ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަކް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. މިއީ، ޒިންމާވާނެ ފަރާތެއް ހުށަހަޅައި، މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ މީހަކު ބޭސްފަރުވާ އަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އައްސަދު އަލީ (އަޑުބަރޭ)އެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލް ކުރުމާ އެކު އަލީ ވަހީދު ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެންފައެވެ.

ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރި ޓްވީޓެއްައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    ދެން ތިވަރުން ތެޅިނޭރުވިޔަސް އެންމެންނަށްވެސް އެނގޭ ކަލޭމެން ކުޅޭ ޑްރާމާއެއްކަން!

    38
    1
    • ޙައްގުބަސް

      ރައްޔިތުން ލޮލުގަ އަދުން އަޅުވަން ހިތާދޯ މިހާރު މިއުޅެނީ!! ކަނޑައެޅިގެން ރާވައިގެން ސަރުކާރުން އަލީ ވަޙީދު ގައުމުން ބޭރަށް ފުރުވާލީ!! ދެން ކޮން ޑްރާމާއެއް ކުޅޭކަށް!! ފެއިލްވެފައި ތިއޮތީ!! ރައްޔިތުންގެ ތާޢިދެއް ނެތް!! އަދުލު އިންސާފު އޮޅާލީ!! ވައްކަން ކުރަނީ!! ގައުމު ދަރުވާލީ!! ޖޫރިމަނާ ހަބޭހަތްކޮށް ރައްޔިތުން ފެލަނީ!! ގައުމުގެ އިގުތިސޯދު ފުނޑާލައިފި!! އިންޑިޔާއަށް ގައުމު ވިއްކާލައިފި!! ލާދީނީިކަން އެހާބޮޑު!! ދެން ޑްރާމާ ނުކުޅޭ!!

  2. މހމމ

    ލޮލް، ދެން އިސްތިއުނާފުކޮއްގެން އޭނަގެ ޕާސްޕޯޓު ހޯދަނީ ކޮންތާކުން؟ ގުޑް ތިންގް ވީ އާންޓް އީޑިއަޓްސް..

    33
  3. އިންޓަ

    އިންޓަރޕޯލް މެދުވެރިކޮށް ތިޕާސްޕޯރޓް އަވަހައްގެނޭ....ލޮލް

    27
    1
  4. ތުރިޕުލް އެލް

    ޝަމީމް ދަންނަންތޯ ފުރައްސާރަ ލިބުނުކުދިންނައް އިތުރައް ފުރައްސާރަ ނުކުރޭ ނިކަމެތިންނައް މިވަރުން ފުދިއްޖެ މުޅިދައުލަތް އޮތީ ފޭލިވެފަ އަލީވަހީދު އާ އޑުބަރޭގެ މައްސލައެއް ނޫން އަލީ ފުރާގެންދިޔުން ، އެއީ ތިބޭފުޅާގެ މައްސަލައެއް ލަދުގެ ކަންފުޅެއްވެސް ނެތީ ތިބޭފުޅާގެ

    31
    1
  5. ޢީސަދަރި

    ތީދެން ބޮޑު ޖޯކެއް، ޑްރާމާ ކުޅެބަލަ ކުޑަކުދިން ކައިރީގައި. ޢިސްތިއުނާފު ކުރުމުން އޮތް ފައިދާއަކީ ކޮބައި؟ އެގޮލާ އެހުރީ ރާއްޖެއިން ބޭރުގައި. މީހަކާ ޖާމިނުކޮށްފައި. ޙޯރަ އިއްބެ ދޫކޮއްލީވެސް އޮޅުމަކުން. ލުތުފީ ފޮރުވައިގެން ގެންގުޅުނީވެސް އޮޅުމަކުން، އަލީވަހީދު ފުރުވާލީވެސް އެރި އޮޅުމަކުން. ގޯސްވާނީ ދިވެހިރްޔިތުންވިއްޔާ. ބޮޑު ފޮޑިއެއް.

