ވަޒީރުކަމުގައި މަގާމުގައި ހުންނެވިއިރު، ދެ ފަހަރެއްގެ މަތިން ތުނބުޅި ބޭލުމަށް އިސް މަޖިލީސް މެންބަރަކު އެދުނު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު މީސް މީޑިއާގައި އެ ކުޅުންތެރިންނަށް ފުރައްސާރަކުރުމާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިނާޒް ވިދާޅުވީ، 2011 ވަނަ އަހަރު އޭނާ ވަޒީރުކަމުގައި ހުންނެވިއިރު، ދެ ފަހަރު ތުނބުޅި ބޭލުމަށް އިސް މަޖިލީސް މެންބަރަކު އެދުނު ކަމަށެވެ.

"ސިޔާސީ ނިވަލުގައި ތިބި ލާދީނީ މީހުންނާއި ސުންނަތައް ލޯބި ކުރުމުގެ ނަމުގައި އުޅުއްވާ ބައެއް ބޭފުޅުންވެސް އެހެން މީހުންނަށް އިހްތިރާމް ކުރަން ޖެހޭ". އިނާޒްގެ ޓްވީޓްގައި ވެއެވެ.

އޭނާ މިގޮތަށް ވިދާޅުވި ނަމަވެސް އެއީ ކޮން މެންބަރެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ.

އޭނާ ކުރި ޓްވީޓްތަކެއްގައި އިތުރަށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިސްލާމީ ވަންތަ ސަގާފަތް ދިރުވާ ހަރުދަނާ ވެދާނެތީ ރައްޔިތުން ދީނާ ދުރުކުރުމަށް ސިޔާސީ ބޮޑުންތަކެއް ރާވާ، ހިތްވަރުދޭ، ސިޔާސީ ނިވާފަތްގަޑުގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ބަނގުރާ އާއްމު ކުރުމަށްވެސް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުުވިއެވެ.

"މީހުންގެ އަބުރު ހާމަކަން ބޮޑުކޮށް އެކްޓިިވިސްޓުން/މަޖިލީސް މެންބަރުން ލައްވާ ސިޔާސީ ނަމުގައި ހުރިހާ ސިޔާސީ ޕާޓީ ތަކުންވެސް ނަގަމުން ދަނީ ތައުހީދަކީ ނިރުބަވެރިން ގަބޫލު ކުރާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރޭ. ސުންނަތައް ލޯބި ކުރާ ނަމަ އެ މީހަކަށް ޖޯކު ޖަހާ".

 

"ހިޔާލު ތަފާތުވުމަކީ ނޫނީ ދީނަށް ގޮވާލުމަކީ އަނެކާގެ އަބުރު ނޫނީ އަނެކާ އަށް މާތްﷲ ދެއްވި ހުދޫދުގެ ތެރެއިންވާ މިނިވަން ކަމަށް އަރައިގަންނަންޖެހޭ ސަބަބެއް ނޫން. އިހުލާސްތެރި ހެޔޮ ބަދަލެއް ބޭނުންވޭ" އިނާޒު ވިދާޅުވިއެވެ.

އޭނާ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ފުޓުބޯޅަ ކުޅުންތެރިންނާއި ބެހޭގޮތުން ބައިބައިވުން އުފެދޭފަދަ ހަގީގަތާއި ހިލާފު ވާހަކަދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުނާފިގުން

    އޯކޭ އެއްނު ކަލޭވެސް ދުވަނީ އެބައިގަނޑު ފަހަތުން މިނިސްޓަރުކަން ހޯދަން މިހާރު މިތިބަ ލާދީނީއްޔަތަށް ހިއްވަރުދޭ ސޭހުން އަލީޒާހިރު އިލްޔާސް ޒިޔާދުމެން ބުނަނެ ތިމަންނަމެނަކަށް މިސަރުކާރުތެރެއިން ނުފެނެއޭ ލާދީކަމެއް އެހިސާބުބް ނިމުނިީ ތިހަލަގެ ދުނިޔެޔާހެދި ދީން ވިއްކާ މަރުމޯލުން ސޭހުންނަށް ހެދިގެން ދެން ކޮންވާހަކައެއް އިމުރާނުވެސް އިލްޔާސްވެސް ޒައިދުވެސް ވަޒީފާ ގެއްލޭއިރަށް ދީންމަތިނ ްްްްހަނދާވެ ތިކަލަގެ ފަތުވާދޭނެ ކީއްވެ ކަލޭ އެއިރު ތިވާހަކަ ނުދެއްކީ މަގާމާހެދި ބޮޑުވަރުތީa

