ސިވިލް ސާވެންޓުންގެ ތެރެއިން ފްލެޓް ލިބުން ހައްގުކަން ބޮޑު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނޭނެ ކަމަށާއި، އޭނާ އަށް ލިބުނު އެއްވެސް ފްލެޓަކީ ހައްގު ނޫން ފްލެޓެއް ކަަމަށް އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައްތަ، އަދި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އައިޝަަތަށް ފްލެޓް ލިބުމާއި އެކު ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް "ވަގުތު" އަށް ވިދާޅުވީ އޭނާއަށް ފްލެޓު ހައްޤު ނޫން ކަމަށް ބުނެ ފާޑުކިޔާނެއް ޖާގައެއް ނޯންނާނެ ކަމަށެވެ. އެއީ އޭނާއަކީ 38 އަހަރު ސަރުކާރަށް ހިދުމަތް ކޮށްދިނުމުގައި ދެމި ހުންނެވި ކަނބަލަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވުރެ ބޮޑަށް ފްލެޓް ހައްގުވާނެ ސިވިލް ސާވެންޓެއް އަޅެ ދައްކަބަލަ. އަޅުގަނޑަށް 90 ޕަސެންޓް ލިބުނީ ޝަރުތު ހަމަވެގެން. އެއީ 38 އަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނެވީމަ. ފާޑު ކިޔާނެ އެއްވެސް ފުރުސަތެއް އެކަކަށްވެސް ނެތް. އެއީ އަޅުގަނޑުގެ އަގު ވައްޓާލުމަށް ބަޔަކު ކުރާ ކަމެއް ކަމަށް ގަބޫލުކުރަނީ" އައިޝަތު ވިދާޅުވިއެވެ.
އައިޝަތު ވަނީ މިކަމާއި ގުޅިގެން ފޭސްބުކްގައިވެސް ޕޯސްޓެއް ކުރައްވާފައެވެ. އެޕޯސްޓްގައި ލިޔުއްވާފައިވަނީ، އެހެން މީހުންނަށް މާތް ﷲ ދެއްވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާއި މޮޑެެެލުމަށް މަސައްކަތްކޮށް ކުރިއެރުން ލިބޭނެެ ކަމަށް ދެެކެނީ މޮޔައިން ކަމަށެެވެ.
،އެ ޕޯސްޓަށް ރައީސް ސޯލިހްގެ އަނބިކަބަލުން ފަޒްނާ އަހްމަދުވެސް ވަނީ ކޮމެންޓް ކުރައްވާފައެވެ. އެގޮތުން ފަޒްނާ ވިދާޅުވީ އައިޝަަށް ފްލެޓް ހައްގު ކަމަށެވެ. އެއީ އައިިޝަތަކީ 38 އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާ ކަނބަލަކަށް ވާތީ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ވަކި މީހެއްގެ ދައްތައަކަށް ވުމަކީ ހައްގު ނުލިބެންވީ ސަބަބެއް ނޫން ކަން ފާހަގަކުރެއްވިއެވެ.
ފަޒްނާ ސިފަކުރެއްވި ގޮތުގައި ފްލެޓު ހައްޤު ނޫން ކަމަށް ބުނެ އައިޝަތު އަށް ފާޑުކިޔަމުން ދަނީ އެކަމަނާގެ އަގު ވައްޓާލުމަށެވެ.
އައިޝަތު މުހައްމަދު ސޯލިހްއަށް ލިބިފައިވާ ފްލެޓަކީ ސިވިލް ސާވިސް ކެޓަގަރީގެ ފްލެޓެކެވެ. އެ ފްލެޓް އައިޝަތުއަށް ލިބިވަޑައިގަތީ 90 އަށް ވުރެ ގިނަ ޕޮއިންޓް ލިބިވަޑައިގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ވެސް އޭނާގެ ނަން އޮތެވެ. އެއީ އޭރު ނިންމާފައި އޮތީ ސިވިލް ސާވިސް ކެޓަގަރީއަށް މަދު ބަޔަކު ކުރިމަތިލުމުން ކުރިމަތިލި އެންމެނަށް ވެސް ދިނުމަށެވެ.
