ ހިތުގެ ޝުއޫ ރު. ޝުކު ރިއްޔާ ސޫޒަން.!

  2
  3
 39. ޝޭމް އޮން ދެމް

  ގައުމަށް ކަމެއް ނުކޮއްދެވޭ ތާނގަ ކުރެވޭހާވެސް ކަމަކީ މީހުންގެ ޒާތީ ކަންކަމާއި ބެހުން. ފީލް ޕިޓީ ފޮ ދޯސް ޔެލޯ ޝިޓސް.

  5
  1
 40. ސޫ

  މީނައަށް ކޮންކަމެއްތަ އަޝްފާގް ކޮންމެކަމެއްކުރިޔަސް، ފަހުޒަމާނަށް އައިސް އިސްލާމްދީނާ ދެކޮޅު ބައިގަނޑެއް އަންނާނެ ވާހަކައޮވެއެއްނު، އެބައިގަނޑު ފާޅުވެގެން މިއުޅެނި.

 41. އެޖެންޑާ2021

  މީނަފެންނައިރަށްވެސް އެގޭނެ އެއީ އިސްލާމުންނާ
  ވަރަށްނުރުހޭ މީހެއްކަން. ލަނޑާއާވާނީ ލަނޑައާ.

 42. ނަޖްވާ

  ދަނގަޑޭ މެންނަކީ ފުޓްބޯޅަ ކުޅެން އެނގުނެއް ކަމަކު މާކަ ބޮޑު އެއްޗެއް ކިޔަވައިގެން ތިބި ބަޔެއް ނޫން! އެހެންވީމަ، ދީނީ ތާޖު މަހައިގެން ތިބޭ ބަޔަކަށް ވަރަށް ފަސޭހަވާނެ ބޯ ކާލަން!