މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ބުނެފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކަކީ މިމަޝްރޫއަށް ލޯނު ދޭ ބޭންކެވެ. މުޅި މަޝްރޫއުއަށް 500 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ދޭ ލޯނު ފައިސާއެވެ. ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާގެ ހިލޭ އެހީއެވެ.

އެގްޒިމް ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 12 ވަނަ ދުވަހު ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަދި މިއަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މުޅި މަޝްރޫއު ނިމުމުން ފަސް އަހަރުގެ ތެރޭގައި ލޯން ދައްކަން ޖެހޭނެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި މަޝްރޫއު ނިންމަން އަމާޒުކޮށްފައި ވަނީ ދެ އަހަރާއި ބައިގެ ތެރޭގައެވެ. އަދި މަޝްރޫއު ނިމިގެން ހޭދަވާ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ލޯން ފައިސާ ދިވެހި ސަރުކާރުން ދައްކަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު ތަރައްޤީ މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ. މިބުރިޖު މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ ދެވަނަ މަޝްރޫއު އަށެވެ.

ފުރަތަމަ ރާއްޖޭގައި ބުރިޖަކުން ދެރަށް ގުޅުވާލުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރ 30 ވަނަ ދުވަހު ފެށި ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާލީ 2018 އޮގަސްޓް 30 ވަނަ ދުވަހު އެވެ. އެމަޝްރޫއު ނިންމީ 32 މަސް ދުވަހުންނެވެ.

ސިނަމާލެ ބުރިޖު މަޝްރޫއަށް ހޭދަވީ 210 މިލިއަން ޑޮލަރެވެ. އޭގެތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ސަޅި ބައިސާ

    ސަހަރޯ އެއް މެ ފަސް އަހަރުން އަވަހަށް ކުރިއަށް ގެންދަވާ
    ފޮނިކެޑުން ހުއްޓާލާފަ

    91
    3
  2. ޑަބިޔާ

    ޔާންޓެ 2 އަހަރުން ނިންމާލި ހުރިހާކަމެއް. މިސަރުކާރު ހަމަ ލަހީ. ކަމެއްކުރަން ނޭންގޭ ބަޔަކަށް ހަވާލު ކުރީމަ ވާނީ މިހިން

    115
    6
    • ޒައިކަ

      2 އަހަރުން ނިންމީ 1.2 ކިލޯ މީޓަރި (ހިކިފަސްބައިވެސް ހިމަނަައިގެން) އަދި 30 މީޓަރު ފުންމިން.. މި ދައްކަނީ. 4.2 ކިލޯ މީޓަރު ދިގު 40 އަދި 55 މީޓަރު ފުން މިން ހުންނަ ސަރަހަށްދެއްގެ އަޅާ ބުރިޖެއްގެ ވާހަކަ..

      12
      40
      • ޑަބިޔާ

        ބުރޯ ހަގީގަތް ވާނެ ގަބޫލުކުރަން. އިންޑިޔާ ޔަގީނުންވެސް ނުހުންނާނެ ގާބިލް ކަމެއް އެކޮލެޓީގަ އެހާއަވަހައް ނިންމުމުގެ. ހަމައަޅާނީ ޗައިނާއިން އެޅި ފާލަން.

        13
        4
        • ޒައިކަ

          ބުރޯ މާ ބޮޑަށް ހަޤީޤަތް ބެލިފަ ތިއޮތީ އިންޑިއާގަ އަޅާފަ ހުރި ބުރިޖުތައް ޗައިނާއަށް ވުރެއް އެންނެ ތަންފުކެއްވެސް ދުލެއް ނުކުރާނެ ދެރައެއް ވެސް ނުވާނެ.. އެވަރުގެ ކުންފުނިތައް ވެސް އެބަތިބި.. ފާއިޒު ފުންމިންވެސް ދިމާވޭ ހައުސިންގެ ވެންސައިޓްގަ ހުރިވތަފްސީލުތައް ބަލާބަލަ އޭރުން ގެޓުވާނެ

