އެއްވެސް ރައްޔިތަކީ ގެދޮރުވެރިކަމުން މަހްރޫމް ކުރެވިގެން ވާނެ ބައެއް ނޫން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އާސްކް މުއިއްޒު" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މުއިއްޒު ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެ ނަމަ މަސައްކަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ގެދޮރުވެރިކަމުން މަހްރޫމް ނުވާނެ ގޮތަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހި ކަމަކީ އަސާސީ ހައްގެއް ކަމަށާއި އެކަން އަދުލުރުވެރިކަމާއެކު ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ވެސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރެއްވި ހަތް އަހަރު ދުވަހުގެ މުއްދަތުގައި ވެސް "އަދުލުވެރިވާނެ" ކަން ރައްޔިތުންނަށް ދައްކައިދީފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައި ވާނީ ވެސް ވީހާ ވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ގެނެސްދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެކަން އަންގައިދިނުމުގެ ގޮތުން މުއިއްޒު އެންމެ ފުރަތަމަ ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި މިނިސްޓަރު ކަމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުމާލޭގައި ކުރިއަށް ދާން ފަށާފައިވާ 1،000 ހައުސިން ޔުނިޓްގެ މަސައްކަތާއި 200 ގޯތި ދޫކުރުމުގެ މަސައްކަތް އޭނާ "އަދުލުވެރިކަމާއެކު" ކުރެއްވި ކަމެވެ.

"ހުޅުމާލޭގައި އެޅި ބޮޑެތި ހައުސިން ޔުނިޓްތައް ވެސް މިނިސްޓަރު ކަމާ ހަވާލުވިއިރު ހުރީ ނުފެށި، އެއީ 1،000 ހައުސިން ޔުނިޓް، އަދި 200 އެއްހާ ގޯތި ހުޅުމާލެއިން ދޫކުރަން ނިންމައި އެ ކަން ވެސް ނުކޮށް އޮތީ، އަޅުގަނޑު މިނިސްޓަރު ކަމާ ހަވާލުވެ މި ދެ މަސައްކަތް ކުރީ، ވެސް ދޫކުރިން، އޭރު ސަރުކާރު ބަދަލުވެގެން އަޅުގަނޑުމެން އޭގެ އުސޫލުތަކެއް ބަދަލެއް ނުކުރަން، މި ސަރުކާރުން މިހާރު އެ ކަންތައް ކުރާ ގޮތަކަށް ނުކުރަން،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ 7،000 އެއްހާ ފްލެޓް ލިބޭނެ ރައްޔިތުން ކަނޑައެޅީ އިންސާފުން ބޭރުން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ ލިސްޓު މުރާޖާ ކޮށްފައިވަނީ އިންސާފުގެ އެއްވެސް ހަމައެއް ނެތި ކަމަށާއި އަދި އެއްވެސް ހާލަތެއްގައި ދިފާއުގައި ވާހަކަ ދެކެވޭނެ ނުކުތާއެއް ވެސް ނުދެއްކޭނެ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއީ މާ ކުރިން ކަނޑައެޅިފައި އޮތް އުސޫލެއްގެ ތެރެއިން އެ އުސޫލުތަކަށް އެއްބަސްވެ ރައްޔިތުންތަކެއް ފްލެޓަށް ކުރިމަތިލައިގެން އެ އުސޫލުގެ ތެރެއިން ފްލެޓް ދޫކޮށްފައިވަނިކޮށް އާ އުސޫލެއް މާ ފަހުން ކަނޑައަޅައިގެން އެ ފްލެޓްތައް އަތުލެވޭނެ ހަމަ އެއްވެސް ހަމައެއް އޮވެގެން ނުވާނެ." މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމަށް ފަހު އިދިކޮޅު ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް ފަހު މުއިއްޒުއާ އަމާޒު ކުރާ އެންމެ ބޮޑު ތުހުމަތަށް ޖަވާބުދާރީވުމަށް އޭނާ ގެންދެވީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. މިހާރު ވަނީ މިދިޔަ ދެ އަހަރު ދުވަހު ކުރެއްވި މަސައްކަތުން އޭރު ފްލެޓް ދޫކުރި ލިސްޓުގައި ތިބި ރައްޔިތުން ދަފްތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތައް ވެސް ހޯއްދަވާފައެވެ.

