މާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދަން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕޭން ހަރަކާތެއް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފަށްޓަވައިފިއެވެ.

ކެމްޕޭން ހަރަކާތް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން ގިނަ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވިސްނަވާފައި އޮތީ އޮންލައިން ޕްލެޓްފޯމްތަކުން ކަމަށެވެ. އެކަމަކު ރައްޔިތުންގެ ގާތަށް ވަޑައިގެން ހާލަތު ސާފު ކުރަން ބޭނުންވާތީއާއި ވަރަށް ގިނަ ރައްޔިތުން ވެސް އެ ކަމަށް އެދޭތީ ދޮރުން ދޮރަށް ހަރަކާތް ވެސް ހިންގެވުމަށް ނިންމެވީ ކަމަށެވެ.

"ވަރަށް ގިނަ ރިކުއެސްޓް އެބަ އާދޭ، ކޯލް ސެންޓަރަށް ވެސް، ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ އަޅުގަނޑު ބައްދަލު ކޮށްލަން، އެހެންކަމުން އިރާދަކުރެއްވިއްޔާ، ރާވާލައިގެން ކޮންމެ ދުވަހަކު ވެސް އަޅުގަނޑު ކޮންމެ ވެސް ވަގުތުކޮޅެއް މާލޭގެ ކޮންމެ ވެސް އެއް އަވަށެއްގަ، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން، ދޮރުން ދޮރަށް ދާނަން، އޭގަ އެޗްޕީއޭގެ ގައިޑްލައިނަށް ވެސް އަމަލުކޮށްގެން، ގޭގެއަށް ވަންނާނީ ވެސް އަޅުގަނޑާއެކު އިތުރު މީހަކު ދެ މީހަކު،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މާލޭގެ މޭޔަރު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މޭޔަރު ކަން ލިބެއްޖެނަމަ، ރައްޔިތުން ގާތަށް ދިއުން އިތުރަށް ކުރިއަށް ދާނެ!

ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ދޮރުން ދޮރަށް ވަޑައިގަތުމުގެ ހަރަކާތަކީ މޭޔަރު ކަމަށް އިންތިޚާބު ވުމަށް ފަހުގައި ވެސް ކުރިއަށް ގެންދަވަން ވިސްނަވާފައިވާ އޮތް ކަމެއް ކަމަށެވެ. މޭޔަރުގެ ރަސްމީ މަސައްކަތުގެ ތެރޭގައި އެ މަސައްކަތް ހިމެނިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރަސްމީ މަސައްކަތުގެ ތެރެއިން ވެސް، އަބަދުވެސް، ކުރިއަށް ގެންދެވޭނެ ގޮތަށް، ވަކި އުސޫލެއްގެ ތެރެއިން، ރައްޔިތުންގެ ގާތަށް ގޮސް ބައްދަލުކުރުމަށް، ރައްޔިތުންގެ ހާލަތު އަބަދުވެސް ބެލުމަށް އަޅުގަނޑު ގަސްދުކޮށްފަ އޮތީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތައް ފެންނަން އެބަ ހުރި ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ގެދޮރުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ އަމާޒަށް ގެންގޮސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށާއި މަގުތަކުގެ ހާލަތު ރަނގަޅު ކުރުމާއި ނަލަ ހިތްގައިމު މާލެއަށް ބަދަލު ކުރުމުގެ އަމާޒުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މާލެ މޭޔަރު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ހިންގަވަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މުއިއްޒުގެ ދޮރުން ދޮރަށް ކެމްޕޭން މިއަދު ފެށީ މާފަންނު ބިސްބުރު ކައިރީ ހުރި ގެތަކުންނެވެ. އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް މުއިއްޒު މިއަދު ޒިޔާރަތް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސައީދު

    ހައުސިންގމިނިސްޓަރަކަށް ހުރި އިރުވެސް ރައްޔިތުްނަނަާއި ވަރަށް ބައްދަލަކުރި ބޭފުޅެއްވިއްޔާދޯ؟ތިޔަފަދަ މީހުން ބުނާބަސް މިހާރު އަހާ މީހުންނެއް ނެތޭ މިޤައުމުގަ.

    6
    11
    • ރަދީފް

      ސައީދު ކަލޭ ޖެހޭނީ މަހަށް ދާން ދޯ.ބޮލިހިލަން ދޭބަލަ.

  2. ބެއްޔާ

    ހެހެ މުއީޒޫ ކަލެއާ ފ.އަތޮޅު ނިލަންދޫ ޚަލީލުއާއި ދެމީހުން ހުޅުމާލެ ދެވަނަ ފޭސް އިން ފ.އަތޮޅު ނިލަންދޫ 1500 މީހުންނަށް ފުލެޓްލިބޭނެކަމުގެ ލިއުން ދިނީ! މިސަރުކާރުން 500 މީހުން ކަނޑާލީމަވެސް ފ.އަތޮޅު ނިލަންދޫ 1000 މީހުންނަށް ފުލެޓްލިބުނީ އިއްތިފާގެއްތަ؟ ކަލޭ ދޮރުން ދޮރަށް ހިގުމުގެ ކުރިން ފ.އަތޮޅު 1000 މީހުން ފަހަތުލައިގެން މެންބަރ ޚަލީލުވެސް ގޮވައިގެން ދޮރުން ދޮރަށް ހިގާ!

