އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން އިންތިޒާމުކޮށްގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ކޯލިޝަންގެ ދެ ޕާޓީ ހިންގާ މައި އޮފީހުގެ ދޮރު ކުރިމަތީ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ އެޗްޕީއޭއިން މިހާރު ނެރެފައިވާ އާ އުސޫލާ އެއް ގޮތަށް އެންމެ ނުވަ މީހުންނާއެކު ގައިދުރުވުމުގެ ހަމަތަކާ އެއް ގޮތަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކަމަށެވެ.

ނަމަވެސް އެ ގޮތަށް އެ އިހްތިޖާޖް ކުރިއަށް ގެންދަން ފެށުމާއެކު، ސަރުކާރުގެ އަމުރާ އެއް ގޮތަށް ގްރޫޕްތައް ގެނެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ގޮތަށް އިހްތިޖާޖުގެ ބައިވެރިން އެއް ތަނަކަށް ޖަމާކޮށްފައި ވަނީ އެ ވަގުތު އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން ކަމަށް ބަޔާނުގައިވެއެވެ.

މި ގޮތުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން މުޒާހަރާގެ ބައެއް ބައިވެރިންނަށް ފުލުހުން އަނިޔާ ކުރި މަންޒަރު ވެސް ފެނިގެން ގޮސްފައިވާ ކަމަށާއި މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިިކޮޅުގެ ނޫސް ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރުމޯލު

    ވައްކަން ނުކުރާނެ ވާހަކަ ދައްކަ މުން އައި ސަރުކާރުގެ ވައްކަން މުގެ އަދިރި ދައުލަތަކަށް މިވީ

    13
    5
  2. ނަފީސް

    ކްރިމިނަލްކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކުރިއިރު ހައިކޯޓުގައި މައްސަލަ ބެލި ތިން މީހުންގެތެރެއިން ދެމީހެއްހެ ރައުޔުގައި ސާފުކޮށް ބުނެފައިވަނީ ޔާމީންގެ މައްސަލާގައި ޔާމީނާދެކޮޅަށް ހެކިބަސްދިން ތިންމީހުންކަމުގައިވާ އަދީބާއި ޒީއަތުގެހެކިބަސް ޤަބޫލުނުކުރެވޭނޭކަމަށެވެ. ދެން އެމީހުންގެ ހެކިބަހުގެމައްޗަށް ބިނާކޮށް ޙުކުމް ދެމެހެއްޓޭނީ ފަހެ ކިހިނަކުންހެއްޔެވެ؟ ސްޕްރީމްކޯޓުގެ އަމުރެއްގައި "އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން އެކަކު އަނެކެއްގެމައްޗަށް ހެކިބަސް ނުދެވޭނޭ" ބަޔާންކޮށްފައި އޮވެއެވެ. ކީރިތި ޤުރުއާނުގައި ފާސިޤުންގެ ހެކިބަސް ނުނެގުމަށް އަމުރުކުރައްވަފައިވޭ! މިތާންގައި ފަސިގުންނަކީ ކޮބައިކަން އިބްނު އައްބާސް ތަފްސީރުކޮށްދެއްވާފައިވޭ! މިހުރިހާކަމަކަށް ބަލާއިރު ޔާމީންގެމައްޗަށް ކުރިމިނަލްކޯޓުން ކުރިޙުކުމަކީ މުޠުލަޤަށް ބާޠިލް ޙުކުމެއް!

    14
    2
  3. އެދުރުކަލޭގެ

    ގޭގަ ފެޝަން ޓީވީ ބަލަން އިންނަ މީހާ ރައިށް ނަޝީދު މިއުޒިކޭ ބުނެގެން ފަޔަށް ހިނިއަރައިގެން ދުވަނީ!

    3
    1
  4. އެދުރުކަލޭގެ

    09 މީހުންނާއެކު ދޯ! އަދުރޭގެ ހިސާބުގަ އެހެންވެދާނެ.

    3
    3
  5. ޙަނާ

    ގޭގައި ބޮޑު ރަޖާ އަޅައިގެން ތިއްބާ ސަރުކާރުން އެމީހުން އަތުގައި ހިފައިގެން ބޭރަށް ނެރުނީއްޔޯ މުޒާހަރާކުރަން 🙂

  6. ނަމަ

    މުޒާހަރާއަށް ނިކުތީމަ އެއްނު ދެން ކޮން މަޖުބޫރު ކުރުވީމައޭ ކިޔާކައް