ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެ މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މިނިސްޓަރު އިމްރާންގެ އާއިލާ ބޭފުޅަކާ ކޮންޓެކްޓް ވެގެން އޭނާ ދިރިއުޅުއްވާ ގެކޮޅު މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެހެންވެ މި ދުވަސްވަރު މަސައްކަތް ކުރައްވަނީ ގޭގައި ހުންނަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ހަފްސީ ވިދާޅުވީ މިނިސްޓަރު އިމްރާން އަދި ކޮވިޑް-19 އަށް ފައްސިވެފައިވާ ނުވާ ކަމަށާއި ފައްސިވެފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު އިމްރާން ކޮވިޑް-19 އަށް ފައްސިވެފައި ނުވާ ކަމަށް އެ މިނިސްޓްރީއިން ހާމަކުރިއިރު، އޭނާ ދިރިއުޅުއްވާ ގެކޮޅު މޮނިޓަރިންއަށް ލުމުގެ ކުރިން އޭނާ ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޓަކައި އިންޑިއާއިން ތައްޔާރުކޮށް ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިން ވެސް ޖަހާފައެވެ. އެއީ އޮކްސްފޯޑް-އެސްޓްރަޒެނެކާ އިން ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައިކް

    ފަސިވިޔަސްނުބުނާނެ ތީ ދޮގުހެދުމާ އޮލުވަލުމުގެ ދެވަން އައްޕް

    10
  2. ފުވާދު

    އީމާންތެރިކަން ދަށް މީހެއްގެ ގޮތުގައި މުޖްތަމައުގެ ލޮލުން މީނާ ބަލައިގަންނަނީ.

  3. ރައްޔިތު

    ހެޔޮ ފައްސި ވިޔަސް ނައްސި ވިޔަސް. ގައިމު ތީ މިގައުމަށް ޖެހިފަ ހުރި އައްސިއެއް..!

  4. ޖަނާޒާ

    އެހެންތޯ؟ ނުވޭތޯ!