ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މުޒާހަރާތަކުގައި ބައިވެރިވާ މެމްބަރުން މަޖިލީސް ތެރެއަށް ވައްދަން ޖެހެނީ ކޮވިޑް-19 އަށް ހަދާ ޓެސްޓް ހަދައި ނައްސި ނަތީޖާ އާއި އެކު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސްކަން ވެސް އޭރު ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާ މިހެން ވިދާޅުވެފައިވަނީ ސަރުކާރު އިދިކޮޅު ކޯލިޝަނުން މަޖިލީހުގައި ތިއްބަވާ ބައެއް މެމްބަރުން މުޒާހަރާ ކުރަމުން އަންނާތީއެވެ. އެގޮތުން އިއްޔެވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި ”މަގޭ ފްލެޓް ކޮބާ“ ނަމުގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގައި މަޖިލީހުގައި މަސައްކަތް ކުރައްވާ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިދުރުކަން އިސްކޮށްގެން ތިބުމަށް އަންގާފައިވަނިކޮށް އެފަދަ ފިޔަވަޅުތަކަކަށް ބެލުމެއް ނެތިއެވެ.

މިކަމާއި ގުޅިގެން މަޖިލިސް އިދާރާގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ރީކޯ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެމްބަރުން މުޒާހަރާގައި ބައިވެރިވާނަމަ، މަޖިލީހުގެ މުވައްޒަފުންގެ ސާލަމަތައްޓަކައި އެމުޒާހަރާ އެއްގައި ބައިވެރިވާ މެމްބަރުން މަޖިލީހުގެ އިދާރާއަށް ކޮވިޑް ނައްސި ނަތީޖާ އަކާއި އެކީ ވެއްދުން މުހިންމު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރައްވާ މުވައްޒަފުންގެ ސަލާމަތައްޓަކައި މުޒާހަރާ ތަކަށް ވަޑައިގަންނަވާ މެމްބަރުން މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ކޮވިޑް ޓެސްޓް ހައްދަވާ ނެގެޓިވް ރިޕޯޓް އާއި އެކު މަޖިލީހުގެ އިދާރާއަށް ވެއްދުން މުހިންމު" ރީކޯ ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އިއްޔެ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުންގެ ގިނަ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލުމަށް ގޮސް އެއްވެ ގަނެގެން އުޅުނު މަންޒަރު ފެންނަ ވީޑީއޯތަކެއްވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ވަގޫ

  ބޮޑު ވަގު ދޭބަލަ މޫނޭތީ ހިއްއެދޭ ކިޔަން

  19
  4
 2. ގެރި މޯދީ

  ކަލޭ ދުބާއީ އަށް

  12
  5
 3. ޓދދ

  ގެއިން މަޖުލީހަށް އަންނަނަމަ ޓެސްޓު ނުހަދާ ވެއްދޭނެ އެއްވެސް މީހަކުނުހުންނާނެ...
  2 ދައުރު މަޖިލީހުގަ އުޅެ 3 ރިސޯޓު ހޯދިގޮތް ތަހުޤީޤުކޮށް މުދާ ދައުލަތައް ނަގަންޖެހޭ މީހުން.. ރާކޯ މޫސަގެ ކާރުން ބަނގުރަ ފެނުނު މައްސަލަ އަލުން ބަލަންޖެހަެ.

  22
  1
 4. ގެރި މޯދީ

  ކަލޭ ދުބާއީއަށް ގޮސް އައިސް ކަރަންޓީން ނުވެ މަޖިލިސް ހުޅުވި ޖަލްސާ އަށް ދިޔައީ ކޯންޗެއް ހިފައިގެންތޯ؟

  21
  1
 5. ކޮރަލް

  ރައްޔިތުންގެ ހައްގުގަ އޭ ކިޔާފަ ނިކުމެ މަހުޖަނުންނަށް ވާ މީހުން ދެވަނަ އަދި 3 ވަނަ ފަހަރުވެސް އެބަ ހޮވަ އެވެ.

  17
 6. ޕޮފް

  ރީކޯ އަކީ އޭރަކު ވައިޖެހޭ އަތަކައް އޮޔާދާ ބޮއްކުރައެއް

  25
 7. އަޖޭ

  އެމްޑީޕީއަށް ދާން ތައްޔާރު، މިރޭ ބަލައި އަޔަސް ދާނަން: ރީކޯ މޫސަ
  🤣🤣

  18
  2
 8. ސަމްސިއްޔާ

  ރީކޯ ކަރަންޓީނު ނުވެ މަޖްލިސް ހުޅުވިދުވާހު ޖަލްސާއަށް ދިޔައީމަވެސް އޯކޭ؟؟

  21
 9. ޖަނާޒާ

  ކަލޭ އަނގަ ނުގަޅާ ހުޜެ . ތިޔައީ މެންބަރެއްނޫން މިހާރު

  20
  1
 10. ޖަނާޒާ

  ދެފުއްކެހެރި ރަޖާބެ

  19
  1
 11. ޖަނާޒާ

  ކަލޭ ތިޔައީ ސިޔާސީގޮތުން ދުވަހަކުވެސް މައިނުފިއްލާ ކުކުޅެއްތަ؟ ތިޔަ ހަޅޭއްލަވަނީ! ކުކުޅަށް އެންމެ ރަގަޅުވާނީ ސިޔާސީ ފިނިމޫސުމުގައި ދެފުއްކެހެރި ރަޖާ ނޫންތޯ؟ ތުރުކުރައްވައި އޮވެވޭތޯ ބައްލަވާ.

