ފުރުސަތު ލިބި އަތޮޅުތެރެއިން ކޮވިޑް ކޮންޓްރޯލްކުރަން ސަރުކާރު ފެެއިލްވެފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، ދެންމެ ކުރި ޓްވީޓެއްގައެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އައްޑޫ ދެ ގުޅިފައިވާ ރަށްތަކުގައި އާއި ވަކިން އޮތް ހުޅުމީދޫންވެސް ކޮވިޑް ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުންއައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިހާރު ފެތުރެމުންދަނީ ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކޮވިޑް-19ގެ ވޭދަތަނެކެވެ.

އެ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންނާ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.

މީގެއިތުރުން ހުޅުދޫމީދޫން 26 މީހަކު ފައްސިވެފައި ވެއެވެ.

ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ދުބާއީގައި ހުރެފައި އެރަށަށް ކަރަންޓީނަށް އައިސްފައިވާ މީހެއްގެ ފަރާތުންނެވެ. މިހާރު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

އެތަނުން ވޭދަނަތައް ފެނުން އިތުރުވުމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ، އެކި ނަންނަމުގައި ޕްރޮޖެކްޓްތައް/ކޯސްތައް ހިންގަން ދިޔައީ އެޗްޕީއޭގެ ލައިސަންސްގައި ކަމަށެެވެ.

"މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު 2ސިޓީގައި ޖެހި ސަކަރާތުގެނަތީޖާ.ޕްލޭނެއް ރޭވުންތެރިކަމެއްވެސް ނެތް". ޑރ. ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    މި ސަރުކާރު ފޭލިނުވާކަމެއް އިސްލާމްދީނަށް ފުރައްސާރަ ކުރުމާ، ވައްކަން ކުރުމާ ފޭރުން ފިޔަވާ ، ޑރ.ޖަމީލް ވިދާޅުވެދެއްވިނަމަ ދޯ؟

  2. އދ

    ޖަމީލަކީ ވެރިކަން ކުރާން ފެއިލްވެފަ ހުރި މީހެއް

  3. މަނީމަނީ

    ތުބުޅިއެއް މަތިމަހެއް ނުހުންނަމީހާ