          2
          15
          • ޙހ

            ބްރޯ ވާނުވާ މާބޮޑަށް ތިޔަ އެނގިގަންނަނީ އިންޑިޔާގަ ހުރި ކޮލިޓީ ބްރިޖްތައް އެޅީ ކޮންކޮން ކުންފުންނަކުންތޯ އަދީ ކުންފުރި ނިސްބަތްވަނީ ކޮންބަޔަކަށްތޯ މަސައްކަތުގެ ލީޑިންރޯލް އޮތީ ކޮންބަޔަކު ކޮށްފަތޯ ބަލާލިންތޯ. ބޯހަލާކު ރީންދޫ ސިރަޕް ތިހުރީ ފުއްޕާމެޔަށް ގޮސްފަތޯ؟

      • ފާއިޒު

        ޒައިކަ ބައެއް ހިސާބުތައް މުޅިން ދިމައެއް ނުވޭ. ދިގުމިން އޯކޭ. އެކަމަކު ފުން މިނަށް ބަލާއިރު މައްސަލަތަކެއް އުޅޭ. މަސައްކަތް ކުރާ ތަނެއްގައި އޮންނަ އޮއިވަރަށް ބަލާއިރު ކުރީގެ ބުރިޖު ސަރަހައްދު މަސައްކަތަށް މާ އުނދަގޫވާނެ

        14
        2
    • މާލެ

      ޔާމިނު 2އަހަރުން ނިންމަީ ބުރިޖު އެކަންޏެއްނުން.އެކަހަ ައެތަށް ކަމެއް.ސަބަބަކި ކަންކުރެވޭދުނިޔޭގެ ޓެކުނޮލޮޖީ އާ އެކު ކަންކަން ކުރެވޭ ފަރާތް ތަށް ހިޔާރު ކުރުން، މިފަދަ ޒަމާނަކު ަކަންކުރަން ޖެހޭނީ އެގޮތަށް، މިގައުމުގަ 30 އަހަރުންކަމެ ނުކުރެވުނެކިޔާއެތައް މުޒާހަރާއެއްކޮށްފަ ވަނި އެނެއްކާ އެކަންކަން އިޔާދަ ވީމަ އެއީ ޖޯކެއް.

      14
      2
  3. ކޯރި

    އިންޑިއާމީހުން 5 އަހަރޭ ބުނެފިއްޔާ އެއީ 20 އަހަރު. ބުރިޖުގެ އެއްބައި އަޅާފަ ވިސާ ތާށިކޮށްގެން 6 އަހަރު ތިބޭނީ.

    98
    2
    • ޖަރީމާރާއްޖެ

      އާނ ހަމަ ހުވާ ބޮޑު ވަބާއެއް

      9
      1
  4. ސީދާސާދާ

    އައްދިޔޯއި!! ކިހިނެއް މިކަން މި 5 އަހަރު ކުރާނީ ކޮބާ މިކަގެ އިންޖިނޭރަކީ ދެން އޮތް ގޮތަކީ މި 5 އަހަރު ތެރޭ ރައްޔިތުން މި ބަލިމަޑުކަމުން ސަލާމަތް ކުރެވޭތޯ ބަލަންވީ ކޮތަރު އުދުހުނަކަސް އަސްދޫންޏަކަށް ނުއުދުހެވޭނެ!

    98
    3
  5. ޜަފޯޑް

    ޢިންޑިޔާގަ ތި ކަމުގަ ކޮލެޓީއެއް ނުހުންނާނެ، މާކުރިންވެސް އެނގޭ ތިކަން ނުކުރިޔަސް، ދެން އެހެން ބަޔަކު އައިސް ތިކަން ކުރަން ބަލާއިރު 10 އަހަރުން ސަލާމަތްނުވާ ވަރަށް ތިކަން ތާށިކޮށްފަ އޮންނާނެ. ޢެއަރޕޯރޓްކޭ އެއްގޮތަށް ދެން ތި ހަވާލުކުރާ ކުންފުންޏަކަށް ބޮޑު ބަދަލެއް ހޯދަން ދާނީ އާބިޓްރޭޝަނަށް. ޗައިނާއިން ތި ބްރިޖް ގިނަވެގެން 3 އަހަރުން އަޅާނެ. ޢިންޑިޔާއިން ސިނަމާލެ ބްރިޖް ވަރުގެ ޑީޕްވޯޓަރ ބްރިޖެއް އަޅަން 05 އަހަރު ނަގާނެކަން، 16 އަހަރުން އެޅި ބޮގިބީލް ބްރިޖުންވެސް އެނގޭ. ޢިންޑިޔ އައުޓް

