ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް އެހީވާން ފަށައިފިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރިފައި އޮތް ދެ ސިޓީއަކީ އައްޑޫ އާއި ފުވައްމުލައް ސިޓީއެވެ.

ޖެންޑަ މިނިސްޓްރީން މިއަދު ވިދާޅުވީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ މީހުންނަ ގުޅައި ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކެއާ ޕެކޭޖްތައް ފޮނުވަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑާ އިން ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ގާތްގަނޑަކަށް 50 ކެއާ ޕެކޭޖަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޖެންޑަ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްގުބަސް

    ސަދަގާތަކީ ކަނާތުން ދޭއެތި ވާތައްވެސް ނޭގޭހާ ސިއްރުން ދޭންއިންނައެއްޗެއް ! ދެން މިއެތިކޮޅުދީފަވެސް ޖެޙޭތަ އިސްތިހާރުކުރަން

    6
    1
  2. ރމޒ

    މީއިސްތިހާރު ކުރުމެއް ނޫން ހިއްވަރު ދިނުމެއް ހެޔޮކަންތަށް ކުރުމަށް އަދި އެހީބޭނުން ވާ މީހުން ދެނަގަތުން ހިމެނޭ
    މަ ޤަބޫލުކުރާގޮތް

    2
    1