މުއިއްޒު ވިދާޅުވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 3،000 އެއްހާ މީހުންނަކީ އެމްޑީޕީގެ ދަފްތަރުގައި އޮތް މީހުނަށްވާއިރު ޕީޕީއެމްގެ ދަފްތަރުގައި ތިބީ ގާތްގަނޑަކަށް 1،900 އެއްހާ މީހުން ކަމަށެވެ. ޕީޕީއެމްގެ ބަޔަކަށް ދޭން ހިންގި މަޝްރޫއެއް ނަމަ، އޭގައި ގިނަވާން ވާނީ ޕީޕީއެމްގެ މެންބަރުންކަން ފާހަަގަކުރައްވާ އެކަން އެގޮތަށް ނުވުމަކީ ވެސް އޭރު އަދުލުވެރިކަމާއެކުގައި އެކަން ކޮށްދެއްވި ކަމުގެ ހެއްކެއް ކަމުގައި މުއިއްޒު ގަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަންމަޑޭ

    ނުވާނެ ކުރިންވެސް އޮތީ ނުވެފައި މިހާރުވެސް ނުވާނެ ކުރިން މާލެ ،ހުޅުމާލެ ފުލެޓް ތައް ބަހާލި މުއިޒް ހިތަކަށް ނާރާތަ ތިމަންނަ ފުލެޓް ބެހި ގޮތް ހެޔޮނުވާނެ ތީނާ ކާރި ކުރަން

    15
    4
  2. އަލިބެ

    ހަމަ ރައްޔިތުންނަށް އޮޅުވާލަން ވެގެން ދައްކާ ހުސް ދޮގު ވާހަކަ ބޮޑެތި ޖަރީމާ ހިންގާފަ ހުރި ޣައްދާރެއް ތީ ރައްޔިތުން ވަރަށް ވިސްނާތި..

    13
    4
  3. ނަން

    މަގާމު ލިބުމާއެކު އަދުލު އިންސާފް އަކީ އޮންނަ އެއްޗަކަށް ނުވޭ. ކުރިން ހިތަކަށް އާރާ ބާރުގަ އުޅުނު އިރު ކަންތައް ކުރިގޮތް އަދި ހަދާން ނެތޭހާ ދުވަހެއް ނުވޭ....

    12
    3
  4. ބަދަންއަލީ

    އެހެންވެގެންދޯ މިނިސްޓަރުގެ ލިސްޓާ މެޑަމް ފާތުމަގެ ލިސްޓު ހަދައިގެން ފްލެޓްތައްބެހީ

    16
    3
  5. ދިއްދޫ ފުތޫރު

    ވާސަރީ، ތިބޭފުޅާގެ އަދުލުވެރިކަމުންތާ ހއ ދިއްދޫގެ 140 ފުލެޓް ޕާޓީކުދިންނާ ޕާޓީކުދިންގެ އާއިލާތަކަށް ބަހާލީ، ދެމަފިރިންނަށްވެސް ފުލެޓްދިނީ އަދުލްވެރިކަމުންތޯ؟ ބާކީހުރި 110 ފުލެޓްވެސް ވެރިކަން ނިމުމުގެ ކުރިން ޕާޓީކުދިންނަށް ބަހާލީ ކައުންސިލުން ހުރިހާކަމެއް ނިންމާ ޕޮއިންޓްދީފަވަނިކޮށް ތިބޭފުޅާގެ މިނިސްޓުރީއަށް ފޯމްތައްގެންގޮސް އެގޮތްމިގިތައް ހަދާ ޕާޓީކުދިންނަށް ޕޮއިންޓްއިތުރުކޮށް ފުލެޓްތައްބަހާލީ، މެޑަމް އޮފީހުން ގުޅާފަ ސަރުކާރު ކަމުދޭތޯއާ ޔާމީނަށް ތާއީދުކުރަންތޯ އަހާފަ ސަރުކާރު ކަމަކުނުދެޔޭ ޔާމީނަކަށް ތާއީދެއްނުކުރަމޭބުނި މީހުންގެ އަތުންފުލެޓްއަތުލީ އެމީހުންނަކީ އެންމެމަތިން ޕޮއިންޓްލިބުނުމީހުންނަށެވެހުރެ. އަދުލުވެރިކަން އެއީ ތިބޭފުޅާގެ ނެތްއެއްޗެއް

