ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާއި، ސަލާމް ބުނުމާއި ޗުއްޓީ ނެގުމުގެ ގަވާއިދަށް ބަދަލު ގެންނަވައި ފުލުހުންނަށް އަހަރީ ޗުއްޓީ ދޭ އުޞޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު ގެންނެވި މި ބަދަލުތަކާއެކު ފުލުހުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނީ ބަންދު ދުވަސްތައް ހިމަނައިގެން 38 ދުވަހެވެ. ނަމަވެސް މީގެ ކުރިން ފުލުހުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ދެމުން އައީ ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހެވެ.

މީގެ ކުރިން ފުލުހުންގެ އަހަރީ ޗުއްޓީ ޖަމާކުރެވެނީ 3 އަހަރު ދުވަހު ކަމަށްވާއިރު، ޗުއްޓީގެ ގޮތުގައި އެ ތިން އަހަރަށް ޖަމާވާ 114 ދުވަހުގެ އިތުރަށް ޗުއްޓީގެ ދުވަސްތައް ޖަމާ ނުކުރެވޭއިރު ބަދަލުގެ ގޮތުގައި އެ ދުވަސްތަކަށް ފައިސާއެއްވެސް ނުލިބެއެވެ. ނަމަވެސް މިއަދު ގެންނެވި ބަދަލާއެކު ޗުއްޓީގެ 114 ދުވަހުގެ އިތުރަށް ޖަމާވާ ދުވަސްތަކަށް މުސާރައިން ދުވާލަކަށް ޖެހޭމިންވަރު ފައިސާ ދޭންޖެހެއެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރާ ފުލުހަށް ނުވަތަ އާއިލާއަށް ދިމާވާ ޚާއްޞަ ބޮޑެތި ކަންކަމަށް "ޗުއްޓީ ބޭންކް" ގެ ގޮތުގައި މުވައްޒަފުންގެ އަދަދަށް ޗުއްޓީ ޖަމާވެފައި ހުންނާނެކަމަށް ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވެއެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި ލިބެނީ 10 ދުވަހުގެ ޗުއްޓީއެކެވެ.

މީގެ އިތުރުންވެސް އެހެނިހެން ބައެއް ކަންކަމަށް މި ގެނެވުނު އިސްލާހުގެ ތެރެއިން ބަދަލު ގެންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބީތާޔާ

    ބަލަ ފުލުހުންގެ އެއް ނޫން.. ފުލުހުންގެ އާއްމު މުވައްޒަފުން އެއީ.. ބީތާސް..

  2. ހށނ

    ގެޒެޓް ކުރި އިސްލާހު އިންގޮތަކަށް ނޫން ވަގުތުގައި ޖަހާފައި އިނީ އެހެން ވީމާ ފެނޭ މިއާޓިކަލް ލިޔުނު ނޫސްވެރިޔާ ގެޒެޓް ބަލާފަ ޚަބަރު އިސްލާހުކުރަން

  3. Anonymous

    ތި ބައިގަޑަށް ރަގަޅުކުރީމާ ވެރިކަން ދިފާއުކުރެވޭނީ ޔާނު ބޯބޮޑު އިންގޭ

  4. ފުލުހާ

    ރަނގަޅު މައުލޫމާތު ގެނެސްދީބަލަ

  5. ވަހީދު

    ފުލުހުންގެ ބަނޑުތައް އެބަޖެހޭ ހިންދާ ފިޓް ބަޔަކަށްވާން.

  6. ބުލް

    މީގެ ކުރިން ފުލުހުންނަށް 3 އަހަރަށް 114 ދުވަސް ލިބޭ ވާހަކަ އެބައިން.. އެއީ އަހަރަކަށް 38 ދުވަސް.. ހަބަރުގައި އިނީ ފުލުހުންނަށް ކުރިން 30 ދުވަސް ލިބޭ ކަމަށް.. ކުދި ކުދި ކުށް އެބަހުރި