ހައްގު ކަން ބޮޑުވީމަ އެކައުންޓުގަ މިލިއަނުން ރުފިޔާވެސް ހުރީ....
ޢެބަހުއްޓޫ ނު ކަމެއް...! ކޮތަރުކޮށި ފުލެޓް މިޙާރު މިވީ ހައްގުކޮށި ފުލެޓްއަށް...!! މެޑަމްވެސް ޖަސްޓިފައިކޮށްދެއްވަނީ...!!
ބަސްމަގު ހުރިގޮތުން ހީވަނީ ޑަކައިތަކު ލޫޓުވުމުގެ ކުރިން އޭނާގެ ނުފޫޒު އެހެން މީހުންނަށް ހަދާންކޮށްދެނީހެން!
މުއްސަދި މީހުން ކީއްކުރަންތަށް ހިޔާުގެ ކޮތަރު ކޮއްޓަށް ވަންނަނީ.. މި ސަރުކާރުން ލަގްޒަރީ އެޕާޓްމަންޓް ފްލެޓް ހަދާއިދިނީމަ އެފްލެޓް އަށް ލައިބަލަ.... ދިހިކަން ވެސް ހުންނަނީ ނިހާޔަތަށް.... ނިކަމެތި ޝަރުތު ހަމަ ވާ މީހާގެ ފްލެޓް އަތުލީމަ މައްސަލަޔަކީ... ނިކަމެތި މީހާޔަށް ކުރިން ލިބުނު ފްލެޓް ވެސް ދީފަ ރ. ސޯލިހުގެ ހުރިހާ އާއިލާ ބޭފުޅުންނަށް ދިނަސް މައްސަލަޔެއް ނެތް... ނިކަމެތި މީހާޔަށް ތިހެން ނަހަދާ...
އާއެކޭ އާއެެކޭ. މުޅި ދައުލަތްވެސް ކަލޭމެނައް ހައްގު...ތީ އެއްމެ ނިކަމެތިން.
ބުނަން ޖެހޭ އެތި ބޮޑުކަމުން ހުއްޓާލީ.. ވ.ސަލާމް..
މިއުޅެނީ ވަޒީފާގެ މުއްދަތް މަދުވެގެންނެނޫން ފްލެޓް ހައްގުވަނީ ހަމައެކަނި ވަޒީފާގެ މުއްދަތަކަށްނޫން..މާލޭގަ ދަތިހާލުގަ ބޮޑުކުލީގަ މުޅި އާއިލާއަށްލިބޭ މުސާ ރަ ކުއްޔަށްދީގެން ޑިޔުޓީބަހައިގެން ނިދަމުންދާ އެތައް ބަޔަކު އެބަތިބި ސިވިލްސާވިސްގަ ވަޒީފާގަ.އެމީހުންނަ ހައްގުނުވެ ބޮޑުމުސާ ރައިގަ އިއްޒަތުގަ ދި ރިއުޅޭ ދައިތާފުޅު ނިކަމެތިންގެ ކޮތަ ރުކޮއްޓަށް ވަންނަން ލަދުގަންނަންޖެހޭނެ..ހައްގުވަނީ މިހާ ރު ކޮއްކޯފުޅު ރައީސްކަމުގަހު ރީމަ..ހަސަދަވެ ރިވެ ފްލެޓްތަކަށް ކޮތަ ރު ކޮށީގެނަމުންގޮވީ ދައިތާފުޅާ ކޮއްކޯފުޅު..
ސިވިލް ސާވިސް ގައި ގިނަދުވަހު މަސައްކަތް ކުރުމަކީ ފުލެޓު ހައަގުވާން ޖެހޭ ކަމެއްނޫން.ސިވިކްސާވިސްގައި އުޅުނެއްކަމަކު 1000 ފޫތުގެ ގޯއްޗާއި 10 ބުރި އިމާރާތް ހުންނަމީހުންނަށް ފުލެޓު ދެވިގެން ނުވާނެ.
ކަމަނާއަށް ޙައްޤުކަން ބޮޑު ނޫން ވާހަކައެއް ނޫން.