    35
    1
  6. ރާއްޖެ

    ލޮލް. މި ސަރުކާރުން ކުރަން އުޅޭ ހަމަ އެކަނި މަސައްކަތް. ތި ބްރިޖެއް އިންޑިއާ މީހުން އަޅަން އުޅެގެން 10 އަހަރުން ވެސް ނޭޅޭނެ.

    30
    1
  7. ރާޤިބު

    ކުށެއް އިޞްލާޙްކޮށްލާނަށް! ވިލިމާލޭ ގުޅިފަޅު ތިލަފަޅު ތިލަފުށި ބްރިޖަކީ ޔާމީންގެ ތަޞައްވުރެކެވެ. ކޮންމެވެސް ރައސްމިއްޔާތެއްގައި އެ މަޝްރޫޢު ޔާމީން އިޢުލާންކުރި ހަނދާނެއް އަޅުގަނޑު އެބަ ވެއެވެ. ރައްޔިތުން ދަރަނިވެރިކޮށްގެން ކޮންކްރީޓް ތަރައްޤީ ބޭނުން ނުވި މީހުން މިއަދު ރައްޔިތުން އެދަރުވާލަނީ ދަރިންނާ ދަރިންގެ ދަރިންގެ ދަރިންނާހަމައަށެވެ. ފަސްއަހަރުންވެސް ތިކަން ނުނިންމޭނޭކަމަށް ލިޔެ ސޮއިކޮށްދެން ތައްޔާރަށް ހުރީމެވެ.

    42
    3
    • ހަސަން

      2018 ގެ ރިޔާސީ އިންތިޙާބުގެ ކެންޕޭނުގައި ވިލިމާލޭ މުހިއްދީން ސްކޫލުގެ ގޯތިތެރޭގައި އޮތް ޖަލްސާއެއްގައި ތިޔަ ކަން ރައީސް ޔާމީން ޢިއްލާން ކުރެއްވިއެވެ.

      9
      1
  8. ލޮލޮ

    ސޯ ފަނީ

    8
    1
  9. ހާމިދު ޝާހިދު

    އިންޑިއާގެ ޓްރިވެންޑްރަމްގައި ޕާލިޔަމްއަށް ދިއުމަށް ހަދާފައިވާ އެއްގަމު ބްރިޖް ނިންމަން އެމީހުން ހޭދަކުރި 7 ނޫނީ 10 ވަރަކަށް އަހަރު. 2008 ޖުލައިގައި ދިޔައިރު އަދި އުޅެނީ، ބުޑުތައް ކޮނުމުގެ މަސައްކަތުގައި މަގުބައްދައިގެން. 2010 ގައި ދިޔައިރު، އަދި ކިރިޔާ ބުޑުތައް ނިމުނީ، ދާދި ފަހުން އެއްކޮށް ނިންމާ އެކަން ހުޅުވޭވަރުވީ. މިހާ ސްލޯބަޔަކަށް ކަންކަން ހަވާލު ކުރުމަށްވުރެއް ޗައިނާ މީހުނާ ހަވާލުކުރީމާ މާ ރަނގަޅުވާނެ. ފޮނި ނުކަނޑާ ތިކަމެއް ވާކަށެއްނެތް.

    25
    1
  10. ރާފިޢު

    ރީނދޫ ބަލި ޖެހިފަ ތިބި މީހުނަށް ދެންދޭނެ ވޯޓެއް ހަރާމް ވޯޓުދީގެން ހޮވީމަ އެކަމުގެ ހިތާމަ މިހާރު މިކުރަނީ ދެން ދުވަހަކުވެސް ތިޔަބައިގަނޑާ ނުގުޅޭނަން

    32
    2
  11. ވާނުވާ

    މަ ހީ ހީ ބަލިވެއްޖެ.

