އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހެއްގެ ހާލު ދެރަވެ، ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާން ދޭން ފަށައިފިއެވެ.

އައްޑޫ އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވިދާޅުވީ މިހާރު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.

ބަލި ހާލަތު ގޯސްވުމުން ފެސިލިޓީގައި އެނދުމަތިކުރެވިގެން އޭނާއަށް ފަރުވާދޭން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ފެސިލިޓީގައި ތިންމީހަކަށް ފަރުވާ ދެވެމުންދާ ކަމަށްވެއެވެ.

އައްޑޫގައި މިހާރު ފެތުރެމުންދަނީ ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކޮވިޑް-19ގެ ވޭދަތަނެކެވެ.

އެ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންނާ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ. މިހާތަނަށް އައިއިރު، މި އިހާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައި ވެއެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ހުޅުދޫމީދޫން 26 މީހަކު ފައްސިވެފައި ވެއެވެ.

އެހެންކަމުން މުޅި އައްޑޫ ސިޓީގައި ކޮވިޑަށް ފައްސިވެފައިވާ 55 މީހަކު އެބަތިއްބެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ކޮބާތޯ މިއިހަލާ ގުޅުން ހުރި އައްޑޫއިން މާލެދިޔަ އެވިޢޭޝަންގެ ދެމުވައްޒަފުން!