އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. ދިއްގަރު އަނީސާ މަންޒިލް، އިދުރީސް އިސްމާއީލެވެ. އެއީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޭއްވި އިންޓިވިއުއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާ ކަމަށް އައިކޮމްއިން ވިދާޅުވެއެވެ.

އިދުރީސް އިސްމާއީލް ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މާކެޓް އެގްޒަމައިނަރުގެ މަގާމު ފުރުއްވައިފައެވެ.

ވިލާ ކޮލެޖުގެ ސީނިއާ ލެކްޗަރާ ކަމާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ކޯޑިނޭޓަރު ކަމާއި، ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަންގެ ސެކަންޑްރީ ޓީޗަރުކަމުގެ އިތުރުން ފ. އަތޮޅު މަދަރުސާއާއި ސ. އަތޮޅު މަދަރުސާގެ ހެޑްމާސްޓަ ޓްރެއިނީގެ މަގާމު ވެސް އަދާ ކުރައްވާފައިވެއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޕާރޓް-ޓައިމް ލެކްޗައެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އިދުރީސް އިސްމާއީލަކީ އިގްތިސާދާއި މެނޭޖްމަންޓުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމޭމީ.....

    ޙެޔޮނުވާނެ މިހާރު މަޖިލީހުގަ ތިބި ކަނޑުކޮހުންތައް ބާލާފަ މިކަހަލަ ތައުލީމީ ގާބިލް މީހުން އެތަނަށްވެސް ނަގާބަލަ.... މަޖިލީހުގަ ހާވާ ހަޑިން ލަދުން ބޯހަލާކު.....