    24
    1
  2. ޝޮކްތެރަޕީ

    އެމްޑީޕީ އަކީ ކޮންކަހަލަ ބައެއްކަން އަހަރުންނަ އެގޭ. ބޭރުގެ ފަންޑުތަކުން ހަދު ކުރަމުންދާ ލާދީނީ ބައިގަނޑެ

    42
  3. ޢިއްތިހާދު

    ދެންއެމްޑީޕީއައްދޭނީ ވޯޓްގެބަދަލުގަ ތުނބުޅީގަ ހުރިވައްތަރުގެއެއްޗެއް ވަގުންގެ ބައިގަނޑެއް ހުރިހާކަމެއްގަވެސް އަދިމިތިން ލީޑަރުން ވެސް އެބަބުނޭދޯ ގައުމާދީނައްޓަކާއޭ ސިޔާސީމައިދާނުން ބޭރުވާނެ ތިންއަހަރުތެރޭ މިގުރޫޕް ކޯލިޝަންގެ

    19
    1
  4. ކިރުނބީ

    ހެހެހެ މީ އަދި ކާކުތަ ދަލުބޭރުންޖެހިގެން މިއުޅެނީ ؟

    4
    31
  5. ހިޔާލެއް

    ފަހަރުގަ ވެދާނެ ތިޔަ ތުނބުޅީގައި ހުރި އިސްތަށިކޮޅު އެ 2 މެންބަރުން ބޭނުންވަނީ ކަމަށް! ތިބޭފުޅާގެ އެހެން ތަނަކުން އިސްތަށިކޮޅެއް ބޭނުން ތޯ އަހާލިނަމަ ދޯ؟

    13
    4
    • ސަމޫ

      އެމީހަކު ތުބުޅި ބަހައްޓާނީ އެމީހެއްގެ ތުބުޅި ފަޅާމިންވަރަކުންމެވެ. އެކަމާ ޖޯކް ޖަހާނެ ކަމެއް ނެތެވެ.

  6. ލލ

    އެމްޑީޕީއަށް ފަންޑު ކުރަނީ އިސްލާމް ދީނުގެ އެންމެ ބޮޑު ދުޝްމަނު ނުންތޯ ؟

  7. މ

    ތަވީދު އެޅުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން!!!

  8. އައްޔަ

    މިމީހުން ހިތުން މިމީހުން އެތިބީ މަޖްލިސްގައި ދީނީ އިލްމުވެރިން ލަ ދުގަންނަވާ ފަލީހަތް ކޮށްގެން. އެކަމަކު ކަންމިވީ ކިހިނެއްތޯ. އެމީހުންގެ މީހުންގެ ދޫތަކުން އެމީހުން ބޭޒާރުކޮށް އިތުރަށް އެޅުވޭ ނާށި ފައްޗަކަށް އެ ދުވަހު މަޖްލިސްގައި ދެއްކި ވާހަކަތައް މިވެގެންއައީ. އިވައްޓޭމެން މިޔުޒިކޭ ކިޔާ ޤުރުޢާން އަގުވެއްޓޭނެ ކަމަށް ވާހަކަ ދެއްކީ. މިއަދު އިވައްޓޭގެ ބެސްޓް ފްރެންޑް ސޫންތަ އަގައިން އިވައްޓޭމެން ކައި ހުސްވެ ނިވެން ދދަނީ. ފޫހިވެގެން ޓޮއިލޮޓް ކަރުދ ދާސް ރޯލުން ފުޓްބޯޅަ ކުޅުން މީހުންގެ ތެރެއިން މަހޭއަށް އެކަނި. އޭނަހުރި މަގާމުން މަޖްބޫރުން ވެސް އެއްޗެއް ބުނެވޭވަރުވީ ވެސް. އެންމެ ފަހުން ފިނޭންސް މިނިސްޓަރު މިބުނެ ދިނީ ލާ ދީނީ ލާގައުމީ ހުރި މިންވަރު

  9. ޚާރު

    ޢޭ ރު ތިވާހަކަ ނުދެއްކީ މުސާ ރަ ދެކެ ބި ރުން ތޯ...؟؟؟

  10. ޝަބީހު

    މިއީ ވަރަށް ހެއްވާ ކަމެއް. މި ބައިގަނޑު ދީނަށް ފުރައްސާރަކުރިޔަސް ހެޔޮ. އިސްލާމް ދީނަށް އުޅޭ މީހުންނަށް ކޮން ނުހޮރުއްޕާނެއް ކުރާކަށްތަ؟ ހަޑިމުޑުދާރުގޮތަށް ތުނބުޅި ނުބާލާ ހާވާލައިގެން ތިބޭ މީހުންނަށް ރީއްޗަށް ތުނބުޅި ހަދައިގެން އިންސާނުން އުޅެންވީ ރީތި ސިފައަށް އުޅެން ނަސޭހަތް ދީބަލަ ނިކަން.

    1
    2