އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މައްޗަށް ގާނޫނު ނުހިނގާހެން ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދަ މޭރުމަކުން ވިދާޅުވީ، އިއްޔެ މާލެ މަގުމަތީގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއިން އިންތިޒާމުކޮށްގެން މުޒާހަރާ ކުރުމާ ގުޅިގެން އެ އިންތިޒާމު ކުރި ޕާޓީއަކުން ނުވަތަ ޕާޓީތަކުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް ސިޔާސީ ޕާޓީތަކުން ވެސް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ޝަރީފް އެހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ޕީޕީއެމްއާއި ޕީއެންސީއިން އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވާފައިވެއެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޒާމުކޮށްގެން ގާނޫނާ ޚިލާފަށް އެ މުޒާހަރާގެ ހަރަކާތްތައް ހިންގަނީ ކޮން ބައެއް ކަން އެ ވީޑިއޯއިން ވެސް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. ބަލިމަޑުކަމުގެ ހާލަތެއްގައި ތިއްބައި އެފަދަ އަމަލުތައް ހިންގާ މީހުނަށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ވަކި ބަޔަކަށް ގާނޫނު ނުހިނގާހެން ހީވާ ކަހަލަ،" ނިހާދު ލިޔުއްވާފައިވެއެވެ.

ނިހާދު މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ޕީޕީއެމްއާއި ޕީއެންސީއިން ބޭއްވި މުޒާހަރާތަކެއްގައި މާސްކް އެޅުމާއި ގައިދުރުވުމުގެ ހަމަތަކަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އީސީއިން އެއިން ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި ލީޑާޝިޕްގެ ތިއްބެވި ބައެއް ބޭފުޅުން ވެސް ޖޫރިމަނާ ކޮށްފައިވެއެވެ. ފުލުހުން ކުރި އެ ޖޫރިމަނާގައި އެއިން ކޮންމެ ބޭފުޅަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން، "ސީދާ ހަރަކާތަށް" ނުކުންނަން ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކޮށް އޭގެ ފަހުން ކޮންމެ ދުވަހަކު ހެން ދަނީ މާލެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ.

ޕީޕީއެމްއާއި ޕީއެންސީއިން އިއްޔެ މުޒާހަރާ ކޮށްފައިވަނީ "މަގޭ ފްލެޓް ކޮބައި؟" ގެ ނަމުގައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7000 އެއްހާ ފްލެޓް ލިބޭނެ މީހުން އެ ސަރުކާރުން ކަނޑައެޅީ އިންސާފުން ބޭރުން ކަމަށް ބުނެ މި ސަރުކާރުގައި އެ ލިސްޓު އަލުން މުރާޖައާކޮށް ކުރިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި އެތައް ބަޔަކަށް ފްލެޓް ނުލިބޭ ކަމަށް ކަނޑައަޅައި، އެހެން ބަޔަކު ލިސްޓަށް ގެނެސްފައިވެއެވެ. ލިސްޓުން އުނި ކުރި ވަރަށް ގިނަ މީހުންނަކީ ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ މީހުނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    ޤާނޫން ހިންގާ މީހުންނާ ޤާނޫން ނުހިންގާ މީހުން އެބަފެނޭނު ނިހާދު އަށް.މޮޅުވާހަކަ ތި ދައްކަނީ.

    14
    1
  2. ޙހހހ

    ޤާނޫނު ނުހިނގާމީހުންނަށް ޖި އްސީފުރަ އްސާރަ ފުރީވަނީ ، ޤާނޫނު ނުހިނގާ މީހުން ހާ އްސަ ހު އްދާގަ އި ކަރަންޓީނު ނުވެ ރަށްރަށަށް ބަލި ގެންދަނީ ، ޤާނޫނު ނުހިނގާ މީހުން މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރަނީ ، އެހެން ވީމަ ބޭފުޅާގެ ހިތްވަރެ އް ހުރިނަމަ މީ ކޮންބަ އެ އްތޯ ، ކޮންޕާޓީ އެއ އްގެ ބަ އެ އްތޯ ބަލާބަލަ

    16
    1
  3. އ މ ރ ބ

    އަހަރުން މި ނިންމީ ޝަރީފުވެސް ޖޫރިމަނާކުރަން، ދައްކާ ސަރުކާރަށް ޖޫރިމަނާފައިސާ

    12
    2
  4. ޖަނާޒާ

    ކަލޯ ! ނިހާދޫ ބިރުގަތީ ކޮންކަމަކާތަ؟ ؟ ކޮބާ ޑި---މޮކްރަސީ

    9
    2
  5. ހަސަން.

