ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ތާވަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާނެއެވެ.

އެމްޑީޕީއިން ބުނި ގޮތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައެވެ. އެ ބައްދަލުވުމަކީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބާއްވާ ބައްދަލުވުމެއް ކަމަށް އެ ޕާޓީއިން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީގައި ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުން ވެސް މި ބައްދަލުވުމުގެ އެޖެންޑާގައިވެއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އެޖެންޑާގައި އެބަ އޮތެވެ.

އޭޕްރީލް 10 ގައި ބާއްވަން ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީއިން އަދި ކެމްޕޭން ހަރަކާތްތައް ގެންދަނީ އޮންލައިންކޮށެވެ. އެކަމަކު އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަރަންޓީނު ވާން ޖެހޭ ގޮތަށް ލީޑާޝިޕް އިން ކެމްޕޭން ދަތުރުތައް އަދި ކުރައްވާނެ ކަމަށް ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައިވެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީއިން ކެމްޕޭން ކުރަމުން ދަނީ "ރަށްވެހި ފަތިސް" ޝިއާރުގައެވެ. މި އިންތިޚާބުގައި އެމްޑީޕީގެ 800 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ދަނީ ނަން އަނބުރާ ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަތަރޭ

    އަނެއްކާވެސް ރައްޔިތުން ފެލާލާނެ ގޮތެއް ރާވާލަނީދޯ ހުރިހާ ވަގުން އެއްތަންވެ ސައްލާކޮއްގެން..

    15
  2. ސަންޕަ

    މިތާނގައި ތިބޭނީ 10 މީހުންތަ؟

  3. ދަރަނި ދަންތުރަ

    އަސްތާ ވެބުކެމް ދޯ

  4. އައްލާ ބެއްޔާ

    ކޮންމެ ބައްދަލުވުމެއްބޭއްވިޔަސް އަހަރުމެން އެމްޑީޕީ މާލޭ މީހުން މާލެސިޓީ ކައުންސިލްއަށް އެމްޑީޕީ ޕަޕެޓުން ދެން ނުހޮވާނެ! އަންނި އާއި އަސްލަންޓޭ މާލެ ސިތީގެ ހުރިހާ ސަރަހައްދެއް މާޅެ ސިޓީކައުންސިލްގެ އަތުން ނިގުޅައިގަނެ ލާމަރުކަޒީ ގާނޫނާ ޚިލާފަށް ދީފައިވާތީ މިފަހަރު މާލޭ މިހުން އެކަން ދައްކާލާނީ ވޯޓުން! މަމީއެމްޑީޕީ މީހެއް މަށާ މަގޭ އާއިލާ އަދި މަގޭބަސް އަހާ އެކަކުވެސް އެމްޑިޕީއަށް ވޯޓެއް ނުދޭނަން! ނޯ ވޯޓް ނޯ ގޯތި