    20
    1
  12. މަސްއޫދު

    އިބުރާހިމް ފިނިހަކަ ސްޕީޑު/ ޔާންޓޭ ރޮކެޓު ސުޕީޑު ތިޔަބުރިޖެއް މިސަރުކާރަކަށް ނުވެސްއެޅޭނެ! ވަކިހިސާބަކުން ރާއްޖެ ދޫކޮށްފިލާނެ! ދިވެހިންނޭ: އިންޑިޔާގައި ބުރިޖު އަޅަންވެފައިވާ އެތަކެއްތަނެއް އެއްގަމުގައި އިބަހުރި އެތަންތާންގައި ބުރިޖުނާޅައި ރާއްޖޭގެ ފުންކަޑެއްގައި އިންޑިޔާމީހުން ބުރިޖު އަޅައިދޭނެކަމަށް ނުވިސްނަވާ!

    27
    4
  13. ޖޯނީ ޖޯނީ

    އަނެއްކާ ވީ އެއް ދައުރުދޭންތަ؟ވަރިހަމަ ދުވަހަކު ނުނިމުނަސް،ވޯޓެއްނުދޭނަން.މިހާރުވެސް މާލަސްވެއްޖެ.ދީނަށް ފުރައްސަރަކުރާ ކަރަޕްޓް ބަޔަކު އިސްސަފުގަ އުޅެނީ.ދެން މަވާ ހޯހޯ.

    35
    1
  14. ނަމަ

    ފަސް އަހަރުވެސް ހޭދަވާނެ ތިޔަބުނާ ބުރިޖު ފެންނާނެ ކަމުގެ އުންމީދު ކުރުން ބުއްދިވެރިބާ؟

    16
    2
  15. އަލީ

    އެހެން ގޮތަކަށް ބުނާނަމަ އިތުރު ދައުރެއް ދީގެން ނޫނީ މިކަމެއް ނުވާނެޔޭ. ފުރަތަމަ މާލެއާ ވިލިގިއްޔާ ގުޅާލެވޭނެ ތާރީޙެއް ދެއްވަބައްލަވާ.

  16. ރަން ރީނދޫ

    ތިޔައީ އިންޑިއާ ކުންފުންޏަށް ބަދަލު ދޭން ޖެހޭގޮތަށް ހިންގާ ޖަރީމާ ވިޔަފާރި. ކަޑަ ޖަހާނީ އެކަނި، މަސައްކަތް ކުރިޔަށް ނުގެންދާނެ، ވެރިކަން ބަދަލުވޭތޯ ބަލަބަލާ ތިބޭނީ. އެންމެ ފަހުން އެންވަޔަރމަންޓަލް ޑިޒާސްޓާރ އަކަށް ތިކަން ވާނީ. ބުރިޖު ނޭޅި،ބުރިޖަކަށް ލާރި ދައްކަންޖެހި،މަސައްކަތް ފެށިފަ،ދުވަކުވެސް ނިމޭ ތަނެއް ނައިސް.

  17. ޙާކިމާ

    ލަލަލާ! ދެން ލަލަލާ ލަލަލާ!

  18. ޔސރ

    ގައުމު ސަލާމަތް ކުރޭ ލާދީނީ ގައުމު ވިއްކާ ބައިގަނޑު ކިބައިން
    ދުވަހަކު ވޯޓު ނުދޭތި

    10
  19. އަބޮޅޯ ޝާޑް

    އާދަނު މިހާރު މިދަނީ ތިޔަތަނަށް ފީނަން މަ ގޮއްސަ ކަނޑުރަސްގެފާނުން އަރިހުން އެދޭނަން ތިޔަމަސައްކަތް އަވަސް ކުރުވަން، އޭރަށް ހީވަނީ ތިކަން ނިމިދާނެހެން 3 އަހަރުގެ މުއްދަތެއްގަ.

    މިދެން ކިހާދެރަކަމެއް.

  20. ހުސެން

    އިންޑިއާ މީހުން ލައިގެން އަންނި އާއި އިބްރާހީމް ދަނޑިހަލަންވީނުންތޯ؟

    8
    1
  21. ގައުމީ ލޯބި

    އޭރުން ދޯ އިންޑިޔާ ގެ ކޮލޮނީއެއް ރާޢްޖޭގައި ގާއިމުކުރެވޭނީ..