    30
    1
  6. ކޮރަލް

    އަލީ ވަހީދަކީ އެމްޑީޕީ ގަ ވ ދުވަހު އުޅުނު މީހެކެވެ. ކޮޅު އޮންނާނެ އެވެ. ސުވާލު ކުރަން ވި އެމްޑީޕީ އާ އެވެ. 3 ބާރު ޖީބު ގަ އެވެ.

    25
    1
  7. އަހްމަދު

    ކޮންމެ ނާފެއް ކުރިޔަސް ދެން ކުރެވޭނެ ކަމެއް ނޯންނާނެ. ޢައްޔަ އެހެރީ ރައީސް ނަޝީދުވަޑައިގެންނެވި މަގުން ވަޑައިގެން. ދެން ފެންނާނީ ގޮނޑި ދުއްވަޥާ މަންޒަރު.

    22
    1
  8. މަކުނުދޫ

    ހެހެހެހެ. ކީކޭ ބުނާނީދެން. ޕާސްޕޯޓް ހިފެހެއްޓީމަ އޭނަ ދެން އަންނާނެތަ

    20
    1
  9. އަހްމަދު

    ޝަމީމް ތިޔަށްކިޔަނީ މަހާނަމައްޗަށް މަޑިޔަކަށް ޖެހުން ޕާސްޕޯޓްދޫކޮށްލައި ވީއައި ޕީގަފު ސަރުކާރުގެ އެނހީތެރިކަމާއެކު ފުރުވާލާފަ ދެންކޮންއިސްތިއުނާފެއް އިސްތިޢުނާފަށްވުރެ ރަނގަޅީމަނިކުފާނު އިސްތިޢުފާދިނުން ތިޔަހެރީހަމަރަނގަޅަށް ވެސް ފެއިލްވެފަ

    20
  10. ޚަލީލް

    ޕްރޮސިކިއުޓަރ ޖެނެރަލްއަކަށް ހުރީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމާމެދު ސުވާލު އުފެދޭ.

    25
  11. ނަާނި

    އަލިިީވަހިީދައް ދުޫކުރަާވަރެއްނުޫން ތަނެއްގެވަާހަކައެއް އެބައޮތް އެއިީ ރަށެއްގަާހިގަާމައްސަލައެއް އެއިިިީ ގޯސްކަންތައްކޮށް އެހެންމީހުންބޮލުގައި އަޅުވަާ މިކަން ސަރުކާރަށް އެގި ސިއްރުކުރަާ ރަށެއްގެވާހަކަ މިކަށްވެސްބެލެޭނެގޮތެއްވަާނެ ދުވަހެއްގެއިއްތިޒާރުގައިވާ ވާހަކަ އާއްމުކުރަމެވެ.

  12. ޙހހ

    ޙަމަ ޑްރާމާއެއް. ކޮބާ ތިކަންކުރުމުގެ ބޭނުމަކީ. ޢަލީ ވަޙީދު ހުރީ ޕާސްޕޯޓް ހިފައިގެން ގޮސް .

  13. އިބުރާހިމްބެ

    ބަލަ ކަލޭމެން އިސްތިއުނާފު ކުރިޔަސް އޭނަ ފޮނުވާނުލާކަމަކައް ނުވާނެ އަނެއްކާ އޭނަނުވެސް ގެނެވޭނެ އެބުނަނީ އޭނަޔަކީ އިނގެރޭސިވިލާތުން ހިމާޔަތްހޯދާފަހުރިމީހެކޭ އެހެންކަމައްވާނަމަ ދެންކީކޭބާބުނާނީ

  14. އައްޑޫ މީހާ

    ކަން ދެއްކުމުގެ ގޮތުން އިސްތިއުނާފް ކުރަނީ ރައްޔިތުން ލޮލުގައި އަނދުން އަޅުވަން ތިޔައީ އޮއްޓަރެއް ހުރި ވާހަކައެއް ނޫން

  15. ހޭލާ

    ރައްޔިތުން ލޮލު އަދުން ޢަޅުވަން އުލޭންކަމެއް ނެތް. ވަރަށް ސަލާން........