އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތެއް ނޫން ކަމަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމްވެފައި ހުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސިޔާަތެއް ނޫން. މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ރާއްޖޭގެ ފަސް އަތޮޅަކަށް ފަސް ޖަނަރޭޓަރު ފޮނުވިއްޖެ. އެ ޖަނަރޭޓަރުތައްވެސް އިންސްޓޯލްކޮށް ޓެސްޓުކުރެވި މިހާރު ޚިދުމަތް ދެމުން އެ ގެންދަނީ،" ލަމްއާން ވިދާޅުވިއެވެ.

ލަމްއާން ވިދާޅުވީ، މިފަހަރު ދުރާލާ ރަމަޟާން މަހަށް ވިސްނައިގެން މަސައްކަތް ކުރެއްވި ކަމަށާއި، މި މަހު އެހެން މަސްތަކަށްވުރެ ކަރަންޓު ބޭނުންކުރާ ވަރު ގިނަވާނެތީ، ކަރަންޓު ކެނޑިއްޖެނަމަ ތަޙައްމަލް ކުރަންޖެހޭ ވޭން ބޮޑުވާނެ ކަމަށެވެ.

އަދި މި މަހާއި އެއްގޮތަށް، އެހެން މަސްތަކުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކަރަންޓު ނުކެނޑި ޚިދުމަތް ލިބެމުން ދިއުން ކަމުގައި އާއި، ސްޕެއަރ ނެތިގެން ނުވަތަ ޓެކްނިކަލް މީހަކު ނެތިގެން ޚިދުމަތް ލަސްވެގެން ދިއުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ލަމްއާން ވިދާޅުވިއެވެ.

"ދެން ވަކި މަހަކަށް ނޫން އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމެއް ކަރަންޓު ނުކެނޑި ހިދުމަތް ލިބެމުން ދިއުން. ސްޕެއަރ އެއްނެތިގެން ޓެކްނިކަލް މީހަކު ނެތިގެން ހިދުމަތް ލަސްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން" ލަމްއާން ވިދާޅުވިއެވެ.

ރޯދަ މަހު ފެނަކަ އިން ފޮނުވާފައިވަނީ ދ. މީދޫއަށް ފޮނުވި 240 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ތ. ގުރައިދޫއަށް ފޮނުވި 600 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ލ. ގަމަށް ފޮނުވި 600 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ޅ. އޮޅުވެލިފުއްޓަށް ފޮނުވި 160 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި ގއ. ނިލަންދޫއަށް ފޮނުވި 240 ކިލޯ ވޮޓްގެ ޖަނަރޭޓަރަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު ސަލާހް

    ބޮޑުސޭ ޓު ފޮނުވި ބައިވަރުގަނޑެކޯ އެމްޑީޕީ މީ ހުން އެބަކިޔާ؟؟؟ ތެދެއް ބާ؟؟؟

  2. ނުރަބޯ

    ރައީސް ޔާމީންގެ ނަޒަރުގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް. އެމަނިކުފާނު ވަކި ކުލައަކަށް ނުބައްލަވާކަން ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކުންވެސް ބުއްދިއެއް ހުރިމީހެއްނަމަ އެނގިގެންދާނެ.

    • Anonymous

      ނުރަބޯ ކަލެޔަކީ ސިކުޑިގައި މައްސަލަ ހުރިމީހެއްކަން ތިކޮމެންޓް އިންވެސް އެބަ އެނގޭ.