    އަސްލު ފޮރުވިފައިވާ މަގްސަދަކީ އިންޑިޔާ މީހުން ގިނަކުރުންވިއްޔާ..

    ތީ ބޮޑުވެގެންވާ ޕްރޮޕަގަނޑާއެއް..

  22. ޙހ

    ޓިބައިގަޑަށް 12 އަހަރަކުންވެސް ނުނިންމޭނެ.

  23. ލ.ގަމު

    މަގޭ ކައިރިޔަށް މިިޚަބަރު ފެނިފައައީއަމަށަކުހިއްޏެއްނޫ ހަމަ ކީކޭބުނާނީ ހީހީބަލި އަޅެދެން ކީކޭބުނާނީ ވެސްދޯ ތިވަރުގެބަޔަތިއުޅެނީ މަމީ ރައީސޭކިޔާފަ ހައްހާމިފަސްއަހަރުނުވައްޏާ ރައީސްޔާމީންއާއި ހަވާލުކުރަންވީނު މިފަސްއަހަރުގެ ބާކީއޮތްބައިގަ ތިކަންތައްކޮށްނިމާލަފާނެ ރައީސްޔާމީން ފެންފޮދެއްބޮފަ ވައެއްލާހާއަވަހަށް ސައްކެއްވެސް ނުކުރަން ހަމަޔަޤީން ވާނެ ކުރަށްވާނެ ދެންއިތުރަަށް ބުރިޖް ހަދާށޭކިޔާފަަ ތިބައިގަނޑަކަށް ވޯޓުދޭނެދިވރއްސަކުނެތޭ!

    7
    1
  24. އަހުމަދު

    ކުރުކޮށް ފޮނިކޮށް ލޮލް

  25. ރޯދަމުބާރަކް!

    ކުރިއަށް އޮތް ރިޔާސީ ދައުރު ތަކުގެ ވޯޓު ހޯދުމުގެ ސްޓެރެޓެޖީ...!! ހިނގާނެ ބާ؟

  26. ރަދީފް

    ތަގަރިއަށް ކޮންކްރީޓް އަޅައިގެން ބޯމަތީގަ އުފުލައިގެން މަސައްކަތްކުރުމުގަ މަޝްހޫރުބައެއް އިންޑިޔާ މީހުން އެއީ.ރާއްޖޭގެ ޕޮލިޓެކްނިކް އަދި ފެކަލްޓީ އޮފް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތް އެއީ މިބުނި ބަހުގެ ފުރިހަމަ މިސާލެއް.މިއަދު ޒުވާނުންނަށް މިބުނާއެއްޗެއް ގެޓްނުވިއަސް 40 އަހަރުންމަތީގެ މީހުންނަށް މީތި ގެޓްވާނެ.ވ.ވެދުން

    4
    1
  27. ސާބަހޭ ރައީސް ޔާމިންއަށް

    "ފުރަތަމަ ރާއްޖޭގައި ބުރިޖަކުން ދެރަށް ގުޅުވާލުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރ 30 ވަނަ ދުވަހު ފެށި ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާލީ 2018 އޮގަސްޓް 30 ވަނަ ދުވަހު އެވެ. އެމަޝްރޫއު ނިންމީ 32 މަސް ދުވަހުންނެވެ."

    "ސިނަމާލެ ބުރިޖު މަޝްރޫއަށް ހޭދަވީ 210 މިލިއަން ޑޮލަރެވެ. އޭގެތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ."

    3
    1
  28. މަގެެ

    ޓާޓާ ފްލެޓް ނޭޅުނުބަޔަކަށް ކޮން ބުރިޖެއް އެޅޭނީ

  29. ލޯނު ލޯނު

    ރައީސް ޔާމީނުވެސް ރައީސް ސޯލިހްވެސް ކަމުނުދަނީ ބޮޑެތި ލޯނުނަގައިގެން ތަރައްގީ ކުރަން އުޅޭތީ. ބޭރުމީހުނަށް ލިބޭ ފައިސާކޮޅުދީފަ ދިވެހިން މިތިބެން ޖެހެނީ އަގަޔާ އަތާ ދިމާނުވެ.