    ބިރުން ތެޅިފޮޅޭނެ ކަމެއް ނެތް. ގާނޫނުގެ ވާހަކަ ދައްކާއިރު އައިރު ގާނޫނީ ހުކުމެއް ކޮށް މިޕާޓީގެ ރައީސް ޖަލުގައި ބާއްވާފއި އޮތް ހާދުވަހަކު އަހަރެމެން ގޭގައި ބައިތިއްބައިގެން ކަލޭމެން ނަށް ބޮޑާ ކަމާއި ކިބުރުވެރިކަމުގައި އުޅެވިދާނެ ކަމަށް ހީނުކުރާތި. މިހާރު މަޑުމަޑުން މިހަރަކާތް މިދަނީ ފުޅާވަމުން މީހުންގިަނަ ވަމުމުން. ކަލޯމެންގެ ނަސީބެއް މީ މިދުވަސްކޮޅު ތިޔަ ބުނާ ކޮވިޑެއް އޮތެތީ. ނޫންނަމަ އަހަރެމެންގެ އަޑު މިޙާރު ޖުމްހޫރީމައިދާނާއި ހިސާބަށް ފޯރަފާނެެ. މި ނިހާދު އަންނަ ފަސް އަހަރަށް ފޭދޫމީހުން ނެތްނުހޮވާނެ. އަނބުރާ ޖާބިރު ކާރިއަށް ވަޒީފާ އަށް ކަލޯ ދާންޖެހެނީ.

  6. މުފީދު

    އަދުލުވެރި ވެރިކަމެއްތަ މިހިންގަނީ؟ ކަނޑައެޅިގެން ﷲގެ ހުކުމްފުޅުތަކަށް ގޮންޖަހާ ލާދީނީ ބައިގަނޑެއްގެ މައްޗަށް އެކުލެވިގެންވާ ސަރުކާރަކުން ކުރާ ލާދީނީ ހުމުމްތަކަށް ތަބާވާން ޖެހޭސަބަބެއްނެތް.

  7. ައަހުމަދު

    ކޮންމެ ޕާޓީއެއްވިޔަސް މިކަހަލަ ނުރައްކާތެރި ބަލަމަޑުކަމެއް ފެތުރިގެން ދާއިރު ތިގޮތަށް މުޒާހަރާކުރީމަ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ، އެނޫނީ މީގެގެއްލުން ވާނީ ދެންތިބި މީހުންނަށްމާދަމާވެސް ކަމެއްދިމަވެއްޖެއްޔާ ތި ޕާތީތަކުން ޒިއްމައެއްނުނަގާނެ އެދިމާވިމީހައަށް ހުރިހާ ގެއްލުމެއް ވާނީ.

  8. ރަދީފް

    މަޖްލިހުގަ އިން އެންމެ ހަޔާތްކުޑަ މީހާ.ވ.ވެދުން

  9. ރައީސް އަންނި

    އަސްލުވެސް މީ ކާކުތަ؟ ކީއްކުރަންތަ މީނަ ދައްކާ ވާހަކަ މީޑިއާ އަށް އަރުވަނީ

  10. ވެރިން

    ކަލޯ ދެން ތި ގޮނޑިއަށް ކު ތިމަތި ނުލާތި ވޯޓުންކަލެޔަށް ދައްކަނަން ގާނޫނު ހިނގަނީ ކޮންބައެއްގެ މައްޗަށްކަން

  11. ނިހާދު

    ކަލޯ އަކީ އަކުރު ނުދަންނަ މީހެއްކަމުން ޔާމީން އާއި އިލްމީ ގޮތުން ވެސް ޝުހުރަތުގެ ގޮތުންވެަސް ޢަރާ ހަމަ ނުކުރެވޭނެ !! މާދަމާ ކަލެއަށްވެސް ގާނުން ހަދާ މަޖިލިހުން ދާން ޖެހިދާނެ!! ޢެއި މި ދުނިޔެއަކީ ތޮށަލި ދުޅައަށް ހިނގާ ތަނެއް!!އެކަން ކަލޯގެ ސިކުންޑި ހުރެއްޖީއްޔާ ގަބޫލް ކުރޭ!!

  12. އަދުލުވެރިޔާ

    ބަލަ ގާނޫނު ނުހިގާމީހުން އެބައެނގޭބާ ޙުދު ތިޔަޕާޓީގަ ކިތައް ބޭފުޅުން ތޯ ތިބީ އެބުނާ އެމްއެމްޕީއާރސީގެ ޙިޔާނާތުގަ ބައިވެރިވެފަތޯ ކިތައްމީޔުންތޯ މިހާތަނައް ޙިޔާނާތުގެ ތުހުމަތު ކުރެވިފައިވަނީ ޙުދުތިމާމީޙާގެ ފުރަގަސް ނުފެންނާތީ ހިތުހުރި އެއްޗެއް ކިޔަނީ