    13
    2
  6. އުސައިދު

    ޕީޕީއެމް ވެރިކަމުގައި ވެސް ފުލެޓް ދިނީ ދޭނެ މީހަކަށް ދެން މިހާރު އަމުދުން ކަލެއަށް ކުރެވޭނެ އެެއްވެސް ކަމެއް ނޯންނާނެ. ކޮންމެ ސަރުކާރެއް އަޔަސް އެބަޔަކު އެންމެ އިސްކަމެއްދެނީ އެމީހުންގެ މީހުންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް. އޭގައި ޔާމީނެކޭ އަންނިއެކޭ އިބޫ އެކޭ އެއްވެސް ތަފާތެއްނެތް..

  7. ކާފަގ

    700 ފްލެޓް ބަހާލި އިރު އަދުލުވެރިވިން ތަތަތަތަތަަތަތަތަތަތަ؟ ދެންވެސް ވާނީއެހެން!

    5
    1
  8. ޙައްވަ

    ފުލެޓަކީއެއްމެންގެ ހައްގެއްކަން އެގިހު ރެދޯ 40 އަ ހަ ރުންމަތީމީހުންބާކީކޮއްލީ

  9. އަލީ

    މުއިއްޒަކީ އިންސާފުން ފުލެޓު ދޭނެ މީހެއް ނޫން. ހެޔޮނުވާނެ މީނަ ހޮވާކަށް. މުއިއްޒުއަކީ މިރާއްޖޭގައި ހުރި އެންމެ ނުލަފާ އެއް މުޖުރިމު. ކުރިންވެސް މީހުނަށް ފުލެޓު ދިނީ ރިޝްވަތު ދިން މީހުންނަށް. ޔާމީނު އަދި ވެރިކަމަށް ހޮވުނަސް މުއިއްޒު ޖަލަށް ލާނެ. ޔާމީނު ނުހޮވުނީ ވެސް މީނަގެ ނުލަފާކަމުން.

  10. ޖުމައިނާ އަފީފު

    އަދުލުވެރިވާން ލިބުނު ފުރުސަތުގަ އަދުލުވެރިއެއް ނުވެވުނު.ދެން ކީކޭ މިކިޔަނީ؟އެއިރު ފުލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފަހުރި ރަށް ރަށުގަ ދިރިއުޅޭ މީހުންނަށްވެސް.އެކަމަކު އެއީ މާލޭގަ ދަތިހާލުގަ ދިރިއުޅޭ ނިކަމެތިންނަށް އެޅި ފުލެޓް ތަކަކޯ.އެކަމަކު ރަށް ރަށުގަ ދިރިއުޅޭ ޕާޓީ ކުދިންނަށް ދިރިމެޓާ ބަހާހެން ބަހާލީ..އެހެންވީމަ ދެން ފުރުސަތެއް ނުދެވޭނެ.މުޅިން އާމީހަކު ބޭނުމީ.ދެވަނަ ފުރުސަތެއް ނުދެވޭނެ ރައީސަކަށް މޭޔަރަކަސް.ރައްޔިތުންނަށް ތެދުވެރި ވަފާތެރި މީހަކާ އަދި ދިމަލެއް ނުވޭ.އެމީހަކު ދިމާވަންދެން މުޅިން އާމީހުންނަށް ވޯޓް ދޭނީ.މުއިއްޒު ހޯހޯ ވޯޓް ހޯދަން ނާންނާތި.