    4
    14
    • ރަދީފް

      ބެއްޔާ ތިޔައީ މުއިއްޒު ހިނގި މަގަކުން ހިނގޭނެ ފެންވަރުގެ މީހެއް ވެސް ނޫން.ދަރު ހޮވަން ނުވަތަ ހަނޑު ހޮވަން ދޭބަލަ.ވ.ވެދުން

    • ރަސީދު

      މުއީޒް ހޮވޭނެ ކަން ގައުމުވީމާ ކެނެރީގެ ބެއިންގެ ރޭވުން ޕްރެޕެގެންޑާ ފަތުރަން ހިފާފައި. ކިތައްމެ ދޮގެއްހަދައިގެންވެސް ވާންހުރި ކަމެއްވާނެ

  3. އަލީ

    މިއަދު މީހުން ޖަޒުބާތުގައި ޖެހިގެން މީނައަށް ވޯޓުދީގެން މީނަ ހޮވާފާނެ. މީނަ ހޮވިއްޖެނަމަ މީނަ ފުރަތަމަވެސް ކުރާނެ ކަމަކީ ރައްޔިތުންގެ ބޮލަށް ފައިން އެރުން. މީ ވަރަށް ނުބައި މީހެއް.

    5
    17
    • ނޫހު

      ކޮތަރުކޮއްޓަކީ ޔާމީނުގެ ޒައާމަތުގައި މުއީޒްގެ މަސައްޕުޅުތައް. ރާއްޖެ ފުވަހަކުވެސް ނުދެކޭފަދަ ކަންކަން ކޮށް ތަންފީޒް ކޮއްފައިވާ ތަޖްރިބާ ކާރެއް

  4. رشيد

    وكان حقا علينا نصر المؤمنين

  5. ކަރުނަ

    ރަނގަޅު މީހުނާއި ނުބައިމީހުން ނަކީކޮބައި ތަ؟؟؟ ވަގު ވޯޓަކުން ވެރިކަމެއްފޭރިގަތްމީހުން ރަނަޅުވާންވީ ސަބަބެއްބުނެދީ އަދި އެފަދަމީހުނީ ރަނގަޅުމީހުނޭ ބުނެވިދާނެތަ؟؟؟ ހަމަޔަޤީނުން ވެސް އެނގޭކަމަކީ ކަނޑައެޅިގެން މާތްވެގެންވާ އިސްލާމްދީނުގެ އަދުވުންފަހަތުން ރަނގަޅުމީހަކުނުދާނެ އަދި ދީނަށްފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ފާޑުފާޑުގެ ލާދީނީ ރިޕޯޓް ފާޅުގައި ނެރޭޖާހިލުންކުރާކޮންމެ ނުބައިކަމަކަށް އެބައިގަނޑުގެފަހަތުގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަތްޖަހަންތިބޭމީހުނަކީ ޖަހިލުކަންގަދަ ޖައްބާރުން އެފަދަމީހުންގެ ހިތްތަކުގައި މާތްﷲ ސިއްކަޖައްސަވައި ހިތްތަބަންދު ކުރަވާނެ އެފަދަމީހުނީ ދެދުނީޔޭންވެސް ގެއްލިނިވިގެންވާމީހުން އެބައިމީހުންގެ ހިތްތައްކަޅުކުރައްވައި ލޮލަށްފެނުނަ ރަނގަޅުކަންތައްތައް ގޯސްވެ ނުރަނގަޅުކަތައްތައް ރަނގަޅުކަމަށްހަދާނެ މިއަދު މިކުޑަކުޑަ ރާއްޖޭހިގުމުގެ ޒިއްމާ ނަގައިގެންތިބި ޖާހިލުންގެކިބައިން ފެނަމުންމިދަނީ އެބިރުވެކަމާއި ނާމާންކަމާއި ނިކަމެތިންކަން ނިކަމެތީން ނިިކަމެތިކޮށް މުއްސަދިން މަހުޖަނުންނަށްވަމުންދާމަންޒަރު އެތައްނިކަމެތިންގެ ބޯހިޔާވަހިކަން ފޭރިގަނެ މަގުމަތި ކޮށްލައިފި މުޅިރާއްޖޭގެ ތަޢުލީމީނިޒާމް މުޅިން ފުޑުފުޑުކޮށް ވެއްޔާމޮޑެލައިފި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިސްލާމްދީނުގެ އަދުވުން މިކުޑަކުޑަރާއްޖޭގެދުވަސްދުއްވާލައިފި ކޮންމެ ދިބެހި މުސްލިމުރައްޔިތަކުވެސްްްްއިސްލާމް ދީނަށްޓަކައި މިހާރުވެރިކަމުގައި މިތިބަ ރާބޯ ކާފަރުން ފަހާބޭރުކުރަންއެބަޖެހޭ މާތްވެގެންވާ އިސްލާމްްދީނައްޓަކައި އެލާދީނީބައި ގަނޑު އެއްފަރަތްކުރުމަކީ މިއަދު ކޮންމެދިވެހިރައްޔިތަކަށް ވވވމުހިންމުކަމެ މިހާރުވެސް މާލަސްވެއްޖެ ވަގުތު ފާއިތުނުވަނީސް އަހަރެމެއްގެ ދަރީނަށްޓަކާ ތެދުވަމާ މާޝާﷲ