  18
 12. ބަޑިއާދަންބރ

  ރީކޯމޫސަ ގެ ވާހަކަޔަށް ތާއީދު އަދިމިފަދަނާޒުކު ދަނޑިވަޅަކުމުޒާހަރާއަށް ނިކުންނަ މެންބަރުގެ ދާއިރާއިން އޭނާއިސްތިއުފާއަށް ވެސްގޮވަންޖެހޭނެ

  6
  20
  • ބެއްޔާ

   ތިހެންވިއިރު އިސްތިއުފާ ދޭންނުޖެހޭ އެމްޑީޕީ މެމްބަރަކު ނެތް. ކޮވިޑަކީ އެއްވެސް އެއްޗެއްނޫން ކަމާއި ބަޔަކު ޮޑުކޮށްގެން އުޅޭކަމެއްކަމަށް ބުނެދެއްކި ވާހަކަ އެހެރީ ފެންނަށް. ލާދީނީ އަންނިވެސް ޖެހޭ އިސްތިއުފާދޭން.

 13. ޙހހހ

  މަޖިލިސް ތެރޭގަ އެކަކު އަނެކަކާ ތަޅާފޮޅައި ހެދިޔަސް އޯކޭ ތޯ

  15
  1
 14. ހުސޭނުބޭ

  އަހަރެން ބޭނުމީ ހެވީ ލޯޑް ލާރިގަނޑަށް ޓެސްޓްކުރަން!

  18
 15. އެންމެންގެ ބޯއީ

  މީދެން ކޮން ހައިސިއްޔަތެއް އޮއިތް މީހެއްބާ

  17
  2
 16. އަޔަސް ދާނަން

  އަނެއްކާ ރީކޯބެ ގައުމުގެ ރައީސަކާ ވާދަ ކުރަން ރާވަނީތޯ

  15
  1
 17. މޫސަ

  ތިޔަހު ރީ ދެމީދާ ފެހި ބުޅަލަށް ޖެހުނު ދަތު ރު ޖެހިފަ. އެއްވެސް ތާކުން ލައްވާނުލާ ބާކީވެފަ. ކޮސް ނުގޮވާ ހު ރެވޭތޯބާލާ

  16
  1
 18. އާސިދާ

  ތަގެ ޒަމާން ދޮގާއި މަކަރުން ވަނޯ މާޒީވެގޮސްގައި އަލުން މަގުބޫލުވާން ނޫޅޭ ދޭ ނިސާގާތައް..ހެޔޮނުވާނެ..

  12
  1
 19. ރައްޔިތުމީހާ

  ތެދުފުޅެއް

  8
  4
 20. ކާސިމް

  މިކަލޭގެ އަނެއްކާ ނުއަތަށް ފިޔަވަޅު އަޅާ އަނގަފަޅަން ފެށީދޯ. ސަރުކަރުގެ ބޮޑުން ތަންތަނަށް ގޮސް އައިސް އޮފީހަށް ވަންނައިރު ޚިއްވެތަ ޓެސްޓު ނުކުރަނީ. ތީ މިހާރު ބޭނުންކެނޑިފައި އޮތް ހުސް ތޮށިގަނޑެއް.

  13
 21. ޭިަަެއިންސާފް

  މޫސަ މަޖިލީހައް ވަނީޓެސްޓު ހަދާފަބާ .

  15
 22. އަސްލަމް

  ރައްޔިތުންގެ މަޖްލިހަށް ވައްދަންވީ ދީނީމިންގަނޑަށް ފެތޭ، ޢިސްލާމީ ޝަރީއަތް ދަންނަ އެއަށް އަމަލުކުރާ މީހުން. އަދި ދުވަހަކުވެސް ރާނުބޯ މީހުން.. އަދި މި ޝަރުތުތަށް ފުރިހަމަ ކުރުމަށްފު މަގާމު ލިބުމުން މިއިން ކަމަކާ ޖަދަލު ކޮށްފިނަމަ ބޮޑު ޖަލުއަދަބެއް ދީ ދުވަހަކު ސަރުކާރު ވަޒީފާއަކަށް ނުވަދެވޭގޮތް ހަދުން. އެހެން ނޫނީ ގައުމޭ ނުކިޔާ އެކަކުވެސް..

  13
 23. މޮޔަވީތަ

  ތިގޮތަށް ފިހާރަތަކާ ސްކޫލްތަކަށާ ކެފޭ ރެސްޓޯރަންޓްތަކަށް ގޮއްސަ އަންނަ މީހުންގައިގަ ކޮވިޑް ނުހުންނަކަމެއްވެސް ނޭނގޭ.