ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނުއެވެ. ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ ޝަހީދު ހުސައިން އާދަމް ބިލްޑިންގް ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ޔާމީން ގެކޮޅަށް ގެންދާނީ ފުލުހުންގެ ތަޙްޤީޤު މިއަދު ކުރިއަށް ގެންދާބައި ނިންމާލުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވިއެވެ.

ޔާމީން ގެންދަވަނީ މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެޙުކުމް އައީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓައްޕު

    ފަހުގެ ތާރީޚް ގަ ދިވެހި ރާއްޖެ ދުއް އެންމެ ހިތްވަރުގަދަ ރައްޔިތުން ދެކެ ލޯބިވި ރައީސް އެކަމަކު އިންސާނުންނަކީ ޝުކުރުވެރިވުން ކުޑަ އަނިޔާވެރިވުން ބޮޑު ބަޔަކަށްވާތީ އެމަނިކުފާނަށް އެހެން ދިމާވީ ސާފު ދިރިއުޅުން ޒުވާނުން ޝަރަފްވެރިކުރުން .ގެދޮރުވެރިކަން.އާދައިގެ ނިކަމެތި ރައްޔިތުމީހާ ގެ ހައްގު ހޯދައިދިނުން ވަޒީފާ އަލަތު ކައިވެނި ކުރާ މީހުންނަށް ބާއްޖަވެރި ދިރިއުޅުމަށް މަގު ތަނަވަސް ކޮށްދިނުން މީ ދިވެހި ރާއްޖެ ގައުމެއްގެ ގޮތުގައި އޮތުމަށް އެންމެ ބޭނުންވާ އަސާސީ ކަންކަން އިޖްތިމާއީ އަޚްލާގް ބައްޓަންވެ ޒުވާންޖީލު ހެޔޮގޮތުގައި ބިނާކުރުން ދިވެހިން ޝުކުރުވެރި ނުވުމުން ބަނީއިސްރާއިލް ބާގައިގެ މީހުންނަށް ދިމާވިހެން ދިމާވަނީ ދިވެހިން ހޭލާ

    75
    2
  2. ޖަމަލު ފޮޑި

    އަލްޙަމްދު ލިﷲ.....

    44
    1
  3. ޙަފްޞާ / މާލެ

    ރައީސް ޔާމީންގެ ފަހުނޭވާޔާއާ ހަމައަށް ޖަލުގައި ބޭއްވިޔަސް އިންޝާއަﷲ އެމަނިކުފާނު ސަރުކާރާއެކު ޑީލެއްނުހައްދަވާނެ! މައިބަދަ ގުޑައިގެން ދޮގުހަދައިގެން ނުފިއްލަވާނެ! ހޭދެބައިވެ ކޯޓުތެރެޔަށް ގަސްތުގައި ވެއްޓިވަޑައި ނުގަންނަވާނެ! ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަނިކުފާނާ ކުރިމަތިކުރެއްވި އިމްތިޙާނަށް އިންޝާއަﷲ ކެތްކުރައްވާނެ! ކެތްތެރިވުމާ ހިތްވަރުކުރެއްވުމުގެ ފޮނި ނަތީޖާ ދާދި އަވަހަށް ލިބިވަޑައިގަންނަވާނެ!

    79
    1
  4. މުފައްކިރު.

    ރައީސް ޔާމީނަށް ގަސްދުގައި ކުރާ އަނިޔާގެ ހިތި ބަދަލު ދުނިޔެ މަތިންވެސް ދައްކަވާށި. އާމީން

    44
    1
  5. ސަލީމު

    މިތާ މިތިއްބެވި އޮފިސަރުން ، ރައީސް ޔާމީން ދެކޮޅަށް ދަމަން ލަދެއް ނުގަނޭބާވައެވެ. ޤަވްމީ ތަރައްޤީއާ ޤަވްމުގެ އަިޤްތިޞާދު މެކުހަށްޖައްސަވައި ރައްޔިތުންގެ ލޮލަށްދެއްކެވި ލީޑަރަކަށް ނުޙައްޤު އަނިޔާލިބެމުންދާ މަންޒަރު ދެކެން ކެތްވޭބާވައެވެ؟ ނުވަތަ ހަމަ މަޖުބޫރީބާވައެވެ؟

    20
  6. މަނީމަނީ

    ތަހުގީގައް އެއްބާރުންދީ ފައިސާ ފޮރުވާފަ ހުރިތަން ދެއްކީމަ ލުއި ލިބޭނެ ކަމައް ގަބޫލުކުރެވެނީ

    1
    8