ކަމަނާމެން ކުއްޔެއް ދައްކަން ނުޖެހި އުޅެވޭނެ ގޮތްތައް އެބައޮތް ނަމަވެސް ނިކަމެތި މީހާ އެގޮތްނެތި އަބަދު ކުލި ދައްކާލަ ދައްކާލަ ހުންނަން މިޖެހެނީ އަނގަޔާއ އތާއި ދިމާނުވެ. އެހެންތޯ ތިޔަ ބޭފުޅުން. އެހެންވެ އެވާހަކަ ރައްޔިތުން އެދައްކަނީ
ގޭގައި ކިތައް ރެނދު ލާފަ ހުރިތޯ. ަަ
ވައި ވަންނަ ދޮރެއްވެސް ނެރީތަ.
18 އަހަރު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ދަށުގެ ކިތައް ކުދިން.
ތައްލީމީ ފެންވަރު.
.....
އަހަރަމެންނަށް ހައްޤު.އެކަމަކު
ކޮމެންޓްކުރާއިރުމިއަށްވުރެޒިއްމާދާރުވާންވާނެ. އައިސްތުގެ ގެއެއް މާލޭގަހުރޭތޯބަލާ އަދިދިރިއުޅެމުންދަނީ ކުއްޔަށްތޯ ވެސްބަލާ ލަންރަގަޅު. ކޮމެންޓްތަކުގަސިވިލްސަރވިސް ބައިންފްލެޓްއެއްލިބިގެންމިވަރުތަންކޮޅެއްބޮޑު. މާޢިއްޒަތް ތެރިވެގެންބޮޑާވެގެންއުޅޭވަރަށްވުރެހިތްތިރިހިތްހެޔޮ ރަގަޅު ބޭފުޅެއްކަންގިނަބަޔަކަށްއެގޭނެ. ފްލެޓްލިބިފައެއޮތީ ނުފޫޒު ގަދަވެގެންނެތްނޫން. އަދިވަކިޢާއިލާއަކަށް ނިސްބަތް ވާތީ އެއްނޫން. ހަމަހައްޤުވާތީ.
ރައްރަށޔގެމީހުންނައް ގޯތި ކަންޑަފަ ދެވޭއިރު މިމާލޭގެ ރައްޔިތުންގެ ހައްގުތައް ކޮބާތޯ ގޯތިދިނުމުގައި ކޮބާތޯ ގާނޫނު އަސާސީގަ އެބުނޤ ކުލަޔަކައް ވަހަކައް ރަހަޔަކައް ނަސްލަކައް ރަށަކައް ވާތީ އެއްވެސް ބޭއިންސާފެއްނެތި ތަފާތު ކޮއްގެންނުވާނޭ ބުނާ ވާހަކަ ކޮބާތޯ މާލޭގެ ރައްޔިތުންގެ ހައްގުތައް ފުލެޓަކީ ސަރުކާތަކުން ރާވައިގެން ކުރާ ވިޔަފާރިއެއް ރައްޔިތުން ގޯތިނުދީ ބިންތައް ހިސޯރުކޮއްގެން ހިންގާ
އއ. ރަސްދޫ ސަމީރުއަށް ވެސް އެހެންވެ ދޯ ހައްޤީ . ސިވިލްސާރވިސް ވަޒީފާއި ގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މާލޭގައި ހޭދަކުރެވުނީ އެންމެ 04 އަހަރު މިހާރުވެސް ވަޒީފާ އަދާ ކުރަނީ ރަށުގައި ، އަހަރުމެން މާލޭ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން މާލޭގައި ވަޒީފާ އަދާކުރާތާ މިވަނީ 32 އަހަރު، އަހަރެންނަކަށް ނުލިބޭ. އެކަމަކު ފިނޭސްގެ އެގްޒެކެޓިވް ބައިން އޭނައަށް އެއޮތި ފްލެތް ލިބިފައި. ރަށުގައި ގެ ހުރީ ގެސްޓްހައުސް ހަދާފައި އުޅެނީ ތަނަވަސްކޮށް
ނަރުހުންނާއި ޑރ ތެރޭގެ އުޅޭނެތަ ފަގީރުން
އެހެންނެއްނު ވާނީ.. މީނަ އެކަނި ހުރީވެސް ސިވިލްގަ